ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށަނީ. (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށައިފި

ޑިސެމްބަރުގެ ކުރިން 11 މަގުގައި ތާރު އަޅައި ނިންމާނެ ކަމަށް އެމްޓީސީސީން ބުނޭ
29 ސެޕްޓެމްބަރު 2022

ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ވީ ކިހނެއް؟ - ހޯރަފުށީ މަގުތައް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ. މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވީ:

  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް 

  • އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ތަފްސީލް - ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފެށި އިރު، ކޭބަލް އަދި ޔުޓިލިޓީ ޖަންކްޝަންތައް ހަދައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. 

އެމްޓީސީސީން ބުނީ އެ ރަށުގެ 11 މަގެއްގައި ތާރު އަޅާނެ ކަމަށާއި އަންނަ ޑިސެމްބަރުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 71.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން:

  • 25،909 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހަދައި އޭބީސީ ފަށަލަ އަޅާނެ  

  • 25،909 އަކަމީޓަރުގެ ސަރަހައްދެއްގައި 40 މިލިމީޓަރުގެ ތާރު އަޅާނެ 

  • މަގުމަތީ ނިޝާން ހަރުކުރާނެ 

  • 11،113 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ 

  • މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް