Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ: ތުހުމަތުތަކަށް އިންކާރު ކުރެއްވި. (ފޮޓޯ/އޭޕީ)

އިންޑިއާ

މޯދީ ގުޖުރާތާ ގުޅޭ ޑޮކިއުމެންޓްރީ ދައްކަން ބޭނުން ނުވަނީ ކީއްވެ؟

އިންޑިއާގެ ކަނާތު ފިޔައިގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ބާރުގެ ބޭނުންކޮށްގެން، 2002 ވަނަ އަހަރު ގުޖުރާތުގައި ހިންގި ހަމަނުޖެހުންތަކުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑާޝިޕާ މެދު ސުވާލު އުފައްދާފައިވާ ބީބީސީގެ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ހުރަސް އަޅައިފި އެވެ.

ބީބީސީގެ ދެ ބައި ހިމެނޭ ފިލްމު މޯދީ ސިފަކުރައްވަނީ "ޕްރޮޕެގެންޑާ ޕީސް"އެއްގެ ގޮތަށެވެ. އެ ޑޮކިއުމެންޓްރީ ލިންކްކޮށްފައިވާ 50އަށް ވުރެ ގިނަ ޓުވީޓް ނެގުމަށް ސަރުކާރުން ޓްވިޓާއަށް އަންގާފައި ވާއިރު، އެއްވެސް ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑް ކުރުން ވަނީ މަނާކޮށްފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ޔުނިވާސިޓީގައި މިދިޔަ އަންގާރަ ދުވަހު އެ ޑޮކިއުމެންޓްރީ ދެއްކުމަށް ކަމާ ބެހޭ ފަރާތްތަކުން ހުރަސް އެޅި އިރު، އެ ހަރަކާތް އިންތިޒާމުކުރި ދަރިވަރުންގެ ޔޫނިއަންގެ އޮފީހަށް ކަރަންޓާއި އިންޓަނެޓް ކަނޑާލި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ބަލަން ތިބި ދަރިވަރުންނާ ދިމާލަށް ހިލަ އުކާފައިވެ އެވެ.

މިފަދަ ސްކްރީނިންތައް އިންޑިއާގެ އެހެން ހިސާބުތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އިދިކޮޅު ލީޑަރުންނާއި ނޫސްވެރިން އަދި އެކްޓިވިސްޓުން ދަނީ ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ، ސޯޝަލް މީޑިއާގައި ބީބީސީގެ ޑޮކިއުމެންޓްރީއާ ގުޅޭ ތަފާތު ޝުއޫރުތައް ހިއްސާ ކުރަމުންނެވެ.

ގުޖުރާތުގައި ހިނގީ ކޮން ކަމެއް؟

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް މޯދީ 2001 ވަނަ އަހަރުގެ ފަހުކޮޅު ހަމަޖެއްސީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށެވެ.

އޭގެ ކުރިން އޭނާ އަކީ އޭރުގެ ޔޫރަޕްގެ ފާސިސްޓް ޕާޓީތަކާ އެއްގޮތަށް 1925 ވަނަ އަހަރު އުފެއްދި ބީޖޭޕީގެ ހަރުކަށި ފިކުރުގެ ގޮފި، ރާޝްޓްރިއާ ސްވެއިމްސެވަކް ސަންގް (އާރުއެސްއެސް)ގެ އިސް މެމްބަރެކެވެ. އާރުއެސްއެސްގެ އަމާޒަކީ އިންޑިއާގައި ހިންދޫ ނަސްލުގެ ދައުލަތެއް އުފައްދައި އެ ގައުމުގެ 200 މިލިއަން މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތަކަށް ހެދުމެވެ.

ފެބްރުއަރީ 2002ގައި އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ އަޔޯދިޔާގެ ޓެމްޕަލް ޓައުންއިން އެނބުރި ގައުމަށް ދިޔަ ހިންދޫ ހައްޖުވެރިންނާ އެކު ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ، 59 މީހުން މަރުވި އެވެ. މޯދީ އިސްވެ ހުންނަވާ ސްޓޭޓް ސަރުކާރުން ގޯދްރާ ސްޓޭޝަންގެ މުސްލިމުންގެ ބޮލުގައި ރޭލުގައި ރޯކޮށްލި ކަމުގެ ތުހުމަތު އެޅުވި އެވެ. ނަމަވެސް ފެޑެރަލް ސަރުކާރުން އެކުލަވާލި ކޮމެޓީއަކުން 2006 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ނިންމާފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ އެކްސިޑެންޓަކުން ކަމަށެވެ.

ގޯދްރާގެ ހާދިސާގެ ހަބަރު ފެތުރުމާ އެކު ގުޖުރާތުގެ މުސްލިމުންގެ އަވަށްތަކުގައި ހިންދޫންގެ ބަޔަކު ހަމަނުޖެހުން ހިންގަން ފެށި އެވެ. އަދި 2،000އަށް ވުރެ ގިނަ މީހުން މަރާލި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އިންޑިއާގެ ތާރީހުގައި ވެސް ހިނގި އެންމެ ނުރައްކާތެރި ދީނީ ޖަރީމާގެ ތެރޭގައި އެތައް އަންހެނުންނެއް ރޭޕްކޮށް، ގުޖުރާތަކީ އިންޑިއާގައި ދީނީ ގޮތުން އެންމެ ބޮޑަށް ޕޮލަރައިޒްވެފައިވާ ސްޓޭޓަކަށް ބަދަލުވެގެން ދިޔަ އެވެ.

އިނގިރޭސިވިލާތް ފަދަ ބޭރުގެ ގިނަ ސަރުކާރުތަކުން އޭރު މޯދީއާ ގުޅުން ކަނޑާލި އިރު، އެމެރިކާ އިން ވަނީ މޯދީ އެމެރިކާއަށް ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ.

ނަމަވެސް، އެ ޖަރީމާގެ ސަބަބުން މޯދީއަށް "ހިންދޫ ހިދްޔަސަމްރަތު" ނޫނީ ހިންދޫ ހިތްތަކުގެ ވެރިއެއްގެ ލަގަބު ލިބި، އާރުއެސްއެސް އާއި ބީޖޭޕީގެ ތެރޭގައި މޯދީގެ ހައިސިއްޔަތު އުފުލިގެން ދިޔަ އެވެ. އަދި އޭނާ އިންޑިއާގެ 15 ވަނަ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ނިއު ދިއްލީއަށް 2014 ވަނަ އަހަރު ބަދަލުވުމާ ހަމައަށް، ގުޖުރާތުގެ ވެރިކަން ކުރައްވަމުން ގެންދެވި އެވެ.

ބީބީސީގެ ފިލްމަކީ ކޮބާ؟

ބީބީސީގެ 59 މިނެޓުގެ މި ޑޮކިއުމެންޓްރީގައި ތުހުމަތުކުރާ ގޮތުގައި، އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޯދީ ވަނީ، އެތައް ދުވަހެއް ވަންދެން ހިނގަމުން ދިޔަ ހަމަނުޖެހުންތަކަށް ފުލުހުން ބީރު ކަންފަތަކާއި ކަނު ލޮލެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވުޒާރާ އިން މީގެ ކުރިން ސިއްރުކޮށްފައިވާ ރިޕޯޓެއްގެ އިތުރުން، ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ މި ފިލްމުގައި ބުނެފައި ވަނީ މޯދީ ފުލުހުންގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވައި މުސްލިމުންނަށް ދޭ ހަމަލާތައް ހުއްޓުވަން މަސައްކަތް ނުކުރުމަށް އެންގެވި ކަމަށެވެ.

އެ ހަމަނުޖެހުންތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގި ހަމަނުޖެހުންތަކެއް ކަމަށާއި އޭގެ މަގުސަދަކީ ހިންދޫންގެ ސަރަހައްދުތަކުން މުސްލިމް އާބާދީ ނައްތާލުން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ހަމަނުޖެހުންތަކަކީ ސީދާ ސްޓޭޓް ސަރުކާރުން އުފެއްދި މާހައުލަކާ ނުލައި ކުރެވޭނެ ކަމެއް ނޫން ކަމަށާ އަދި "ނަރެންދުރަ މޯދީ އަކީ ސީދާ ޒިންމާ އަދާކުރަން ޖެހޭނެ" ކަމެއް ކަމަށް ވެސް ބީބީސީން ބުންޏެވެ.

މި ފިލްމު މަނާކުރަން އިންޑިއާ ސަރުކާރުން އެންގުމާ ގުޅިގެން ބީބީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ އަކީ "އެންމެ މަތީ އެޑިޓޯރިއަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ފަރުވާތެރިކަމާ އެކު ދިރާސާކޮށްފައިވާ ޑޮކިއުމެންޓްރީއެއް" ކަމަށެވެ.

"މި ޑޮކިއުމެންޓްރީ ސީރީޒްގައި އިންޑިއާގެ ހިންދޫ އަގުލަބިއްޔަތާއި މުސްލިމުންގެ މައިނޯރިޓީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދެނެގަނެ، އެ ނުތަނަވަސްކަމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސީ މަސްރަހު ދައްކުވައިދޭ. މިއީ މިފަހަކަށް އައިސް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު ކަމެއް،" އެ ބަޔާނުގައިވެ އެވެ.

އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓަރު ބުނީ މި ފިލްމަށް "ގިނަ އަދަދެއްގެ ހެކިންނާއި ތަޖުރިބާކާރުން" ބޭނުންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ބީޖޭޕީގެ މީހުންގެ ރައްދުތައް ވެސް ހިމެނޭ ކަމަށެވެ.

"ސިލްސިލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބު ދިނުމުގެ ހައްގު އިންޑިއާ ސަރުކާރަށް ހުށަހެޅި، އެ ގައުމުން ޖަވާބެއް ދޭން ދެކޮޅު ހެދި،" އެ ބަޔާނުގައިވެ އެވެ.

ފިލްމު ނުދައްކަން މޯދީ އެދެނީ ކީއްވެ؟

ގުޖުރާތުގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުން ފެއިލްވި ކަމަށް ދެކެވޭ ވާހަކަތައް މޯދީ ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.

އެ ހަމަނުޖެހުންތަކުގައި މޯދީ އާއި އެހެން މީހުންގެ ދައުރެއް އޮތްތޯ ބެލުމަށް ސުޕްރީމް ކޯޓުން އެކުލަވާލި ހާއްސަ ތަހުގީގީ ޓީމުން 2012 ވަނަ އަހަރު ނެރުނު 541 ސޮފްހާގެ ރިޕޯޓުގައި ބުނެފައި ވަނީ އޭރުގެ ޗީފް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ޖެހިގެން އައި އަހަރު ބޮޑުވަޒީރު ކަމަށް ބީޖޭޕީގެ ކެންޑިޑޭޓަކަށް މޯދީ ހަމަޖެއްސި އެވެ. އަދި 2014 ވަނަ އަހަރުގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައި 2019 ވަނަ އަހަރު އަލުން ވެރިކަމަށް ވަޑައިގެންނެވީ މަޖިލީހުގައި ކުރިއަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

އަދި 2014 ވަނަ އަހަރުން ފެށިގެން މޯދީގެ ބީޖޭޕީ އާއި އާރުއެސްއެސްއާ ގުޅިފައިވާ ކަނާތު ފިޔައިގެ އެހެން ޖަމާއަތްތަކުން ވަނީ ހިންދޫންގެ އިސްތިއުމާރީ ކެމްޕޭން މައިގަނޑު ގޮތެއްގައި އެ ގައުމުގެ އެންމެ ބޮޑު މައިނޯރިޓީ، މުސްލިމުންނަށް އަމާޒުކޮށް، ވަރުގަދަކޮށްފަ އެވެ.

އެހެންކަމުން، ގުޖުރާތުގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ބޭރުގެ މަޝްހޫރު މީޑިއާއަކުން އުފެއްދި ފިލްމެއް މަނާކުރުމަކީ ހިންދޫންގެ އެޖެންޑާއަށް ފާޑުކިޔުން ހުއްޓުވުމަށް ސަރުކާރަށް ކުރެވޭނެ ކަމަކީ އެއީ ކަަމަށްވާތީ އެކަން ހުއްޓުވަނީ އެވެ.

ސޯޝަލް މީޑިއާގައި މޯދީއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބީބީސީގެ ޑޮކިއުމެންޓްރީއަކީ "އަޅުވެތިކަން" އަދި "ހުދު" ޕްރޮޕެގެންޑާއެއް ކަމަށް ސިފަކުރަމުންނެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، "އެއް ފަރާތަށް ޖެހުމާއި ޒިންމާދާރުކަމެއް ނެތުމާއި ފާޅުކަން ބޮޑު ގޮތެއްގައި އަޅުވެތި ވިސްނުން" ފެންނަމުންދާ ކަމަށެވެ.

ނަމަވެސް، އިންޑިއާގެ އަލީގަރް މުސްލިމް ޔުނިވާސިޓީގެ ތާރީހުގެ ޕްރޮފެސަރު މުހައްމަދު ސަޖާދު އަލްޖަޒީރާއަށް ވިދާޅުވީ ބީބީސީގެ ފިލްމު އިންޑިއާ މީހުން ބަލަން މޯދީ ބޭނުން ނުވުމުން ހައިރާންވާ ކަމަށެވެ. ސަރުކާރުން އެ ފިލްމް މަނާކުރުމަކީ "ހައިރާންކުރުވަނިވި ދެކޮޅުވެރިކަމެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އެހެން ނަމަވެސް، ބީބީސީގެ ޑޮކިއުމެންޓްރީއާ މެދު މޯދީ ހަގީގަތުގައި ވެސް ރުޅި އައިސްފައި ވާތީ، ގަބޫލުކުރެވޭ ހަމައެކަނި ސަބަބަކީ ދުނިޔޭގެ ކުރިމަތީގައި ވަކި ކަހަލަ ތަސައްވުރެއް ދައްކަން ބޭނުންވުން،" އޭނާ ވިދާޅުވި އެވެ.

ފިލްމް މަނާކުރުމުން ރިއެކްޝަންތަކަކީ ކޮބާ؟

"ޒަހަމްތައް ރަނގަޅުވެ އިންސާނީ ހައްގުތަކުގެ ވާޖިބުތައް އަދާކުރެވެނީ އިންސާފާއި އިސްލާހުގެ ހަގީގީ އަޒުމެއް އޮތުމުން. އޭގެ ބަދަލުގައި، ބީޖޭޕީގެ ސަޕޯޓަރުން ވަނީ 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި ގޭންގް ރޭޕްކޮށް މަރާލި ކަމުގެ ކުށް ސާބިތުވި ފިރިހެނުންނަށް އިހުތިރާމްކޮށްފައި،" ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހައްގުތަކަށް މަސައްކަތް ކުރާ އެ ޖަމިއްޔާ އިން ބުނީ ބީޖޭޕީގެ ފިކުރަކީ "އަދުލު އިންސާފުގެ ނިޒާމާއި މީޑިއާގެ ތެރެއަށް ވަދެ، ދީނީ މައިނޯރިޓީތަކަށް، ހާއްސަކޮށް މުސްލިމުންނަށް ބިރު ދެއްކުމާއި ފުރައްސާރަކޮށް، ހަމަލާ ދިނުމުގެ ބާރު ޕާޓީގެ ސަޕޯޓަރުންނަށް ހޯދައިދީފައިވާ ފިކުރެއް" ކަމަށެވެ.

އެޗުއާރުޑަބްލިއު އިން ބުނީ 2014 ވަނަ އަހަރު މޯދީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާގެ އޮފިޝަލުންނާއި ބީޖޭޕީގެ ސަޕޯޓަރުން ވަނީ މޯދީގެ ތަސައްވުރު އިސްލާހުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

"އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފާޑުކިޔުމަކީ ބައިނަލްއަގުވާމީ ގޮތުން އިންޑިއާގެ ޑިޕްލޮމެޓުން ހަރުކަށިކޮށް ފިޔަވަޅު އަޅާ ކަމެއް،" އެ ބަޔާނުގައި ބުންޏެވެ.

އެޗުއާރްޑަބްލިއުގެ ބަޔާނުގައި ބުނެފައި ވަނީ މޯދީ މަސައްކަތް ކުރެއްވީ ތަރައްގީ އާއި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ވަށައިގެން އިންޑިއާއާ އެކު ބައިނަލްއަގްވާމީ ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

"އެކަމަކު އިންޑިއާގެ ތަސައްވުރަށް ރަނގަޅު ފައިދާއެއް ލިބޭނީ އިންޑިއާގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ކަންކަން އާންމުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިތުރު މަސައްކަތްތަކެއް ކޮށްފިނަމަ،" އެ ބަޔާނުގައިވެ އެވެ.

މޯދީގެ ސަރުކާރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާނޫނުތަކުގެ ދަށުން އިމަޖެންސީ ބާރުތައް ބޭނުންކޮށްގެން ބީބީސީގެ ޑޮކިއުމެންޓްރީ އާއި އޭގެ ކްލިޕްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުން ހުއްޓުވި އެވެ.

އެ އަމުރަކީ ޑިމޮކްރެޓިކް އަސާސްތަކަށް އެ ގައުމުން ކަނޑައަޅާފައިވާ ވައުދާ ވަރަށް ބޮޑަށް ހިލާފު އަމުރެއް ކަމަށް ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ބުންޏެވެ.

ކޮމެންޓް (2)

ކޮބާ؟

30 ޖެނުއަރީ 2023
ކޮބާތަ ތިޔަ ޑޮކިއުމެންޓްރީގެ ނަމަކީ؟ އާޓިކަލްގައި އެ ނަން ބޭނުން ނުކުރީވެސް މޯދީ ބިރު ދެއްކީމަތޯ؟
0 1

ތައްކާނުބެ

29 ޖެނުއަރީ 2023
"ޕޮލަރައިޒްވެފައިވާ" ޒާހިރުމެން ފެންވަރުގެ ލިޔުންތެރިންގެ ކިބައިން މިކަހަލަ ބަސްތައް ބޭނުންކުރާތަން ފެނުމަކީ ދެރަވަރު ކަމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް