Majlis 2024

އުރީދޫން މީގެ ކުރިން ބޭއްވި 'ކަލަ ރަން'ގެ ތެރެއިން: މި ރަން މިހާރު ވަނީ 'އުރީދޫ ފަން ރަން'އަށް ރީބްރޭންޑްކޮށްފައި. (ފައިލް ފޮޓޯ/އުރީދޫ)

އުރީދޫ

'އުރީދޫ ފަން ރަން'ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މި ދުވުން އޮންނާނީ އަންނަ މަހުގެ 23ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި
20 ނޮވެމްބަރު 2022

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އުރީދޫން ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި 'ކަލަ ރަން' ރީބްރޭންޑުކޮށް، 'ފަން ރަން'އަށް ބަދަލުކުރުމަށް ފަހު ބާއްވާ ފުރަތަމަ ދުވުން އޮންނާނީ އަންނަ މަހުގެ 23ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15ގެ ނިޔަލަށް ކުރިން އޮތީ ހުޅުލާވާފަ އެވެ.

ނަމަވެސް، އުރީދޫން އިއްޔެ ވަނީ ބައިވެރިވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެގޮތަށް ނިންމީ، އުރީދޫން ބުނި ގޮތުގައި، ބައިވެރިވާން ބޭނުންވާ ގިނަ އަދަދެއްގެ މީހުންގެ އެދުމުގެ މަތިންނެވެ.

ތަފްސީލް - އުމުރުން 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ، މަޖާ ދުވުމެކެވެ. އެގޮތުން:

  • އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން 

  • އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ

  • މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ 

  • އުރީދޫ ފަން ރަންގެ ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. އެގޮތުން:

  • ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭނެ؛ އަގަކީ 100ރ. 

  • ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނޭނެ؛ އަގަކީ 200ރ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް