Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. ތޮއްޑޫގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ރިބަން ކެނޑުމަށް ރައީސްގެ 'ރިއެކްޓެއް': ރިބަން ކަނޑާ ނަމަ އިތުރުކަމެއް ނުވާނެ

އިދިކޮޅުން މި ސަރުކާރަށް ފާޑުކިޔުމުގައި މިއީ ހަމައެކަނި 'ރިބަން ކަނޑާ ސަރުކާރެއް' ކަމަށް ބުނޭ؛ ރައީސް ރައްދު ދެއްވީ އެކަމަށް
23 ޖެނުއަރީ 2023

އއ. ތޮއްޑޫ - މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ގިނަކަމުން، ދައުރުގެ ބާކީ އޮތް ބައި ހަމައެކަނި ރިބަން ކަނޑަން ހުސްކުރެއްވިޔަސް އެކަން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު އއ. އަތޮޅުން މިއަދު ފުރަތަމަ ވަޑައިގެންނެވީ ތޮއްޑުއަށެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ މި ރަށު ބަނދަރަށް ގޮސްފަ އެވެ.

ތަފްސީލުރައީސް ސޯލިހާއި މި ސަރުކާރަށް އިދިކޮޅު ސަޕޯޓަރުން ކިޔާ ފާޑުކިޔުންތަކުގައި ފާހަގަކުރާ އެއް ކަމަކީ، މިއީ 'ރިބަން ކަނޑާ ސަރުކާރެއް' ކަމަށެވެ. ނުވަތަ ކުރާ ހަމައެކަނި ކަމަކީ މި ސަރުކާރުގެ މަޝްރޫއެއް ނުހިންގައި، ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި މަސައްކަތްތައް ނިންމައި، ނުވަތަ ކުރިން ނިމިފައި ހުރި މަސައްކަތްތައް އިފްތިތާހު ކުރުން ކަމަށެވެ.

މިއަދު ތޮއްޑޫ ބަނދަރުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ރިބަން ނުކެނޑޭވަރަށް މި ސަރުކާރުން މަޝްރޫއު ހިންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރުގެ މިހާތަނަށް އައިއިރު، ކޮށް ނިންމާފައި ހުރި ކަންތައްތައް ހުޅުވަން ޖެހޭ ނަމަ، ރިބަން ކަނޑަން ޖެހޭ ނަމަ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަން ޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތް ނިމިފައި އެބަހުރި، މަސައްކަތްތައް ކުރެވެމުން އެބަދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"މި އަހަރުގެ ޖުލައި، އޮގަސްޓް ހިސާބަށް ދާއިރު މި ދެންނެވި ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައި. އަޅުގަނޑުމެންގެ ވަގުތު އެކަމަށް [ރިބަން ކަނޑަން] ހޭދަކުރާ ކަމަށްވާ ނަމަ، ދެން ނޯންނާނެ އެހެން ކަމެއް ކުރާކަށް [ވަގުތެއް]."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތޮއްޑޫގައި. (ފޮޓޯ/ކެމްޕޭން ޓީމް)

މި ރަށުގެ ބަނދަރަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެކި ރަށްރަށުގައި ހިންގި ބަނދަރު ތަރައްގީ ކުރާ މަޝްރޫއުތަކުގެ ވާހަކަ ދައްކަން ވެއްޖެ ނަމަ، ހަމައެކަނި އެކަމަށް ވެސް 30 މިނެޓު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެނގުން މުހިންމު - ރައީސް އޮފީހުގެ އައިލްސް ވެބްސައިޓުން ދައްކާ ގޮތުގައި ތޮއްޑޫގައި މި ސަރުކާރުން ޖުމްލަ 17 މަޝްރޫއުއެއް އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރެއިން:

  • ހަތަރު މަޝްރޫއު ވަނީ ނިމިފައި

  • ހަ މަޝްރޫއެއްގެ މަސައްކަތް އެބަ ކުރިއަށްދޭ

  • ދެ މަޝްރޫއު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައި

  • ދެ މަޝްރޫއު ޕްލޭންކޮށްފައި

  • އެއް މަޝްރޫއު އެވޯޑުކޮށްފައި

  • ދެ މަޝްރޫއު ޓެންޑާކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް