ކެޓްރީނާ ކައިފް
ކެޓްރީނާ ބަލިވެއިން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
ކެޓްރީނާ ކައިފް ބަލިވެއިނދެ ބަނޑަށް ދެ މަސް ވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
ކެޓްރީނާ އާއި ވިކީ ކޯޝަލް ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ސިއްރު ހަފްލާއެއްގައި ކައިވެނިކޮށް އެ ދެ މީހުންގެ ގުޅުން ދުނިޔެ އަށް އިއުލާނު ކުރުމަށް ފަހު ދެމަފިރިން އަންނަނީ އެމީހުންގެ ލޯބި ދިރިއުޅުމުގެ ބައެއް ފޮޓޯތައް އިންޓަނެޓުގައި އާއްމު ކުރަމުންނެވެ. މިހާރު ވެސް އެ ދެ މީހުން ނިއު ޔޯކުގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމުގައި ދައްކަ އެވެ.
ކެޓްރީނާ ބަލިވެއިނދެ، އެކަމާ ގުޅިގެން އޭނާގެ ކުރިއަށް ހުރި ބައެއް މަސައްކަތްތައް ފަހަތައް ޖައްސާލަން ޕްރޮޑިއުސަރުންގެ ގާތުން އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް އޭނާގެ ފަރާތުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކެޓްރީނާގެ ޓީމާ ހަވާލާދީ ނޫސްތަކުން ބުނީ ކެޓްރީނާގެ މިވަގުތު ފޯކަސް ހުރީ ކެރިއަރަށާއި ވިކީ އާއެކު ވަގުތު ހޭދަކުރުމަށް ކަމަށާއި އޭނާ އިނީ ބަލިވެ ނޫން ކަމަށެވެ.
ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ޓައިގާ 3'ގެ އިތުރުން 'ފޯން ބޫތު' އަދި 'މެރީ ކްރިސްމަސް' ހިމެނެ އެވެ.