Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މުހަންމަދު ޒުބައިރު. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

4 އަހަރު ކުރީގެ ޓުވީޓަކާ ގުޅިގެން އިންޑިއާގެ މުސްލިމު ނޫސްވެރިއަކު ހައްޔަރުކޮށްފި

ދީނީ ކަންކަންމާ ބެހޭ ގޮތުން 2018 ވަނަ އަހަރު ކުރި ޓުވީޓަކާ ގުޅިގެން އިންޑިއާގެ މުސްލިމު ނޫސްވެރިޔާ މުހަންމަދު ޒުބައިރު ހައްޔަރުކޮށްފި އެވެ.

ޒުބައިރަކީ ފެކްޓް ޗެކިން ވެބްސައިޓް، އޭއެލްޓީ ނިއުސްގެ އެއް ބާނީ އެވެ. އޭނާ ދިއްލީން ހައްޔަރު ކުރީ ހޯމަ ދުވަހު އެވެ. އޭނާއަށް ކުރާ ތުހުމަތަކީ ހިންދޫ ދީނަށް މަލާމާތް ކުރުމުގެ ތުހުމަތެވެ.

އޭނާ ހައްޔަރު ކުރީ އޭނާގެ އެކައުންޓުން ގާނޫނަށް ގޮން ޖަހާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ޓުވިޓާއަށް ޝަކުވާ ހުށަހެޅިތާ ފަސް ދުވަސް ފަހުންނެވެ.

އޭއެލްޓީ ނިއުސްގެ އަނެއް ބާނީ ޕެރަޓިކް ސިންހާ ވިދާޅުވީ ޒުބައިރު ހައްޔަރު ކުރުމުގެ ކުރިން ޓުވިޓާ އިން އެކަން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ.

އިދިކޮޅުންނާއި ނޫސްވެރިން ވަނީ އޭނާ ހައްޔަރު ކުރުން ކުށްވެރިކޮށްފަ އެވެ. އެ މީހުން ބުނަނީ އެއީ އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން ފިތުނަ އުފައްދާ މީހުން ހާމަކު ކުރުމަށް ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ބޮޑުވަޒީރު ނެރެންދުރަ މޯދީގެ ބަހާރަތިޔާ ޖަނަތަ ޕާޓީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރި ކޮމެންޓާ ގުޅޭ ގޮތުން ޒުބައިރު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ އެކަމާ ދެކޮޅަށް ކުރި ޓުވީޓް ވަނީ ވައިރަލްވެ، މުސްލިމުންގެ ތެރޭގައި ވަރަށް ވަރުގަދައަށް ފެތުރިފަ އެވެ. އަދި މުސްލިމު ވަރަށް ގިނަ ގައުމުތަކުން އިންޑިއާއާ ދެކޮޅަށް ތެދުވުމަށް ވެސް އެ ޓުވީޓް މަގުފަހިވި އެވެ.

މުހަންމަދު ޒުބައިރަކީ ކާކު؟

އިންޑިއާގައި މަގުބޫލު ނޫސްވެރިޔާ މުހަންމަދު ޒަބުއިރު، ޕެރަޓިކް ސިންހާއާ އެކު ފެކްޓް ޗެކިން ވެބްސައިޓްގެ މަސައްކަތް ފެށީ 2017ގަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ވެބްސައިޓް ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވި އެވެ. އެއީ ތެދު ނޫން ހަބަރާއި ފޭކް ނިއުސް ދެނެ ގަތުމަށް އެ ސައިޓް ކުރާ މަގުބޫލު މަސައްކަތް މީހުން ބަލައިގެންފައިވާތީ އެވެ.

އޭއެލްޓީ ނިއުސް އިން ފެކްޓް ޗެކުކުރާ މައުލޫމާތުތައް ޒުބައިރު އައީ އޭނާގެ ޓުވިޓާ އެކައުންޓްގައި ޝާއިއު ކުރަމުންނެވެ. އޭނާގެ އެކައުންޓް ބައި މިލިއަން މީހުން ފޮލޯ ކުރެ އެވެ.

ފިތުނަ އުފައްދާ ވާހަކަ އޭނާ މޮނިޓާ ކުރެ އެވެ. އަދި ބީޖީޕީގެ ސަޕޯޓަރުންގެ ކޮމެންޓްތައް އޭނާގެ ޓުވިޓާގައި ޝާއިއު ކުރުމަށް ފުރުސަތުދެ އެވެ. އަދި އެކަން ވަނީ ފިތުނައަކަށްވެފަ އެވެ.

އިންޑިއާ ސަރުކާރުން ތުހުމަތު ކުރަނީ އޭނާގެ ޓުވީޓްތައް ގާނޫނާ ހިލާފު ކަމަށެވެ. އަދި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ޓުވީޓްތައް ފޮލޯ ކުރާ މީހުންގެ ތެރޭގައި ހޫނު ޒުވާބު ހިނގައި ފިތުނައަށް މަގުފަހިވާ ކަމަށެވެ.

ފުލުހުން ބުނީ ޒުބައިރުގެ އަމަލުތަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމުން އޭނާ ހައްޔަރުގައި ބަހައްޓަން ބާރު ލިބޭ ކަމަށެވެ.

އޭއެލްޓީ ނިއުސްގެ އަނެއް ބާނީ ޕެރަޓިކް ސިންހާ ވެސް ޒުބައިރާ އެކު ފުލުހަށް ހާޒިރުވި އެވެ. އޭނާ ވިދާޅުވީ އޭނާ އާއި ޒުބައިރުގެ ވަކީލަށް ވެސް ޒުބައިރު ހައްޔަރު ކުރި ސަބަބުގެ ލިއުން ނުލިބޭ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ތަން ވެސް ނުބުނާ ކަމަށެވެ.

އެއް ދުވަހު ބަންދުގައި ބެހެއްޓުމުގެ ތައްގަނޑު ޖެހުމަށް ހޯމަ ދުވަހުގެ ރޭ ޒުބައިރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރި އެވެ. މެޖިސްޓްރޭޓް ވަނީ ޒުބައިރު އެއް ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އެއާ އެކު، ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ދިނެވެ. އިއްޔެ ކޯޓުން ވަނީ އިތުރު ހަތަރު ދުވަހު ޒުބައިރު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ފުލުހުންނަށް ދީފަ އެވެ.

ވަރަށް ގިނަ ނޫސްވެރިންނާއި އެކްޓިވިސްޓުން އަޑުއުފުލަމުން އަންނަނީ އަވަހަށް ޒުބައިރު ދޫކޮށްލުމަށް އެދި އެވެ.

ނޫސްވެރިން ބުނަނީ ދޮގު ހަދާ މީހުން ފަޅާއަރުވާލާ "މެޝިން" ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ޓުވީޓް ކުރައްވައި ވިދާޅުވީ ބީޖޭޕީގެ ފިތުނަ އާއި ދޮގުތައް ފަޅާއަރުވާލާ މީހުންގެ ވާހަކަ ބީޖޭޕީގެ މީހުންނަށް ހަޖަމު ނުވެ، އެފަދަ ހަގީގަތްތައް ފަޅާއަރުވާލާ މީހުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް