ބީއެމްއެލް އިން އއ. ރަސްދޫގައި ހުޅުވި އާ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން އޭޓީއެމް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިން ރަސްދޫގައި ސެލްފް ސާވިސް އޭޓިއެމްގެ ހިދުމަތް ފަށައިފި

މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުން
29 ޖެނުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ތަފްސީލް - މިއަދު ހިދުމަތް ދޭން ފެށި ރަސްދޫ ބްރާންޗުގެ އާ އިމާރާތުގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް:

  • އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ

  • ފައިސާ ޖަމާކުރެވޭނެ 

  • ބިލަށް ފައިސާ ދެއްކޭނެ 

  • ފައިސާ ޓްރާންސްފާ ކުރެވޭނެ

ރަސްދޫގައި ގާއިމްކޮށްފައިވާ ބްރާންޗު އަދި އޭޓީއެމްގެ ހިދުމަތާ އެކު މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ:

  • ތޮއްޑޫ 

  • އުކުޅަސް 

  • މަތިވެރި

ބީއެމްއެލްގެ ބޭންކިން ވިއުގަ:

  • 20 އަތޮޅުގައި 35 ބްރާންޗު 

  • 84 ސެލްފް ސާވިސް ބޭންކިން ސެންޓަރު 

  • 142 އޭޓީއެމް 

  • 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް