Majlis 2024

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ދެ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޓީޗަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިކަން ހިނގާފައި ވަނީ އުތުރުގެ ރަށެއްގައި

އުތުރުގެ ރަށެއްގައި އުމުރުން 15 އަހަރުން ދަށުގެ ދެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ސްކޫލްގެ ޓީޗަރެކެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • މި މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވޭ

  • އެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް (4)

މިންހާ

21 ނޮވެމްބަރު 2022
އުމުރު މަތި ވި ވަރަކަށް ކިހިނެއްތަ މި މީހުންނަށް މި ވަނީ؟ ބިރެއް ވެސް ގަންނާނެ ގޮތެއް ނޭނގޭ ވިއްޔަ ދޯ
0 0

ނަމޫން

21 ނޮވެމްބަރު 2022
ތި މީހާ އެ ރަށުގެ ރައްޔިތުންނާ ހަވާލު ކޮށްބަލަ
1 0

އަދީލް

21 ނޮވެމްބަރު 2022
ބަންދު ކޮށްފައި މާދަން ދޫކޮށްލާނެ. މިއީ އިންސާފެއް އޮތް ތަނެއް ނޫން ވިއްޔަ
2 0

ފަސިޔަ

21 ނޮވެމްބަރު 2022
ހޫމް ހޫމް ފެށުނީ. އަބަދު ވެސް އެ ކަހަލަ ކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރާނެ. ސާބިތެއް ނުވެއޭ ކިޔާފައި ދޫކޮށްލާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް