އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)

އެޑްވަޓޯރިއަލް

އެސިސްޓެޑް ލިވިން: ގޭގައި ސިއްހީ ފަރުވާ ދޭ އާލާތްތަކަށް ހާއްސަ ޝޯރޫމް

ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ ވަރަށް ގިނަ ހާލަތްތަކުގައި ބޭނުންކުރުމަށް ހާއްސަ އާލާތްތައް މި ތަނުން ލިބޭނެ
4 އޯގަސްޓު 2022

ބަލިވުމުން އާންމުކޮށް ފަރުވާ ދެނީ ހޮސްޕިޓަލް ނުވަތަ ސިއްހީ ފަރުވާ ދޭ ތަންތަނަށް ގެންގޮސްގެންނެވެ. ގިނަ ބަލިތަކަކީ މިހެން ހޮސްޕިޓަލުގައި ފަރުވާދީގެން ރަނގަޅު ވެސް ކުރެވޭ ކަންކަމެވެ. ނަމަވެސް ބައެއް ބަލިތަކާއި އަނިޔާތައް ނުވަތަ ސިއްހީ ހާލަތްތަކަކީ ހޮސްޕިޓަލުން ބޭރުގައިވެސް ގިނަ ދުވަހަށް އެނދުމަތިވެފައިވާ ނުވަތަ ހާއްސަ އަޅާލުން ބޭނުންވާ ކަންކަމެވެ.

މިހެން ދިމާވާ ހާލަތްތަކުގައި މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި އެ ކަމަށް ބޭނުންވާ އެކިއެކި މެޑިކަލް އާލަތްތައް ބޭރުގެ ބައެއް ގައުމުތަކުގައި ފަސޭހައިން ލިބެން ހުރެ އެވެ. ނަމަވެސް ރާއްޖެއިން މިފަދަ އާލާތްތައް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. މިސާލަކަށް މައިބަދައަށް ގެއްލުމެއް ލިބިފައިވާ މީހަކު ވަކި ކަހަލަ އެނދެއްގައި ނިދަން ޑޮކްޓަރަކު އިރުޝާދު ދީފިނަމަ އެފަދަ އެނދެއް މާލެއިން ހޯދުން އެހާ ފަސޭހަ ނުވެދާނެ އެވެ.

މިދިޔަ އޭޕްރިލް ފަހުކޮޅުގައި މާލޭގައި ހުޅުވި 'އެސިސްޓެޑް ލިވިން' ޝޯރޫމަކީ މި ހުރިހާ ކަމެއްގެ ހައްލެވެ. އެކިއެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ގޭގައި އަމިއްލައަށް ބޭނުންކޮށްލެވޭ އަދި ދިގު މުއްދަތުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތަކަށް ހާއްސަ އެ ޝޯރޫމުން، ފަހުގެ ތަފާތު ގިނަ މެޑިކަލް އާލާތްތަކާއި ވަސީލަތްތައް ތަޖުރިބާކޮށްލުމަށްފަހު ވަގުތުން ގަންނަން ލިބެ އެވެ. އަދި ގަންނަ ތަކެތި މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީވެސް ކޮށްދެ އެވެ.

  • އެސިސްޓެޑް ލިވިން ޝޯރޫމް ހުޅުވުމަށް މިދިޔަ މާޗު މަހު ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެސިސްޓެޑް ލިވިން)
  • އެސިސްޓެޑް ލިވިން ޝޯރޫމް ހުޅުވުމަށް މިދިޔަ މާޗު މަހު ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެސިސްޓެޑް ލިވިން)
  • އެސިސްޓެޑް ލިވިން ޝޯރޫމް ހުޅުވުމަށް މިދިޔަ މާޗު މަހު ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެސިސްޓެޑް ލިވިން)
  • އެސިސްޓެޑް ލިވިން ޝޯރޫމް ހުޅުވުމަށް މިދިޔަ މާޗު މަހު ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެސިސްޓެޑް ލިވިން)

'އެސިސްޓެޑް ލިވިން'އަކީ ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ ވަރަށް ގިނަ ހާލަތްތަކުގައި ބޭނުންކުރުމަށް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ އާލާތައް ހިމެނޭ ޝޯރޫމެކެވެ. އެ ތަނުން ހާއްސަ އަގުތަކުގައި ވިއްކާ ބައެއް ތަކެތީގައި ތެރޭގައި ހިމެނެނީ:

  • ހޮސްޕިޓަލުގައި ބޭނުންކުރާ ކަހަލަ އެނދާއި މިފަދަ އެނދުތަކާއި އެކު ބޭނުންކުރާ މޭޒާއި ކެބިނެޓް އަދި މެޑިކަލް ފަރުނީޗަރު

  • އިލެކްޓްރިކް އަދި މެނުއަލް ވީލް ޗެއާ

  • ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ އެކި އާލާތްތައް (ނެބިއުލައިޒާ، ބައިޕެޕް، ސީޕެޕް މެޝިން އަދި އެ މެޝިންތަކަށް ބޭނުންވާ އެކި ވައްތަރުގެ މާސްކާއި އިތުރު އެކްސަސަރީޒް)

  • ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑާއި، ސަޕޯޓްތައް

  • ދާއިމީ ބޭނުމަށް ނުވަތަ ތެރަޕީއަށް ބޭނުންވާ އެކިކަހަލަ އެޖަސްޓަބަލް ބާލީސް

  • ދާއިމިކޮށް ފާހަނާގައި ހަރުކުރާ ސެފްޓީ އާލާތްތަކާއި އަދި ފާހާނައިގައި ހިފާގެންގުޅޭ ތަކެތި

  • ބޮޑެތި މީހުންގެ ނެޕީ، އެނދުމަތިވެފއިވާ މީހުން ސާފުކުރާ ވައިޕްސް، ގޮދަޑި މަތީއަޅާ އަންޑާރޕެޑްސް އަދި ފެނާއި ނުލައި ބޭނުން ކުރެވޭ ޑްރައި ޝޭމްޕޫ، ނެޕީ-ރޭޝްކްރީމް އާއި އެކު ވައްތަރުގެ ވިޓަމިންސް

  • އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެ އާއި ފާހާނާގައި ހިފާގެންގުޅޭ އަދި ހަރުކުރާ ތަކެތި

  • އަމިއްލައަށް އެނދަށް އަރާފައިބަން އެހީތެރިވާ ސާމާނު

  • ހިނގާބިނގާވެ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާ އަދި ވޯކާ ފްރޭމްސް

  • އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)
  • އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)
  • އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)

'އެސިސްޓެޑް ލިވިން'އިން ވިއްކާ އިލެކްޓްރިކް ވީލްޗެއާ އާއި މެކޭނިކަލް ނުވަތަ ހާއްސަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް، ސީދާ އެ ތަނުން ހައްލުކޮށް، މަރާމާތު ކުރުމުގެ ހިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސްޕެއާ ފުރޮޅާއި ރިމޯޓާއި ބެޓެރި އަދި އިތުރު އެކްސެސަރީސް މިހާރުވެސް އެ ތަނުން ލިބެ އެވެ.

ލިފްޓު ނުހުންނަ އިމާރާތަކުން ނުވަތަ ލިފްޓުގެ ހިދުމަތް މެދުކެނޑިފައިވާ ތަންތަނުން ބަލިމީހަކު ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު ބޭލުމަށް ހާއްސަ އާލާތްތަކަކީ ވެސް އެސިސްޓެޑް ލިވިންގެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓް ލައިނެކެވެ. މާލޭގެ ބައެއް އިމާރާތްތައް ހުންނަ ގޮތުން ލިފްޓް ނުހުންނަ ހާލަތްތަކުގައި މަތީ ފަންގިފިލާއަކުން ބަލި މީހަކު ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު އިމާރާތުގެ ތިރިއަށް ބޭލުމަށް ނުވަތަ މައްޗަށް ގެންދިއުމަކީ ވެސް ވަރަށް ދަތި ކަމެކެވެ.

އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)
އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ވަރަށް ގިނަ ސާމާނު އެ ޝޯރޫމުން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި:

  • އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެ އާއި ފާހާނާގައި ހަރުކުރާ ތަކެތި

  •  އަމިއްލައަށް އެނދަށް އަރާފައިބަން އެހީތެރިވާ ސާމާނު

  • ހިނގާބިނގާވެ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާ އަދި ވޯކާ ފްރޭމްސް

އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)
އެސިސްޓެޑް ލިވިން ޝޯރޫމް. (ފޮޓޯ/އެސިސްޓެޑް ލިވިން)

މީގެ އިތުރުން، 'އެސިސްސްޓެޑް ލިވިން'އިން ވިއްކާ ތަކެތީގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ހުޅުތަކަށް ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝާދު ދޭ ގާޑު ނުވަތަ ބްރޭސަސްގެ ބްރޭންޑް ހިމެނެ އެވެ. މީގެ ތެރޭގައި ޕޯސްޓް ސާޖަރީ (ސާޖަރީއަށް ފަހު) އަޅަން ބޭނުންކުރާ ހުޅު ގާޑާއި ސަޕޯޓް ހިމެނެ އެވެ.

މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި، އައިޖީއެމްއެޗްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ 'އެސިސްޓެޑް ލިވިން' ޝޯރޫމުން ވިއްކާ ތަކެތި، އެތަނަށް ގޮސްގެން އިތުރަށް ބަލާލައި ތަޖުރިބާކޮށްލެވޭނެ އެވެ. އެ ތަނުން ވިއްކާ ސިއްހީ އާލާތްތައް، އެންސްޕާ މެދުވެރިކޮށް ގަތުމުގެ ފުރުސަތު ވެސް އާންމުންނަށް އެބައޮތެވެ.

'އެސިސްޓެޑް ލިވިން'އިން ވިއްކާ ބައެއް ބްރޭންޑްތަކަކީ އެމެރިކާ، ޔޫރަޕް އަދި އޭޝީއާގެ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އަދި ގިނަ ބައެއްގެ އިތުބާރާއި އިހުތިރާމު ލިބިފައިވާ ބްރޭންޑްތަކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް އިންޓަނޭޝަނަލް ބްރޭންޑުތަކުގެ ތެރޭގައި ހިމެނެނީ:

  • ޓެނާ

  • ޗާޗު އެންޑް ޑްވައިޓް

  • ބީއެމްސީ

  • ސޮފްޓް ޓަޗު

  • ތުއަސްނޭ

  • ޑައިނާ

  • ނޭޗާސް ވޭ

'އެސިސްޓެޑް ލިވިން' ޝޯރޫމަކީ ގޭގައި ދޭ ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތަކަށް އަމާޒުކޮށް ބަލިމިީހާއަށާއި މިފަދަ ފަރާތްތަށް ބަލަހައްޓާ ފަރާތްތަކަށް ލުއިފައްސޭހަ ގޮތް ހޯދާ ދިނުމަށް ބޭނުންވާ އާލާތްތަކާއި އެކު ރާއްޖޭގައި މި ގޮތަށް ހުޅުވި ފުރަތަމަ ޝޯރޫމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް