'ބެސްޓް ބައި ދައުރު ކުއިޒް'ގެ އެއް ވަނައަށް ހޮވުނު ފަރާތާ އިނާމު ހަވާލުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދައުރު

'ބެސްޓް ބައި ދައުރު ކުއިޒް'ގެ ވަނަތަކަށް ހޮވުނު މީހުންނާ އިނާމު ހަވާލުކޮށްފި

މި ކުއިޒްގައި ވަނަ ހޮވާފައިވަނީ ސުވާލުތައް އެންމެ މަދު ފަހަރަކުން މަސައްކަތްކޮށް، އެންމެ އަވަސް ވަގުތެއްގައި، އެންމެ ގިނައިން ދިމާކޮށްގެން

މި އަހަރުގެ ރޯދަ މަހާއި ކުޑަ އީދަށް ހާއްސަކޮށްގެން 'ދައުރު'ގެ ކިއުންތެރިންނަށް ކުރިއަށް ގެންދިިޔަ 'ބެސްޓް ބައި ދައުރު ކުއިޒް' މުބާރާތުން މޮޅުވި ފަރާތްތަކަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ބެސްޓް ބައި ދައުރު ކުއިޒް' އަކީ މާލޭގައި މޮބައިލް ފޯނާއި އިލެކްޓްރޯނިކްސް އުފެއްދުންތައް އެންމެ ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެއް ކުންފުނި ކަމަށްވާ 'ބެސްޓް ބައި މޯބައިލް'އާ ގުޅިގެން ގެނެސްދިން ކުއިޒެކެވެ. ކުއިޒް ކުރިއަށްގެންދިޔައީ 12 އޭޕްރީލް އިން 8 މެއިގެ ނިޔަލަށެވެ.

ތަފްސީލު - އެ ކުއިޒްގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ރާއްޖޭގެ ތާރީހާއި މިހާރާ ގުޅޭ ސުވާލުތަކެވެ. އޭގެ ތެރޭގައި ތާރީހާ ބެހޭ ސުވާލު، ކުޅިވަރާ ބެހޭ ސުވާލު އަދި އާންމު މައުލޫމާތާ ގުޅޭ ސުވާލުތަކާއި ފޮޓޯތަކަށް ބަލައިގެން އެއީ ކޮން ތަނެއްތޯ ދިމާކުރުން ހިމެނެ އެވެ.

ތަފްސީލު - މި ކުއިޒްގެ އިނާމުތަކަކީ:

  • އެއް ވަނައަށް: 10،000ރ.

  • ދެ ވަނައަށް: 'ބްރަދާ' ބްރޭންޑުގެ ފަހާފޮއްޓެއް

  • ތިން ވަނައަށް: ވެލިގާ ހާޑްވެއާ އިން ދޭ 3،000ރ.ގެ ގިފްޓް ވައުޗާއެއް

'ބެސްޓް ބައި ދައުރު ކުއިޒް'ގެ ދެ ވަނައަށް ހޮވުނު ފަރާތާ އިނާމު ހަވާލުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުއިޒްގައި ވަނަ ހޮވާފައިވަނީ ސުވާލުތައް އެންމެ މަދު ފަހަރަކުން މަސައްކަތްކޮށް، އެންމެ އަވަސް ވަގުތެއްގައި، އެންމެ ގިނައިން ޖަވާބު ދިމާކުރާ ފަރާތްތަކަށް އިނާމް ލިބޭ ގޮތަށެވެ. ކުއިޒްގެ ވަނަތަކަށް ހޮވުނު ފަރާތްތަކަކީ:

  • އެއް ވަނަ - މުހައްމަދު ޝައިފް (ސްކޯ: 24؛ ވަގުތު: 1:20 މިނެޓު؛ އެޓެމްޓް: 112)

  • ދެ ވަނަ - މުހައްމަދު އާއިޝް (ސްކޯ: 24؛ ވަގުތު: 1:49 މިނެޓު؛ އެޓެމްޓް: 42)

  • ތިން ވަނަ - އަހްމަދު ނަޝީދު (ސްކޯ: 24؛ ވަގުތު: 3:04 މިނެޓު؛ އެޓެމްޓް: 16)

މިއަދު 'ދައުރު' އޮފީހުގައި ބޭއްވި ހަފްލާއެއްގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ:

  • ބެސްޓް ބައި މޯބައިލްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާމިނަތު ނަވީލާ

  • ވެލިގާ ހާޑުވެއާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ރަމީޒް

'ބެސްޓް ބައި ދައުރު ކުއިޒް'ގެ ތިން ވަނައަށް ހޮވުނު ފަރާތާ އިނާމު ހަވާލުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކޮމެންޓް (3)

އަހުމަދު

22 ޖޫން 2022
މަރުހަބާ މުހައްމަދު އާއިޝް
0 0

މުޙައްމަދު ޢާއިޝް

22 ޖޫން 2022
ޝުކުރިއްޔާ ދައުރު ނޫސް.
1 0

މުހައްމަދު

22 ޖޫން 2022
ޝުކުރިއްޔާ ދައުރު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް