Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ދަ މެރީނާ ކްރޮސް ރޯޑްސްގައި ކުރިއަށްދިޔަ 'ފޯޓްރެސް އޮފް މާލެ'ގެ މައުރަޒުގައި ޝިމްހާ (މ) ބަޔަކާ ވާހަކަދައްކަނީ.

ފަންނުވެރިން

ޝިމްހާގެ 'ފޯޓްރެސް އޮފް މާލެ'އިން ގިނަ ވާހަކަތަކެއް

ޝިމްހާ ވަނީ 1800ގެ އަހަރުތަކުގައި މާލެ އޮތް ގޮތުގެ އެ ކުރެހުންތައް ދުބާއީގަ އާއި ކްރޮސް ރޯޑްސްގައި ދައްކާލާފައި
5 އޭޕްރީލު 2022

އާމިނަތު ޝިމްހާ ޝަކީބްގެ ފެން ކުލައިގެ މަސައްކަތްތަކަކީ އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނައިން ފެނި، ދައުރުވާ ޕޯސްޓުތަކެކެވެ. މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ 'ޕްރޮސެސް' ވެސް ޝިމްހާ، އޭނާގެ 10.6 ހާސް ފޮލޯވަރުންނާ، ހިއްސާ ކުރެ އެވެ. ޝިމްހާގެ ފެން ކުލައިގެ މަސައްކަތްތަކުގެ މަގުބޫލުކަން އިތުރުވެ، މި އަހަރު އޭނާގެ އާ ކަލެކްޝަނެއް 'ފޯޓްރެސް އޮފް މާލެ'ގެ ނަމުގައި ދުބާއީގަ އާއި ދަ މެރީނާ ކްރޮސް ރޯޑްސްގައި ދައްކާލި އެވެ.

އެއީ ފުދޭވަރެއްގެ ބޮޑު މަސައްކަތެއްކަން، ބަލަން ދިޔަ ކޮންމެ މީހަކަށް ވެސް ފާހަގަވި އެވެ. މި ކަލެކްޝަން ނިންމަން ކުރި މަސައްކަތާއި ކުރެހުންތަކަށް ހިޔާލު ލިބުނު ގޮތް ޝިމްހާ 'ދައުރު'އަށް ކިޔައިދިނެވެ.

ދަ މެރީނާ ކްރޮސް ރޯޑްސްގައި ކުރިއަށްދިޔަ 'ފޯޓްރެސް އޮފް މާލެ'ގެ މައުރަޒުގައި ޝިމްހާ (މ) ބަޔަކާ ވާހަކަދައްކަނީ. 

ދައުރު: 'ފޯޓްރެސް އޮފް މާލެ' މައުރަޒުގެ ތައާރަފެއް ދީފާނަންތަ؟

ޝިމްހާ: އެެއީ 1800ގެ އަހަރުތަކުގައި މާލެ އޮތް ގޮތް ދައްކާލާ މަސައްކަތެއް. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ކޮމިޝަނަށް ތައްޔާރުކުރި ކުރެހުންތަކެއް. ފުރަތަމަ ބޭނުންވީ މެޕްއެއް ގޮތަށް ކުރަހަން. އެކަމަކު އެގްޒިބިޝަނަކަށް ތައްޔާރުވާން ބޭނުންވީމާ ބަލާ މީހުން ޝައުގުވެރިވާނެ ގޮތަށް، އެ ކުރެހުންތަކުން ދިވެހިންގެ ސަގާފަތާއި ދިރިއުޅުނު ގޮތް ވެސް ފެންނާނެ ގޮތަށް ކުރެހީ. 

މި މައުރަޒުގައި އޭ-3 ސައިޒުގެ 25 ކުރެހުން ހިމެނޭނެ. 

ދައުރު: ޝިމްހާގެ ގިނަ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ފެން ކުލަ ބޭނުންކޮށްގެން. މި މައުރަޒުގައި ވެސް ދައްކާލީ މުޅިން ވެސް ފެން ކުލައިގެ މަސައްކަތްތަ؟

ޝިމްހާ: އާނ، މި ޕްރޮޖެކްޓު ނިންމަން ބޭނުން ކުރި މީޑިއަމަކީ ވޯޓާ ކަލާ. ދެން އެންމެ ފުރަތަމަ އެ ފަރާތުން އެދުނީ ފަންސޫރު ކުލަ ބޭނުން ކުރަން. އެކަމަކު އެއަށް އެއްބަސްވާން އުނދަގޫވި. އެއީ އަޅުގަނޑު އެންމެ ގަޔާވާ މީޑިއަމަކީ ފެން ކުލަ ވީމަ.

ދައުރު: މާލޭގެ ތާރީހު ދައްކައިދޭ މި މަސައްކަތަށް އެ ޒަމާނުގެ މައުލޫމާތު ހޯދީ ކިހިނެއް؟

ޝިމްހާ: ރައީސް ނަޝީދާއި އަޅުގަނޑު ސަތޭކައެއްހާ ފޮޓޯ ބެލިން. އަދި ރައީސް ނަޝީދުގެ އަމިއްލަ، ތާރީހީ ފޮޓޯ ކަލެކްޝަނުގައި ހިމެނޭ ފޮޓޯތަކުން ރިފަރަންސް ހޯދިން. ދެން އިތުރަށް އެކި ފޮތްތަކުންނާއި އޮންލައިން ޕޭޖުތަކުން އަދި ގްރޫޕްތަކުން އެއަށް ކަމުދާނެ ކަހަލަ ފޮޓޯ ރެފަރަންސް ހޯދަން މަސައްކަތް ކުރިން.

ދައްކާލި 25 ޕެއިންޓިން ތައްޔާރުކުރީ އިހުގެ މެޕުތަކުގެ ރިފަރަންސް ބޭނުންކޮށްގެން. އޭރުގެ ފޮޓޯތައް ބަލައިގެން އަދި ބައެއް ޕެއިންޓިންތައް ކޮންމެވެސް ވަރަކަށް ބަދަލު ކޮށްފައި ވާނެ. އަދި އޭގެ ޕާސްޕެކްޓިވް އަޅުގަނޑުމެން ހިތްހަމަޖެހޭ ގޮތަކަށް ބަދަލު ކޮށްފައިވާނެ.

ދަ މެރީނާ ކްރޮސް ރޯޑްސްގައި ކުރިއަށްދިޔަ 'ފޯޓްރެސް އޮފް މާލެ'ގެ މައުރަޒުގެ ތެރެއިން.

ދައުރު: މި މަސައްކަތާ ދޭތެރޭ ކިހާ ވަރަކަށް ހިތްހަމަޖެހޭ؟ އަދި މިކަމުން ލިބުނު ތަޖުރިބާއަކީ ކޮބާ؟

ޝިމްހާ: މިއީ މިކަހަލަ މަސައްކަތެއް ކުރި ފުރަތަމަ ފަހަރު. މިކަހަލަ، ދިވެހި ތާރީހާ ގުޅުން ހުރި މަސައްކަތެއް ކޮށްލަން ބޭނުންވެފައި ހުރީ. މި ޕްރޮޖެކްޓުގައި އަޅުގަނޑު ބޭނުން ގޮތަކަށް މަސައްކަތް ކުރަން ފްލެކްސިބިލިޓީ ލިބުނު. މަސައްކަތް ފެއްޓި އިރު އެއްވެސް ވަރަކަށް ތާރީހާ ބެހޭ މައުލޫމާތެއް ނޭނގޭ. އެހެންވެ ގިނަ ފޮތްތައް ކިޔައި ރިސާޗުކޮށް އަދި މީހުން ގާތުން ވެސް މައުލޫމާތު ހޯދިން. އެންމެ ބޮޑު ފިލާވަޅެއް ލިބުނީ ރައީސް ނަޝީދުގެ ފަރާތުން. ކޮންމެ ޕެއިންޓިންއެއް ވެސް ނިންމާފައި ވަނީ ރައީސް ނަޝީދުގެ ލަފަޔާ އެކު. ކޮންމެ ޕެއިންޓިންއެއް ކުރަހަން ފެށުމަކީ ހިސްޓްރީ ފިލާވަޅެއް ނެގުން ފަދަ ކަމެއް.

ދެން އާޓިސްޓެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަން ދަސްވި. އެއީ ޕާސްޕެކްޓިވްއަށް ވިސްނައިގެން ކުރަހަން ފަރިތަވެ، މަސައްކަތަށް އިތުރަށް އަދަބުވެރިވުމާއި ވަގުތަށް މަސައްކަތް ނިންމަން އިތުރު އަހައްމިއްޔަތެއް ދޭން ފެށުނު. މި މަސައްކަތް ފެށި އިރު، ނިމޭއިރު ހުންނާނެ ގޮތް ވެސް އެނގުނު. ރާއްޖޭގެ ތާރީހަށް މި މަސައްކަތުން ކުރާނެ ފައިދާ ވެސް އެނގުނު. ވަރަށް އުފާވޭ މިކަހަލަ ބޮޑު މަސައްކަތެއް ފެން ކުލަ ބޭނުން ކޮށްގެން ފުރިހަމަ ކުރަން ލިބުނީމަ.

ދަ މެރީނާ ކްރޮސް ރޯޑްސްގައި ކުރިއަށްދިޔަ 'ފޯޓްރެސް އޮފް މާލެ'ގެ މައުރަޒުގައި ޝިމްހާ (މ) ބަޔަކާ ވާހަކަދައްކަނީ.

ދައުރު: ޝިމްހާގެ ކުރެހުންތައް ފެންނަނީ ވަރަށް ކަވި، ބުރަ މަސައްކަތްތަކެއްގެ ގޮތުގައި. މީގެ ކޮންމެ ކުރެހުމެއް ނިންމަން ކިހާ ވަގުތެއް ހޭދަވި؟

ޝިމްހާ: އަޅުގަނޑަށް އަބަދުވެސް މުހިއްމުވަނީ ފެންނަ ކުދިކުދި ކަންތައްތައް. ފުރަތަމަ ހުރިހާ ރަފް ސްކެޗެއް ކުރަހަނީ. ދެން އަސްލު ވޯޓާ ކަލާ ޕެއިންޓިން ފެށުމުގެ ކުރިން ސިމްޕަލް ވޯޓާ ކަލާ ސްކެޗެއް ކޮށްލަން. ދެން މި ސީރީޒްގައި ކޮން ކަހަލަ ކުރެހުންތަކެއްތޯ ހިމަނާނީ ވިސްނަން ވަގުތުކޮޅެއް ހޭދަވި. ކޮންމެ ޕީސްއެއް ނިންމަން ހޭދަވި ވަގުތު ބިނާވަނީ އެ ޕެއިންޓިންއަކަށް.

ފުރަތަމަ މަސައްކަތް ނިންމަން މަހަކަށްވުރެ ގިނަ ދުވަސް ނެގި. އެއީ މަސައްކަތް ފަށައިގަނެ އޭގެ ގޮތް ދަސްވަމުންދިޔަ އިރު. މަސައްކަތް ނިންމަން އަމިއްލަ ނަފްސަށް ހިތްވަރުދީގެން ކުރިއަށްގެންދިޔައީ. އާއްމު ގޮތެއްގައި މިކަހަލަ ޕްރޮޖެކްޓެއް ނުނަގަން. ބޭނުންވަނީ އަމިއްލަ ވަގުތުގައި، ހަމަޖެހިގެން މަސައްކަތް ކުރަން. ރައީސް ނަޝީދު އަޅުގަނޑަށް އެއްވެސް ޕްރެޝާއެއް ނުކުރައްވާ. އަދި އަމިއްލަ ވަގުތުގައި އެހެން ކޮމިޝަން މަސައްކަތްތައް ކުރަން ވެސް ވަގުތު ލިބުނު. މީގެ ސަބަބުން އަމިއްލަ މަސައްކަތްތައް ބެލެންސްކޮށްގެން ކުރިއަށްގެންދަން ފަރިތަވި.

ދައުރު: ފެން ކުލަ ފިޔަވައި އެހެން އެއްވެސް މީޑިއަމެއް ކަމުދޭތަ؟

ޝިމްހާ: އަޅުގަނޑަށް ހީވަނީ އޮއިލް ކުލަ އަޅުގަނޑަށް ކަމުދާނެހެން. ދެން ހުރިހާ މީޑިއަމެއް ވެސް ބޭނުންކޮށްފިން. އޭގެ ތެރެއިން އެންމެ ކަމުނުދާ މީޑިއަމަކީ ޑިޖިޓަލް އާޓް. އޭގެ 'އަންޑޫ' ބަޓަން އެއްގޮތަކަށް ވެސް ކަމަކުނުދޭ.

ދައުރު: ޝިމްހާގެ މަސައްކަތަށް ހިތްވަރު ލިބޭ، ކަމުދާ އާޓިސްޓެއް އެބަހުރިތަ؟

ޝިމްހާ: ކަމުދާ ބޭރުގެ އާޓިސްޓުން އެބަ ތިބި. އެމީހުން ފޮލޯ ކުރަން އިންސްޓަގްރާމްގައި. އެހެން ވަކި މީހެއް ނެތް ބުނެވޭކަށް. އެއީ ހިޔާލު ލިބިދާނެ އެހެން މީހެއް ނުވަތަ ކުޑަކުއްޖެއްގެ ފަރާތުން ވެސް. އަޅުގަނޑަށް ވޯޓާ ކަލާ ވަރަށް ކަމުދޭ. އެހެންވީމަ މި މީޑިއަމް ބޭނުން ކުރާ ކޮންމެ މީހެއް ވެސް އިންސްޕަޔަރިން. ދެން ރާއްޖެ އަކީ އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަން.

ދައުރު: ރާއްޖޭގެ އާޓިސްޓެއްގެ ގޮތުން ކުރިމަތިލާން ޖެހެނީ ކޮން ކަހަލަ ގޮންޖެހުންތަކަކާ؟

ޝިމްހާ: ރަނގަޅު ފެންވަރުގެ މެޓީރިއަލް ރާއްޖެއިން ހޯދަން ވަރަށް އުނދަގޫ. ދެން އިތުރު ގޮންޖެހުމެއް ފާހަގައެއް ނުވޭ. އަޅުގަނޑަކަށް ނޭނގޭ އެހެން ގައުމުތަކުގައި ދިމާވާ ކަންތައްތަކެއް. އެހެންވީމަ އެއާ އަޅާކިޔާކަށް ބޭނުމެއް ނޫން. މި މަސައްކަތް ފެށީ ކޮވިޑް-19 ޕެންޑެމިކް ތެރޭގައި. ދެން އޭރު ލިބެން ހުރި މެޓީރިއަލެއް ބޭނުން ކޮށްގެން ޕެއިންޓު ކުރަނީ. ކަމެއް ހާސިލު ކުރަން ބޭނުން ނަމަ ގަދަޔަށް އަދި ވިސްނައިގެން މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ. އަޅުގަނޑަކީ ވަރަށް 'އޮޕްޓިމިސްޓިކް' މީހަކަށް ވީމަ އަޅުގަނޑު ކޮންމެ ގޮންޖެހުމެއް ދެކެނީ ލާނިން އެކްސްޕީރިއަންސެއް ގޮތަށް.

ދަ މެރީނާ ކްރޮސް ރޯޑްސްގައި ކުރިއަށްދިޔަ 'ފޯޓްރެސް އޮފް މާލެ'ގެ މައުރަޒުގައި ޝިމްހާ (މ) ބަޔަކާ ވާހަކަދައްކަނީ. 

ދައުރު: ޝިމްހާގެ ދާއިރާ އިން ދެކެން ބޭނުންވާ ހެޔޮ ބަދަލަކީ ކޮބާ؟

ޝިމްހާ: މި ދާއިރާގައި މަސައްކަތް ކުރާ ނުވަތަ ފަށައިގަންނަ ހުރިހާ ފަންނުވެރިންނަށް މަރުހަބާ ކިޔައި އެ މީހުންނަށް އިހުތިރާމު ކުރާ ކޮމިއުނިޓީއެއް އޮންނަން ބޭނުންވަނީ. ޒުވާން އާޓިސްޓުންނަށް ދިމާވާ އެކި ގޮންޖެހުންތައް އެބަހުރި. އެ މީހުންނަށް އެހީތެރިވެދޭ ގައިޑެއް ނުވަތަ މެންޓާއަކަށް ވާން ބޭނުން. އޭގެ ތެރެއިން ބައެއް ކުދިން ބޭނުމެއް ނުވާނެ އާޓް ކުލާހެއް ނުވަތަ ވޯކް ޝޮޕެއް؛ އެ މީހުންނަށް މުހިއްމުވަނީ މި ދާއިރާގައި ކުރިއަށްދާން ހިތްވަރު ލިބޭނެ ކަހަލަ ޕެޕް ޓޯކްއެއް. މިއީ މި ގައުމުގެ ފަންނުވެރި ކޮމިއުނިޓީ އިތުރަށް ފުޅާވެ ބޮޑުވާން އެހީވެދޭނެ ކަމެއް. އެކަކު އަނެކަކަށް ހިތްވަރުދިނުމަކީ ވަރަށް މުހިއްމު ކަމެއް. ދަންނަ އާޓިސްޓުން އެ ބަޔަކަށް ފައިދާ ވާނެ ބަޔަކަށް ތައާރަފު ކޮށްދިނުމަކީ ޕްރެކްޓިސް ކުރަން ޖެހޭ ކަމެއް.

ދައުރު: މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟

ޝިމްހާ: ކޮންމެ ދުވަހަކު ޕެއިންޓު ކުރަން ވާނެ. އަދި އަމިއްލަ މަސައްކަތަށް އިހުތިރާމު ކުރަންވާނެ. އެއީ އެމަސައްކަތް ހުތުރުވިޔަސް ނުވަތަ ރީތިވިޔަސް މެ. އަމިއްލަ މީހާ ގެންގުޅޭ މަސައްކަތުގެ ސްޓައިލާ ގުޅޭ މަސައްކަތް ނަގަން އާދަ ކުރަންވާނެ. އެ މީހެއްގެ އާޓް ސްޓައިލާ ނުގުޅޭ މަސައްކަތް ނެގުމުން ދުރުވާންވާނެ. އަމިއްލަ މީހާ އާއި މީހާގެ މަސައްކަތް ޕްރެޒެންޓު ކުރާއިރު ވަރަށް ޕޮޒިޓިވް ވާން ވާނެ. އަމިއްލަ މަސައްކަތަށް ލޯބި ކުރާ ނަމަ ގިނަ ފުރުސަތުތައް ލިބޭނެ. އާޓިސްޓުންނަކީ އެމީހުން ކޮށްފައިވާ މަސައްކަތުން ކުރިއަށްދާނެ ބައެއް. އެހެންވީމަ މަސައްކަތް ކުރަން އަހައްމިއްޔަތުކަން ދޭން ވާނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް