Majlis 2024

ފުވައްމުލަކުގައި މި މަހުގެ 2ގައި ޑައިވިނަށް ގޮސް އުޅެނިކޮށް ޑީކޯވި މަހުމޫދު ފާއިޒް އިތުރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ގެންދިއުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރަށް އަރުވަން ގެންދަނީ. (ފޮޓޯ/އެމްއެންޑީއެފް)

ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މަހުމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް

އިންޑިއާއަށް ގެންދަނީ ކުރެއްދޫ ރިސޯޓުގެ ޗެމްބަރުގައި 13 ދުވަހު ފަރުވާ ދިނުމަށް ފަހު

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފޭބި ދިވެހި ދެ ފިރިހެނުންގެ ތެރެއިން ހާލު ދެރަވި މަހުމޫދު ފާއިޒަށް އިތުރު ފަރުވާ ދިނުމަށް މިއަދު އިންޑިއާއަށް ފުރުވާލައިފި އެވެ.

އެނގުން މުހިންމު - މި މަހުގެ 2 ވަނަ ދުވަހު  މެންދުރުފަހު މަހުމޫދުއާ އެކު ފީނަން ފޭބި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (މޯޑު) ވަނީ ގެއްލިފަ އެވެ. އޭނާ ހޯދުމުގެ އޮޕަރޭޝަން ވަނީ ހުއްޓާލައިފަ އެވެ.

ވީ ކިހިނެއް؟ - މަހުމޫދު ޑީކޯވެގެން އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް ގެންދިޔަ އެވެ. އޭގެ ފަހުން އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ޑީކޮމްޕްރެޝަން ފަރުވާއަށް ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންދިޔަ އެވެ.

ތަފްސީލް - މަހްމޫދުގެ އާއިލާ އިން މިއަދު ބުނީ ކުރެއްދޫ ރިސޯޓުގެ ޗެމްބަރުގައި 13 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ފުރުވާލާފައިވާ ކަމަށެވެ. މަހުމޫދު ފުރީ މިއަދު ހެނދުނު 8:05ގެ ފްލައިޓުންނެވެ.

ބުނީ ކީކޭ؟ - އާއިލާ އިން ބުނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި މަހުމޫދު އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގާނެ ކަމަށެވެ.

މުހައްމަދު ސަލާމަތްކުރަން މަހުމޫދު އުޅުނު ކަމަށް ބެލެވޭ

  • މުހައްމަދު ސައީދާ އެކު ފީނަން ފޭބި މަހުމޫދު މައްޗަށް އެރި އިރު އޭނާގެ ހާލު ވަރަށް ދެރަ 

  • ޑައިވް ސެންޓަރެއް ހިންގާ ސައީދުގެ ގާތް މީހުން ގަބޫލުކުރާ ގޮތުގައި، މަހުމޫދު މަސައްކަތް ކުރީ ސައީދު އަޑިއަށްދާތީ ސަލާމާތް ކުރުމަށް

  • މަހުމޫދުގެ ކޮމްޕިއުޓަރުން ދައްކާ ގޮތުން އޭނާ ވަނީ 78 މީޓަރު އަޑިއަށް ގޮސްފައި

  • މުހައްމަދު ގޮވައިގެން 20-30 ވަރަކަށް މީޓަރަށް މަހުމޫދު އެރި ކަމަށް ބައެއް މީހުން ބުނޭ

  • ފުޅި ހުސްވެގެން މަހުމޫދު ވަނީ އިމަޖެންސީ އެކްސީޑިންއެއް ހަދައިފައި

  • މަހުމޫދަކީ ފީނުމަށް އާ މީހެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުނޭ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް