އަނިލް ކަޕޫރު

ބޮލީވުޑް

ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓަކަށް އަނިލް ކަޕޫރު ނޫނެކޭ ބުނި

އަނިލް ކަޕޫރު ބުނީ އެއީ މުނިފޫހިފިލުވުމުގެ ދުނިޔޭގައި އެންމެ ބޮޑު ފްރެންޗައިޒް ކަމަށާއި ނަމަވެސް އޭގެ ނަން ބުނެވެން ނެތް ކަމަށް

ހޮލީވުޑްގެ ބޮޑު ފްރެންޗައިޒް އަކުން ލިބުނު ފުރުސަތަކަށް ނޫނެކޭ ބުނެފައިވާނެ ކަމަށް އަނިލް ކަޕޫރު ބުނެފި އެވެ.

މި ހަފްތާ ބަންދުގައި ރިލީޒް ކުރާ 'ޖުގް ޖުގް ޖިޔޯ'ގެ ޕްރޮމޯޝަނުގެ ތެރެއިން ދިން އިންޓަވިއުއެއްގައި އަނިލް ކަޕޫރު ބުނީ އެ ފުރުސަތު ދޫކޮށްލުމުގެ ފަހަތުގައި އަމިއްލަ ސަބަބުތަކެއް ހުރި ކަމަށެވެ.

"އެންމެ ބޮޑު ފްރެންޗައިޒް އެއީ. އަހަންނަކަށް ނެތް ނަން ބުނެވޭކަށް. އެކަމަކު ދެ ދުވަހުން ނިންމާލެވޭ މަސައްކަތެއް ލިބުނީ. އަހަންނަށް ލިބުނު ސީންތައް ކިޔާލާފައި ނޭނގުނު ވާނުވާއެއް،" އަނިލް ކަޕޫރު ބުންޏެވެ. 

އޭނާ ބުނީ، އެ ފިލްމުގެ ޑައިރެކްޓަރު ގުޅާފައި، ފިލްމުގެ އެ މަންޒަރުތަކުގައި ހިމަނަން ބޭނުންވަނީ އަނިލް ކަޕޫރު ކަމަށް ބުނި ކަމަށެވެ. މީގެ އިތުރުން ސީވީގައި ފިލްމުގެ ނަން ހިމަނާލެވިއްޖެ ނަމަ ދެން އެ ނިމުނީ ކަމަށް ރައްޓެހިން ވެސް ބުނި ކަމަށް އަނިލް ކަޕޫރު ބުންޏެވެ.

"އެކަމަކު އަހަރެން ހިތްހަމައެއް ނުޖެހުނު، އަހަރެންގެ ރައްޓެހިން ކައިރީ ވެސް ބުނީ އެ ސީން އަހަންނަށް އަންޑަސްޓޭންޑު ނުވާ ވާހަކަ. ވާނުވާ ނޭނގޭ ވާހަކަ. ވާނުވާ ނޭނގި ކުޅޭ ސީންއަކުން އަހަރެން ބޭޒާރުވުން ނޫން ކަމެއް ނުވާނެ،" އަނިލް ކަޕޫރު ބުންޏެވެ.

ކޮމެންޓް

Placeholder

ބޮލީވުޑް

ބޮލީވުޑް