Majlis 2024

މީގެ ކުރިން މޮންޓްރިއާލްގައި ބޭއްވި ޓެނިސް މުބާރާތެއްގެ ތެރެއިން.

މީޑިއާނެޓް

މީޑިއާނެޓުން އޭޓީޕީ 1000 ނޭޝަނަލް އޯޕަން ޓެނިސް މުބާރާތް ބަލައިލެވޭނެ

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 15ގެ ނިޔަލަށް، ކެނެޑާގެ މޮންޓްރިއާލްގައި
9 އޯގަސްޓު 2022

އޭޓީޕީ 1000 ނޭޝަނަލް އޯޕަން ޓެނިސް މުބާރާތަކީ 1881 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުޅެމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. ފިރިހެނުންގެ މުބާރާތެއްގެ ގޮތުގައި މި މުބާރާތް ފެށި ނަމަވެސް 1892 ވަނަ އަހަރު، ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ ގޮތަށް މުބާރާތް ބަދަލުކުރި އެވެ. ޓެނިސްގެ އެކި އެކި މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވެ، އެ ކުޅުންތެރިންގެ ހުނަރު ދުނިޔެއަށް ވަނީ ދައްކާލާފަ އެވެ. ދުނިޔޭގައި ކުޅޭ މިފަދަ މުބާރަތްތަށް ގިންތިކުރާއިރު މި މުބާރާތް ގިންތި ކުރެވެނީ ގަދަ ތިނެއްގަ އެވެ.

ކެނެޑާގެ މޮންޓްރިއާލްގައި ކުޅޭ މި މުބާރާތް ކުރިއަށްދަނީ މި މަހުގެ 8-15 އަށެވެ. މިދިޔަ އަހަރުގެ ސިންގަލްސް ބައިގެ ޗެމްޕިއަނަކީ ރަޝިޔާގެ ޑެނިލް މެޑްވެޑެވް އެވެ.

މި އަހަރުގެ މުބާރާތް އިއްޔެ ފެށިއިރު، ރާއްޖޭގައި ޓެނިހަށް ލޯބިކުރާ ފަރާތްތަކަށް މި ފޯރިގަދަ މުބާރާތުގެ ފިރިހެނުން ތަމްސީލުކުރާ މެޗުތައް މީޑިއާނެޓު މެދުވެރިކޮށް، އައިސްގެ ޗެނަލްތަކުން ވަގުތުން ފެންނާނެ އެވެ.

މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ހިދުމަތް ދެމުން އަންނަ މީޑިއާނެޓަކީ އެހެން ގައުމުތަކުގައި ކުޅޭ މިފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ.

މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް މޮބައިލް އެޕް މެދުވެރިކޮށް ޑީކޯޑަރަކާ ނުލައި ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެން ވެސް މީޑިއާނެޓުގެ ޗެނަލްތައް ބަލައިލެވޭނެ އެވެ. އެމްއެސް ޑިޖިޓަލް އެޕްގެ ވައުޗާ ކޯޑު، މީޑިއާނެޓުގެ ކުއިކްޕޭއިން ގަނެވޭނެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް