އައިރަނާސްގެ ދެބައިވެރިޔަކު ދުވަނީ: ރޯދަ ޗެލެންޖްގައި ގިނަ ދުވުންތަކެއް ހިމެނޭ (ފޮޓޯ/އައިރަނާސް ފޭސްބުކް)

ކަސްރަތުކުރުން

އައިރަނާސްގެ ރޯދަރަން ޗެލެންޖް، އިނާމުތަކަކާ އެކު

ޗެލެންޖްގެ ބައިވެރިންގެ މެދުގައި ގުރުން ހޮވޭ ދެ މީހަކަށް 'ކޮރޯސް' ފިޓްނަސް ގަޑިއެއް ލިބޭނެ
2 އޭޕްރީލު 2022

ދުވުމާއި ހިނގުމުގެ ތަފާތު އެކި ޗެލެންޖްތައް ހިމެނޭ އަދި އެކި ރާސްތާއަށް ދުވުމުގެ ފުރުސަތު ވެސް އޮންނަ ގޮތަށް އައިރަނާސް އިން ބާއްވާ ރޯދަރަން ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޓްނަސް ޓްރެއިނަރު ހުސެއިން ޝުޖާއުގެ އައިރަނާސްއިން ކުރިއަށް ގެންދާ މި ޗެލެންޖްގެ ބޭނުމަކީ، އޭނާ ބުނި ގޮތުގައި، ރޯދަމަހު ހަށިގަނޑުގެ ހަރަކާތްތައް އިތުރުކޮށް، ދުވުމުގެ ތެރެއަށް މީހުން ވައްދަން ހިތްވަރުދިނުމެވެ.

މިފަހަރުގެ ޗެލެންޖްގެ ޕާޓްނަރުންނަކީ ކުޅިވަރުގެ ސާމާނު ވިއްކަން މަޝްހޫރު މެރެތަން ޝޮޕް މޯލްޑިވްސް އާއި ފެމިލީ ރޫމް ކެފޭ އަދި ކޮރޯސް ވޮޗް އެވެ.

ރޯދަރަން ޗެލެންޖްގައި އެކި ބައިތައް ހިމެނެ އެވެ. އެމީހެއްގެ ފިޓްނަސް ލެވެލް ހުންނަ މިންވަރަކުން، އެއިން ކޮންމެ ބައެއްގައި ވެސް ބައިވެރިވެވިދާނެ އެވެ. އަދި އައިރަނާސްގެ އިންސްޓްރަކްޓަރުންގެ އެހީތެރިކަން ލިބެ އެވެ.

ޗެލެންޖުގެ އެއް ބަޔަކީ ރޯދަމަހުގެ 20 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު މަދުވެގެން 2.5 ކިލޯމީޓަރަށް ދުވުން ނުވަތަ ހިނގުމެވެ. މި ޗެލެންޖް ކުރިއަށް ދާނީ 2 އޭޕްރިލް އިން 2 މެއިގެ ނިޔަލަށެވެ. 

ދެން ހިމެނެނީ އެއަށް ވުރެ މާ ވަރުގަދަ ޗެލެންޖެކެވެ. އެގޮތުން 50 ކިލޯމީޓަރު، 100 ކިލޯމީޓަރު އަދި 150 ކިލޯމީޓަރަށް ދުވުމުގެ ފުރުސަތު ލިބެ އެވެ. މި ރާސްތާތަކަށް ދުވަން ޖެހެނީ ރޯދަމަހުގެ 30 ދުވަހުގެ ތެރޭގަ އެވެ.

އައިރަނާސްގެ ދުވުންތެރިޔަކު އަައްޑޫގެ ހިތަދޫގައި ދުވަނީ: ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ (ފޮޓޯ/އައިރަނާސް ފޭސްބުކް)

ވާޗުއަލް ރަންގެ ގޮތުގައި ތިން ދުވުމެއް ބާއްވަ އެވެ.

  • 10 ކިލޯމީޓަރު ދުވުން: ރޯދަމަހުގެ 10 ވަނަ ދުވަސް

  • 15 ކިލޯމީޓަރު ދުވުން: ރޯދަމަހުގެ 15 ވަނަ ދުވަސް

  • 5 ކިލޯމީޓަރު ދުވުން: ރޯދަމަހުގެ 22 ވަނަ ދުވަސް

އައިރަނާސްއިން ބުނީ ރޯދަރަންގައި ބައިވެރިވާ މީހުންނަށް ކޮންމެ ހަފްތާއަކު އެވޯޑެއް ދޭނެ ކަމަށެވެ. ކޮރޯސް ބްރޭންޑްގެ ދެ ގަޑި ލިބޭނީ މުޅި ޗެލެންޖްގައި ބައިވެރިވާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. އޭގެ ތެރޭގައި 12،000ރ ގެ ލިމިޓެޑް އެޑިޝަންގެ ގަޑިއެއް ވެސް ހިމެނޭ ކަމަށް، އައިރަނާސް އިން ބުންޏެވެ. 

އައިރަނާސްގެ ޝުޖާއު ދުވުމުގެ ބައިވެރިންތަކަކާ އެކު (ފޮޓޯ/އައިރަނާސް ފޭސްބުކް)

ދުވަން ފަށާ މީހުންނަށް ރަނގަޅު މައުލޫމާތު ލިބެން ޖެހެ އެވެ. އައިރަނާސްއިން އެބައި ފުރިހަމަކޮށްދޭނީ، ޝުޖާއު ބުނި ގޮތުގައި، އައިރަނާސްގެ ފޭސްބުކް ގުރޫޕު މެދުވެރިކޮށެވެ. އޭގެ އިތުރުން ސްޓްރާވާ ރަނިން އެޕް މެދުވެރިކޮށް ދުވުންތައް ޓްރެކް ކުރެވޭނެ އެވެ.

ޝުޖާއު ބުނީ ކޮންމެ ހަފްތާއަކު ހުރިހާ ބައިވެރިންނާ އެކު އިންސްޓަގްރާމް ލައިވްއެއް އޮންނާނެ ކަމަށެވެ. އޭގެ ބޭނުމަކީ ދުވުމަށް ހިތްވަރުދިނުމެވެ.

ރޯދައަން ޗެލެންޖުގައި ބައިވެރިވާން އައިރަނާސް ވެބްސައިޓު މެދުވެރިކޮށް ފޯމު ފުރޭނެ އެވެ. ސުން ގަޑިއަކީ 5 އޭޕްރިލް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް