'އާންމު ރައްޔިތުންގެ ޕާޓީ' އުފައްދަން ހުއްދަ ދޫކުރުން: އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީ އެ ހުއްދަ ވަނީ ބާތިލްކޮށްފައި. 5 ފެބުރުއަރީ 2020 (ފޮޓޯ/އީސީ)

'އާންމު ރައްޔިތުންގެ ޕާޓީ' އުފައްދަން ދިން ހުއްދަ ބާތިލްކޮށްފި

ހުއްދައިގެ މުއްދަތު ހަމަވިއިރު އެއްވެސް ފޯމެއް ހުށަހަޅާފައެއް ނުވޭ

'އާންމު ރައްޔިތުންގެ ޕާޓީ'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބާތިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ޕާޓީ އުފައްދަން ފެބުރުއަރީ 2020ގައި އީސީން ހުއްދަ ދިނީ އަހްމަދު ސައީދު، ކަނަންދޫގެ/ސ. ހިތަދޫ އަށެވެ.

ތަފްސީލް - އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕާޓީ އުފައްދަން އަހްމަދު ސައީދަށް ދިން ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

"[އެހެންކަމުން] އެ ހުއްދަ ކޮމިޝަނުން ބާތިލް ކޮށްފި،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ގާނޫނުގައި އޮންނަ ގޮތުން:

  • ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދޭ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހަޅަން ޖެހޭނެ 

  • ކޮވިޑް-19އާ ގުޅިގެން އީސީން ވަނީ މެމްބަރުން ހަމަކުރުމުގެ ކަންކަމަށް އިތުރު މުއްދަތު ދީފައި 

  • ކޮމިޝަނުން ދޭ މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަނުކުރެވިއްޖެ ނަމަ، ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލްވާނެ 

ފަސްމަންޒަރު - ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު އޮތީ 11 ޕާޓީ އެކެވެ. އޭގެ ތެރެއިން ހަތަރު ޕާޓީއެއްގައި ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ އީސީން ވަނީ އެ ޕާޓީތައް އުވާލަން ނޯޓިސް ފޮނުވައިފަ އެވެ. ނަމަވެސް އެ މުއްދަތުގައި އެ ހަތަރު ޕާޓީން ވެސް ވަނީ، ގާނޫނު ބުނާ އަދަދަށް މެމްބަޝިޕް ފޯމު ހުށަހަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް