ރުފިޔާގެ ރަސްމީ ނިޝާން ހިމަނައިގެން ފުރަތަމަ ނެރޭނީ 50ރ.ގެ ނޫޓް.

އެމްއެމްއޭ

ރުފިޔާގެ ނިޝާން ޖެހި ނޫޓުތައް އަންނަ މަހު ބޭނުންކުރަން ފަށަނީ

ރުފިޔާގެ ނިޝާން ހިމަނައިގެން ފުރަތަމަ ނެރެނީ 50ރ.ގެ ނޫޓް

މިދިޔަ ޖުލައި މަހު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކުރި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ޗާޕުކުރި ރުފިޔާގެ ނޫޓް އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމައިފި އެވެ.

އެނގުން މުހިންމު - ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ނެރެފައި ވަނީ: 

3 ޖުލައިގައި

ނިޝާނުގައި ހުންނަނީ 'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވޭ

ފަރުމާ ކުރީ، ހަސަން ޝުޖާއު/މ. ސްޕޮޓްލައިޓް

ވީ ކިހިނެއް؟ - އެމްއެމްއޭ އިން ވަނީ އެ ނިޝާން ޖެހި 50ރ.ގެ ނޫޓު ޗާޕުކޮށްގެން މި މަހުގެ ކުރީކޮޅު ރާއްޖެ ގެނެސްފަ އެވެ. މިއަދު ނެރުނު ބަޔާނެއްގައި އެ އިދާރާ އިން ވަނީ އަންނަ މަހުން ފެށިގެން އެ ނޫޓުތައް ބޭނުންކުރަން ފަށާނެކަން އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ރުފިޔާގެ ނިޝާން ހިމަނައިގެން ނެރޭ ފުރަތަމަ ނޫޓްގެ ސިފަތަކަކީ:

50ރ.ގެ ނޫޓްގެ ދެ ފުށުގައި ރުފިޔާގެ ރަސްމީ ނިޝާން ހިމަނާފައިވޭ

އެ ނޫޓްގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

އެ ނޫޓްގައި ޖަހާފައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022 އަދި 12 ސަފަރު 1444 

ރުފިޔާގެ ނިޝާން ޖެހި 50ރ.ގެ ނޫޓާ އެކު 50ރ.ގެ ކުރީގެ ނޫޓްތައް ވެސް ބޭނުން ކުރަމުން ގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮމެންޓް

Placeholder

އެމްއެމްއޭ

އެމްއެމްއޭ