Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރަބީ ލަމިޗާނޭ (ކ) ހޯމް މިނިސްޓަރު ހުވާ މިދިޔަ ޑިސެމްބަރު މަހު 26ގައި ކުރައްވަނީ އަދި ފިނޭންސް މިނިސްޓްރާއި ޓްރާންސްޕޯޓް މިނިސްޓަރު (ފޮޓޯ/ ރޮއިޓާސް)

ނޭޕާލް

ނޭޕާލްގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު މަގާމުން ވަކިކޮށްފި

ނޭޕާލްގެ ރަށްވެހިކަމުގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އެ ގައުމުގެ ސުޕްރީމް ކޯޓުން ބޮޑުވަޒީރުގެ ނައިބު މަގާމުންނާއި ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފަ އެވެ.

ރަބީ ލަމިޗާނޭ،48، ބޮޑުވަޒީރުގެ ނައިބުކަމާއި ބާރުގަދަ ހޯމް މިނިސްޓަރަކަށް ވަޑައިގެންނެވީ މިދިޔަ މަހު އަލަށް އުފެއްދި ޕާޓީ ކޯލިޝަން ސަރުކާރާ ގުޅުނު ހިސާބުންނެވެ.

ކުރީގެ މަޝްހޫރު ޓީވީ ހޯސްޓެއް ކަމަށްވާ ލަމިޗަނޭ 2018 ވަނަ އަހަރު އެމެރިކާގެ ރަށްވެހިކަން ދޫކޮށްލި ނަމަވެސް ކޯޓުން ހުކުރު ދުވަހު ބުނެފައި ވަނީ އޭނާ އަމަލުކޮށްފައި ވަނީ ފުރިހަމަ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ދުސްތޫރީ ބެންޗުން ނިންމާފައި ވަނީ އޭނާގެ ކެންޑިޑެސީ އާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެމްބަރެއްގެ މަގާމަށް އިންތިހާބު ކުރުމަކީ ބާތިލް ކަމެއް ކަމަށް،" ސުޕްރީމް ކޯޓުގެ ތަރުޖަމާނު ބިމަލް ޕައުޑެލް އެޖެންސް ފްރާންސް-ޕްރެސް ނިއުސް (އޭއެފްޕީ)އަށް ވިދާޅުވި އެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމަށް ފަހު ލަމިޗާން އަލުން ނޭޕާލްގެ ރައްޔިތަކަށް ވުމަށް ކުރިމަތިނުލާ ކަމަށެވެ. އެހެންކަމުން ނުހައްގުން އިންތިހާބުގައި ވާދަކުރެއްވީ ބާތިލު ރަށްވެހިކަމުގެ ސަބަބުން ކަމަށް އެ ބަޔާނުގައިވެ އެވެ. ނޭޕާލުން ޑަބަލް ސިޓިޒަންޝިޕަށް ފުރުސަތެއް ނުދެ އެވެ.

ލަމިޗާން ހޯމް މިނިސްޓްރީން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މިހާރު ހުންނެވީ އެއްވެސް ރަށްވެހިކަމެއް ނެތި ކަމަށާއި އެއްވެސް ވާހަކައެއް ނުދެއްކޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސަރުކާރާއި ބޮޑުވަޒީރުގެ އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ނަން ހޯއްދެވި ލަމިޗާނޭ ނެޝަނަލް އިންޑިޕެންޑެންޓް ޕާޓީ އުފައްދަވާފައިވަނީ ސިޔާސީ ޖަމާއަތްތަކާ އެއްވެސް ގުޅުމެއް ނެތް މީހުންނާ އެކުގަ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިންތިހާބުގައި އެ ޕާޓީން ވަނީ 20 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ކްރިޝްނާ ހާނާލް ވިދާޅުވީ މިނިސްޓަރު ވަކިވުމަކީ ވެރިކަން ކުރާ ކޯލިޝަންގެ މުސްތަގުބަލަށް ބުރޫ އަރާނެ ކަމެއް ނޫން ކަމަށެވެ.

ލަމިޗަނޭގެ ގާނޫނީ ވަކީލް ސުނިލް ޕޮކްރެލް ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ލަމިޗަނޭ މިހާރު މަސައްކަތް ކުރައްވާނީ އާދައިގެ ރަށްވެހިކަމުގެ ކާޑެއް ހޯއްދަވައި ނޭޕާލްގެ ދެކުނުގެ އެއް ދާއިރާއެއްގެ ބައި އިލެކްޝަނެއްގައި ވާދަކުރެއްވުމަށް ކަމަށެވެ.

އޭނާ އިންތިހާބުވެވަޑައިގެންނެވީ ނޭޕާލްގެ ރެމިޓެންސް އަދި ޓޫރިޒަމަށް ބަރޯސާވެފައިވާ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގެ އުމުރުން ދުވަސްވީ މީހުންނާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދި، ސިޔާސީ ލީޑަޝިޕަށް ފުރަގަސް ދީގެންނެވެ.

"މި މައްސަލައަކީ އެ ބަދަލަށް ލިބުނު ހީނަރުކަމެއް،" ނަގަރިކް ނޫހުގެ އެޑިޓަރު ގުނާ ރާޖް ލުއިޓެލް އޭއެފްޕީއަށް ވިދާޅުވި އެވެ.

"އާ މޫނުތަކަށް ރައްޔިތުން އުއްމީދު ކުރި ނަމަވެސް އެކަމުގެ ސަބަބުން އެ މީހުންނަށް އޮތް އިތުބާރަށް ބުރޫ އަރާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް