ފަންނުވެރިން

ކޮފީ ސްޓޭޓްގެ 'ސްޓޭޓް ވޯލް' ކުރެހުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް

މި މުބާރާތުގައި ކުރެހި ކުރެހުންތައް ކޮފީ ސްޓޭޓް ކެފޭގައި ތިން މަސް ވަންދެން ދައްކާލަން ބަހައްޓާނެ
5 މާރިޗު 2022

ކޮފީ ސްޓޭޓް ކެފޭއިން މިދިޔަ މަހު ކުރިއަށްގެންދިޔަ ލައިވް އާޓް ކޮމްޕެޓިޝަން، 'ސްޓޭޓް ވޯލް އާޓް ކޮމްޕެޓިޝަން'ގައި ބައިވެރިވި ކުރެހުންތެރިންގެ ތެރެއިން ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމު ދީފި އެވެ.

ވަނަތަކަށް ދިޔަ ބައިވެރިވިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި އެ ކެފޭގެ ފުރަތަމަ ބުރީގަ އެވެ. އެ ރަސްމިއްޔާތުގައި، އެ މުބާރާތުގައި ބައިވެރިވި ކުރެހުންތެރިންގެ ކުރިމަތީގައި އެ މީހުންނަށް ލިބުނު ވޯޓުތައް ވަގުތުން ގުނައި އެންމެ ގިނަ ވޯޓު ލިބުނު ތިން ކުރެހުންތެރިންނަށް އިނާމު ހަވާލުކުރި އެވެ.

'ސްޓޭޓް ވޯލް އާޓް ކޮމްޕެޓިޝަން'ގައި ހަތް އާޓިސްޓުން ބައިވެރިވި އެވެ. ހަ ދުވަސް ވަންދެން ކުރިއަށްގެންދިޔަ މުބާރާތުގައި ކޮންމެ އާޓިސްޓަކަށް ވެސް އެ ކެފޭގެ ފާރުގެ ވަކި ގޮޅިއެއްގައި ކުރެހުމުގެ ފުރުސަތު ލިބުނެވެ. އެ މީހުން ވަގުތުން ކުރަހާ ތަން ބަލާލުމުގެ ފުރުސަތު އެ ކެފޭއަށް ދިޔަ ކަސްޓަމަރުންނަށް ލިބުނެވެ.

ކެފޭގެ އެއް ވެރިޔާ ކަމަށްވާ ރަހްމާ މޫސާ ބުނި ގޮތުގައި، އުއްމީދުކުރި ވަރަށް ވުރެ ގިނަ އަދަދެއްގެ މީހުން މި މުބާރާތް ބަލަން ދިޔަ އެވެ. އަދި ކަސްޓަމަރުން އެ ކުރެހުންތަކަށް ވަރަށް ޝައުގުވެރިވެ، ގިނަ ބަޔަކު އެ ކުރެހުންތައް ގަންނަން ވެސް ބޭނުންވި ކަމަށް ބުންޏެވެ.

  • ކޮފީ ސްޓޭޓްގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި އާޓިސްޓުން ކުރަހާފައިވާ ކުރެހުންތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި މުބާރާތުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޯދި ކުރެހުންތެރިންނަށް ފައިސާގެ އިނާމު ދިނެވެ. އެއީ:

  • ކޮފީ ސްޓޭޓްގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި ބައިވެރިވި އާޓިސްޓުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީގެ އިތުރުން، ބައިވެރިވި ކޮންމެ ކުރެހުންތެރިއަކަށް 500ރ.ގެ ކޮފީ ވައުޗަރެއް ވެސް ހަދިޔާކުރި އެވެ.

އެއް ވަނަ ހޯދި ޝަފްނާ އަދި ތިން ވަނަ ހޯދި ޝޫބާ އަކީ ދެބެންނެވެ. ކޮފީ ސްޓޭޓްގެ މި މުބާރާތުގެ ސަބަބުން އެ ދެބެންގެ ގުޅުން އިތުރަށް ބަދަހިވި ކަމަށް އެ މީހުން ބުންޏެވެ. ދައްތަ ޝަފްނާގެ އެއްބާރުލުމާ އެކު ޝޫބާ މި މުބާރާތުގައި ބައިވެރިވި އިރު، މިއީ އޭނާގެ ފުރަތަމަ އާޓް ކޮމްޕެޓިޝަނެވެ. މި މުބާރާތުގެ ތެރޭގައި އެކަކު އަނެކަށް ކުރެހުން ނިންމަން ހިތްވަރު ދިނެވެ.

ދެވަނަ ކާމިޔާބު ކުރި ރޫބާގެ ކުރެހުން، 'ފްރެންޑް އޮފް ދަ އިނާ ވޯލްޑް'އިން ރަމްޒުކޮށްދެނީ ދެ މީހެއްގެ ތެރޭގައި އޮންނަ ރޫހާނީ ގުޅުމެވެ.

"އެއީ ސުޕާފިޝަލް ކަނެކްޝަނަކަށް ވުރެން ސޯލް އާއި ސޯލްގެ ކަނެކްޝަނެއްގެ މުހިއްމުކަން މީގެން ފެންނަނީ،" އޭނާ ކިޔައިދިނެވެ.

މުބާރާތުގެ ބައިވެރިއެއް ކަމަށްވާ ޔައިޝް މުހައްމަދު ނިޔާޒުގެ ކުރެހުމުން ފެންނަނީ ނޫ ކުލައިގައި ހުރި މީހެއްގެ ކައިރީގައި އަތްތަކެއް، އޭނާގެ ގައިގަ ހިފާ މަންޒަރެވެ. މިއީ ޔައިޝްގެ ފުރަތަމަ އޮއިލް ޕެއިންޓިން މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

ރައިހާނާ ސަލީމްގެ މޮޑާން ގްރެފިކް ކުރެހުމުން ފެންނަނީ މީހަކު ލޯގަނޑަކަށް ބަލަން ހުންނަ މަންޒަރެވެ. އޭގައި ލިޔެފައިވާ އިބާރާތްކޮޅުގައި ވަނީ، "ސިންކް އަ ލިޓްލް، ސްވިމް އަ ލިޓްލް" އެވެ. އޭގެން ފުން މާނަތަކެއް ދޭހަވެ އެވެ.

އާސިޔާ ޒައީމް އަހްމަދުގެ ކުރެހުމުން ފެންނަނީ ދުނިޔޭގެ މަޝްހޫރު އާޓިސްޓު، ވެން ގޯ އޭނާގެ މަގުބޫލު ކުރެހުން 'ސްޓަރީ ނައިޓްސް' ކުރަހާ މަންޒަރެވެ. ވެން ގޯ އަކީ ގިނަ ބަޔަކަށް ކަމުދާ އާޓިސްޓެކެވެ.

އައިމިނަތު އައިނީ ނަޝީދުގެ ކުރެހުމުން ފެންނަނީ އަންހެން ކުއްޖެއްގެ ދެ ސިފަ އެކެވެ. އެއް އަތުން ކޮފީ ތައްޓެއް ހިފައިގެން ހުންނަ ތަން ފެނެ އެވެ. 

  • ކޮފީ ސްޓޭޓްގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި އާޓިސްޓުން ކުރަހާފައިވާ ކުރެހުންތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮފީ ސްޓޭޓްގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި އާޓިސްޓުން ކުރަހާފައިވާ ކުރެހުންތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮފީ ސްޓޭޓްގައި ބޭއްވި ކުރެހުމުގެ މުބާރާތުގައި އާޓިސްޓުން ކުރަހާފައިވާ ކުރެހުންތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮފީ ސްޓޭޓްގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި މި މުބާރާތުގައި ބައިވެރިވި އާޓިސްޓުންގެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ ބަޔަކު އެ ކުރެހުންތަކަށް ވޯޓު ދީފައިވެ އެވެ. މި މުބާރާތަކީ ހަމައެކަނި ކަސްޓަމަރުންގެ ވޯޓަށް ބިނާ ވެގެން ވަނަ ކާމިޔާބު ކުރެވޭ ގޮތަށް ބޭއްވި މުބާރާތެކެވެ. އެ ކުރެހުންތައް ކޮފީ ސްޓޭޓް ކެފޭގައި ތިން މަސް ވަންދެން ދައްކާލަން ބަހައްޓާނެ އެވެ.

މުސްތަގުބަލުގައި ވެސް މިކަހަލަ ކުރެހުމުގެ މުބާރާތެއް އަނެއްކާ ވެސް ބާއްވަން ވިސްނާ ކަމަށް އެ ކެފޭގެ މެނޭޖުމެންޓުން ބުންޏެވެ.

ދެން ބާއްވާ މުބާރާތެއްގައި އެ ކުރެހުންތައް ފާރުގައި ކުރެހުމުގެ ބަދަލުގައި ނައްޓާލައިގެން ގެންދެވޭ ކަހަލަ ވަސީލަތެއްގައި ކުރަހާ ގޮތަށް ހަމަޖައްސަން ވެސް އެ ކެފޭއިން ވިސްނަ އެވެ. އަދި އެ ކުރެހުންތައް ވިއްކައިގެން ލިބޭ ފައިދާގެ އެއް ބައި ކުރެހުންތެރިންނަށް އަދި އަނެއް ބައި ޗެރިޓީއަށް ހަދިޔާކުރުމުގެ ހިޔާލު ވެސް ގެންގުޅެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް