ސޮލިޓެއާ ލަގްޒަރީ އެޕާޓްމެންޓުގެ ނަމޫނާއެއް.

އެޑްވަޓޯރިއަލް

ސޮލިޓެއާ: މަތީ ފެންވަރުގެ، ފަސޭހަ ދިރިއުޅުމަކަށް

ހުޅުމާލޭގައި ތަރައްގީ ކުރާ ލަގްޒަރީ ފެންވަރުގެ މި އެޕާޓްމަންޓްތަކުގައި ޖާގައިގެ ގޮތުން ތަނަވަސް އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭނެ
12 މޭ 2022

ދިރިއުޅުމުގައި ހުރި ފަސޭހަތަކާއި ލިބެން ހުރި ވަސީލަތްތަކަކީ މި ޒަމާނުގައި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމުގައި އެންމެ މުހިންމު ކަންކަމެވެ. ހަމަ އެހެންމެ، ބޯހިޔާވަހިކަން ލިބުމާ އެކު އުޅޭ ތަން ރީތިވެފައި ރައްކާތެރިވުމަކީ ވެސް ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަންކަމެވެ.

ފިތުރޯނު މަގުގައި ތަރައްގީ ކުރަމުން އަންނަ 'ސޮލިޓެއާ' އަކީ މި ވިސްނުމުގައި ތަރައްގީ ކުރާ، ރާއްޖޭގެ ހައުސިން މާކެޓުގައި ވިދާލާނެ ތަނެކެވެ.

ކައިރިން ހުރިހާ ހިދުމަތްތަކެއް

ފިތުރޯނު މަގަކީ ރީތި، ފެހި ގަސްތަކުން މަގަށް އަބަދުމެ ހިޔާ ލިބޭ، ފޮޓޯ ނަގާ މީހުންގެ މެދުގައި ވެސް މަގުބޫލު މަގެކެވެ. އެއާ އެކު، ހުޅުމާލޭގައި ލިބެން ހުންނަ ގިނަ ހިދުމަތްތައް ވެސް ފިތުރޯނުމަގާއި އެ މަގުގެ ކައިރިން ލިބެން ހުރުމަކީ މި މަގުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން ތަނަވަސްވެ، ފަސޭހަވާނެ ކަމެކެވެ.

ފިތުރޯނު މަގުގައި ތާޒާ ތަރުކާރީ އާއި މަހުގެ އިތުރުން އެކި ބާވަތުގެ ދިވެހި ތައްޔާރީ ކާނާތައް ލިބެން ހުންނަ ރަށު މާރުކޭޓް ހުރެ އެވެ. މާކެޓާއި އިންވެގެން ހުންނަނީ 24 ގަޑިއިރު ވެހިކަލްތަކަށް ތެލުގެ ހިދުމަތްދޭ ޕެޓްރޯލް ޝެޑެކެވެ. މީގެ އިތުރުން، ރާއްޖޭގެ މައި ބޭންކުގެ ހިދުމަތްދޭ މަރުކަޒަކާއި ރާއްޖޭގެ އެންމެ ބޮޑު ދެ ބޭންކުގެ އޭޓީއެމްގެ ހިދުމަތް ވެސް ފިތުރޯނު މަގުން ލިބެން ހުރެ އެވެ.

ފިތުރޯނު މަގަކީ ސެންޓްރަލް ޕާކާއި ޔޮޓް މެރީނާ އާއި ފެރީ ގިމަތަ އަދި ބައެއް ބަސް ސްޓޮޕްތަކަށް ފައި މަގުގައި އަވަހަށް ދެވޭ ހިސާބުގައި އޮންނަ މަގެކެވެ. ސޮލިޓެއާގައި ދިރިއުޅުމަކީ މި ހުރިހާ ހިދުމަތްތަކާއި ވަސީލަތްތަކެއް ގާތުން ލިބޭ ލަގްޒަރީ ދިރިއުޅުމަކަށް ފަހިކޮށްދޭނެ ކަމެކެވެ.

ޖާގަ ތަނަވަސް އެޕާޓްމަންޓްތަކެއް؛ އެންމެ ޒަމާނީ ވަސީލަތްތައް

ފިތުރޯނު މަގުގައި ތަރައްގީކުރަމުންދާ 1،200 އަކަފޫޓުގެ 3+1 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ސޮލިޓެއާ އަކީ ޖާގަ ތަނަވަސް، ދިރިއުޅުން ފަސޭހަކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުމާ ކޮށްފައިވާ ތަނެކެވެ. ކޮންމެ ބުރިއެއްގައި އަށް އެޕާޓްމަންޓު ހުންނައިރު، ހަތަރު އެޕާޓްމަންޓްގެ ކުރިމަތިން ކަނޑާއި އިރުއޮއްސޭ މަންޒަރު ފެންނާނެ އެވެ. އަދި އަނެއް ހަތަރު އެޕާޓްމަންޓުން ފެންނާނީ ސެންޓްރަލް ޕާކާއި ހުޅުމާލޭގެ ފެހި ގަސްތަކެވެ.

ކޮންމެ އެޕާޓްމަންޓެއްގައި ވެސް އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނީ ހިމަނާފަ އެވެ. މީގެ އިތުރުން، ސޮލިޓެއާ އިމާރާތަކީ ދިރިއުޅުން ފަސޭހަކޮށް، އިތުރު ފުރިހަމަކަމެއް ގެނުވާ އެތައް ކަމެއް އެކުލެވޭ ތަނެކެވެ. ވެހިކަލް ޕާކު ކުރުމަށް ރައްކާތެރި، ޖާގަ ތަނަވަސް ތަންތަން ކަނޑައަޅާފައި ހުންނާނެ އެވެ. އިންފިނިޓީ ޕޫލަކާއި ކުޑަކުދިންގެ ޕޫލަކާއި ކުޅޭ ތަނެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން، އެންމެ ޒަމާނީ ފެންވަރުގެ ކަސްރަތު ސާމާނު ލާފައިވާ ޖިމްއަކާއި ބިލިއާޑް ކުޅެލައި އިޖުތިމާއީ އެއްވުންތަކަށް އެކަށޭނަ ޖާގަތަކަކީ ސޮލިޓެއާ ހާއްސަވާ ސަބަބެވެ.

ސޮލިޓެއާ ލަގްޒަރީ އެޕާޓްމަންޓްގެ ޕޫލް އާއި ޑެކުގެ ނަމޫނާއެއް.

ސޮލިޓެއާ އިމާރާތުގެ އެންމެ މަތީގައި ހުންނާނީ ހަތަރު ޕެންޓްހައުސް އެވެ. ކޮންމެ ޕެންޓްހައުސް އަކީ ވެސް އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ފެންނާނެހެން، 270 ޑިގްރީ ވިއުއެއް ފެންނާނެ ތަނެކެވެ. 

ސޮލިޓެއާ ތަރައްގީކުރަނީ ކާމިޔާބުކަމާ އެކު ވަން ސެންޓްރަލް ޕާކު ވެސް ތަރައްގީކޮށް އިފްތިތާހު ކުރި ސެންޑަލް މޮރިޝަސް ކުންފުނިންނެވެ. ސޮލިޓެއާ އިފްތިތާހު ކުރީ މިދިޔަ ނޮވެމްބަރުގައި ކްރޮސްރޯޑްސް މެރީނާގައި ސެންޑަލް މޮރިޝަސްއިން ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ވާހަކަދައްކަވަމުން ސެންޑަލް މޮރިޝަސްގެ މައި ކުންފުނި، އެސޮޓެކް ރިއަލްޓީގެ ފައުންޑަރު ނީރަޖް ގުލާތީ ވަނީ މާލެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ދިރިއުޅޭނެ ތަންތަން ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. 

ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ސޮލިޓެއާއިން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ބާރު މިނުގައި ސޮލިޓެއާ އެޕާޓްމަންޓްތައް ވިކެމުންދާއިރު، ލިވިން އެކްސްޕޯ 2021ގައި އެޕާޓްމަންޓް ގަތް މީހުންނަށް ހާއްސަ ޑިސްކައުންޓްތައް ވެސް ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް