އެމްއެންޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއިން ބުނެފައި ވަނީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ގޮތަށް ހެއްކާ ބެހޭ ބިލު އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީ

ގޯތާބާޔަ ގެނައުމުގައި ނަޝީދުގެ ދައުރު ސާފުކޮށްދޭން އެދިއްޖެ

ލަންކާގައި ދިރިއުޅޭ ދިިވެހީންގެ ރައްކާތެރިކަމާ ގުޅިގެން ވެސް ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވި

ސްރީލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ ރާއްޖެއަށް ވަޑައިގަތުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދާކުރެއްވި ދައުރު ސާފުކުރެއްވުމަށާއި، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޕީން ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތަން ހިފިމުގެ ކުރިން ސިފައިންގެ ހިމާޔަތުގައި ހުންނެވި ގޯތާބާޔަ، ލަންކާގެ ވައިގެ ސިފައިންގެ ބޯޓެއްގައި ރާއްޖެ ވަޑައިގަތީ ރޭ 3 ޖަހާކަންހާ އިރު އެވެ. ގޯތާބާޔަ މިވަގުތު ހުންނެވި ތަނެއް އަދި ކަށަވަރުކުރެވިފައި ނުވާއިރު، ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދިނުމުން، ދެ ގައުމުގެ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންތަކެއް ވަނީ ގޯތާބާޔަ އަނބުރާ ފޮނުވާލަން ގޮވާލައި މިއަދު އަޑުއުފުލައިފަ އެވެ.

ތަފްސީލް - އެ މައްސަލައިގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ލަންކާގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަޅުތާލުކުރަމުންދާ ދަނޑިވަޅެއްގައި، ގޯތާބާޔަ ރާއްޖެ ވަޑައިގަތުމުން، އެ ގައުމުގެ ރައްޔިތުންގެ ނުރުހުން ރާއްޖެއަށް އަމާޒުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީގެ މައިގަނޑު ތިން ކަންބޮޑުވުމެއް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

  • ގޯތާބާޔަ ފިލުމަށް ރާއްޖޭން އެހީތެރިވި ކަމަށް އެ ގައުމުގެ ރައްޔިތުންނަށް ގަބޫލުކުރެވޭތީ އޭގެ ސަބަބުން ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ނުރައްކަލާއި ދުއްތުރާ ކުރެމަތިވެދާނެ ކަމަށް

  • ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން

  • ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ދިމާވެދާނެ އަރައްކަލާއި ނުރައްކަލުގެ އެސެސްމަންޓެއް ހަދާފައިވާކަން ދޭހަވާނެ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ނުފެނުން

ބުނީ ކީކޭ؟ - "މި ޕާޓީން ކަށަވަރުކުރަން ބޭނުންވަނީ ދިވެހި ސަރުކާރުގެ މި އަމަލާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ކޮންމެ ނުރައްކަލެއްގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ދިވެހި ސަރުކާރަށް ލިބިގެންވޭތޯ އެވެ،" ސިޓީގައި ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް ލަންކާ ސަރުކާރުގެ އަމުރުމައުރޫފް ނުހިނގާ ހާލަތުގައި ދިވެހި ސަރުކާރަށް އެކަން ކުރެވޭނެ ކަމާމެދު އެމްއެންޕީން ސުވާލުއުފެއްދި އެވެ.

ނާޒިމް ވިދާޅުވީ، ގޯތާބާޔަ ގެނައުމުގައި އެންމެ ކުރީ ސަފުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާތީ ފެންނަނީ ނަޝީދު ކަމަށެވެ.

"އެހެންކަމުން މިކަމުގައި މަނިކުފާނު އަދާކުރެއްވި ދައުރާއި، އޭގެ ފަހަތުގައިވާ ކަންކަން މަޖިލީހުގެ މެމްބަރުންނަށާއި، ސިޔާސީ ޕާޓީތަކަށާއި ދިވެހި ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމުގައި މި ޕާޓީން ދަންނަވަމެވެ،" ސިޓީގައި ވެ އެވެ.

އެހެންކަމުން، ސަރުކާރުން ވިސްނުންތެރިކަމާއެކު، ކަންކަން ވިލަރެސްކުރަންޖެހޭ ފަރާތްތަކާއެކު ވިލަރެސްކޮށްގެން ކަންކަން ތަރުތީބު ކުރައްވައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުޑަވެސް ނުރައްކަލެއްގެ ސިގްނަލް ލިބުމާއެކު އަމަލު ކުރާނެ ގޮތް އަންގައިދިނުމަށް ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު އެއީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ ކަންކަމަށް ވާތީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެމްބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން އެ ކަންކަން ބަލައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައި ދިވެހިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެހެން ދިވެހި ދައުލަތުން އަވަސް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައިފަ އެވެ.

ސަރުކާރުން ގޯތާބާޔަ އަށް ދީފައިވާ ވިސާގެ ބާވަތާއި އެފަދައިން އަމަލުކުރި ސަބަބު އޮޅުންފިލުވުމަށް ބޭނުންވާ ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.

ކޮމެންޓް (2)

ކުމާރީ

14 ޖުލައި 2022
މި ދެން އެހާ ބޮޑުކަމެއް ނޫނޭ، ބާގީކުދިންނަށްވެސް އެކަން އިގޭނެ ދޯ. ކޮންމެ ގޮތެއް ވިޔަސް އަދިވެސް އެއީ ގައުމެއްގެ ހެޑް އޮފް ސްޓޭޓެއް ދޯ. އެހެންވީމާ ކުރަންޖެހޭ ކަންތައްތައް ކުރަންވާނެ ދޯ، ރާއްޖެ އިންވިޔަސް، ސިންގަޕޫރުން ވިޔަސް އަދި އެހެން ގައުމަކުން ވިޔަސް
0 0

ފރެސފ

13 ޖުލައި 2022
ނާޒިމް ބުނެބަލަ ގައުމެއްގެ ވެރިއަކު ގަދަ ކަމުން ސިފައިންގެއަށް ވައްދައިގެން ކުރި ކަމެއްގެ ނަތީޖާ އިން ވި ގޮތް.. ވެރިކަމެއް ބަދަލު ކުރަންޏާ ހާދަ ފޯރިއެއް އެބަ ހުރެޔޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް