Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ހުޅުމާލޭ ދެ ވަނަ ފޭސް: ފްލެޓު ދެނީ މި ތަނުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބޯހިޔާވަހިކަން

400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދޫކޮށްލުމުން ފްލެޓު ދޭނީ ހިލޭ

400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާ ނަމަ، ބިމުގެ އަގުން ފްލެޓުގެ އަގު އުނިކުރެވޭނެ؛ ދޫކޮށްލާ ބިން އަގުކުރާނީ 3،500ރ.އަށް އަކަފޫޓެއްގެ ރޭޓުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓަށް އެދޭ ފަރާތްތަކުގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮވެ އެ ބިން ދޫކޮށްލާ ނަމަ ހިލޭ ފްލެޓު ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ރައްޔިތުންނަށް ހާއްސަކޮށް ސަރުކާރުން ވަނީ 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހު ހުޅުވާލާފަ އެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ފްލެޓާއި ގޯތި ދޫކުރާ އުސޫލުތައް އާއްމުކޮށްފަ އެވެ.

ތަފްސީލް - މިހާރު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ 4،000 ފްލެޓު ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުން އަންނަ ހައުސިން ޔުނިޓުތަކުންނެވެ. މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލެވޭނީ ވަކިވަކި ފަރުދުންނަށެވެ. އެކަމަކު އަނބިމީހާ ނުވަތަ ފިރިމީހާއާ އެކު ވެސް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • މާލޭ ރައްޔިތުންގެ ތެރެއިން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުން

  • މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅޭ މީހަކަށް ވުން (ހަމައެކަނި މައި އެޕްލިކެންޓް)

  • މައި އެޕްލިކެންޓާ އެކު ދެން ކުރިމަތިލާ ފަރާތްތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަަށުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން

  • އަމިއްލަ ފަރާތްތަކުން އަޅާފައިވާ ފްލެޓަކުން 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން

  • ހުށަހަޅާ ތާރީހުން ފެށިގެން މައި އެޕްލިކެންޓް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭން އެއްވެސް މީހަކަށް ބިމެއް ދީފައިވާ ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން

  • މަހަކަށް 60،000ރ.އަށް ވުރެ އިތުރު އާމްދަނީއެއް ލިބޭ ފަރާތަކަށް ނުވުން

އަގު ކަނޑައެޅުން

ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މާލޭގައި ބިމެއް އޮތް މީހަކު ނަމަ، އެ ބިންކޮޅު ދޫކޮށްލުމަކީ ލާޒިމް ކަމެއް ނޫނެވެ. އެކަމަކު، އެ ބިންކޮޅު ދޫކޮށްލުމަށް ފަހު، އެ ބިމުގެ އަގުން ފްލެޓަށް ދައްކަން ޖެހޭ އަގު އުނިކުރެވޭނެ އެވެ. އުސޫލުގައިވާ ގޮތުން:

  • 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދޫކޮށްލާ ނަމަ، ފްލެޓުގެ އަގު ހިލޭ ކޮށްދެވޭނެ

  • 400 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާ ނަމަ، ބިމުގެ އަގުން ފްލެޓުގެ އަގު އުނިކުރެވޭނެ؛ ދޫކޮށްލާ ބިން އަގުކުރާނީ 3،500ރ.އަށް އަކަފޫޓެއްގެ ރޭޓުން

  • އެ ރޭޓުން 400 އަކަފޫޓުގެ ބިމަކަށް ޖުމްލަ ޖެހޭނީ 1.4 މިލިއަން ރުފިޔާ

  • ހިޔާ ފްލެޓުތައް ފަދަ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކުރާ ފްލެޓެއްގެ އަގު ގާތްގަނޑަކަށް 2 މިލިއަން ރުފިޔާއަށް އަރާ؛ އެ އަގުން ބަލާ ނަމަ، ބިމުގެ އަގު ފްލެޓުގެ އަގުން ކެނޑުމުން އަތުން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 600،000ރ.

އެނގުން މުހިންމު - ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނީ އިފްތިތާހުކުރި 'ގެދޮރުވެރިން' ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް، ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 26ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް