މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުގައި ބައިވެރިވުމަށް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ފަލަސްތީނު މީހުން ވަނުމަށް އިޒްރޭލުގެ ސިފައިން ހުރަސް އަޅަނީ. (ފޮޓޯ/ އަލްޖަޒިރާ)

ފަލަސްތީން

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރަމުންދާ ޖިހާދަށް ދިވެހި ސަރުކާރުން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށް ބުނި

މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ ދިފާއީ ބާރުތަކުން އަލް-އަގްސާ މިސްކިތުގައި އެއްވެސް ހަތިޔާރެއް ނެތި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ، ހައްޔަރުކުރި ކުރުން ދިވެހި ސަރުކާރުން ރޭ ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަގްސާ މިސްކިތަށް އެއްވެ ތިބި ފަލަސްތީނުގެ ރައްޔިތުން އެ ތަނުން ފޮނުވާލުމަށް އިޒްރޭލުގެ ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން:

މި މައްސަލައިގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަނީ މުޒާހަރާކޮށްފައި

މުޒާހަރާގެ ބައިވެރިން ގޮވާލަނީ އަރަބި ގައުމުތަކާއި ބައިނަލްއަގުއާމީ މުޖުތަމައުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމަށް

އިޒްރޭލުން ބުނެފައިވަނީ ބާރުގެ ބޭނުންކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށް

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަގްސާ މިސްކިތާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖލީހުގެ ކަމާ ބެހޭ ގަރާރުތަކާ ކަނޑައެޅިގެން ހިލާފް އަމަލުތަކެއް ކަމަށެވެ.

ރާއްޖޭން ފާހަގަކުރި ގޮތުގައި:

އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ވެސް ހީނަރުކަން ލިބެމުންދާ ކަމަށް

ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރަމުންދާ ޖިހާދަށް ދިވެހި ސަރުކާރުން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށް

މި މައްސަލައަށް ދާއިމީ، ސުލްހަވެރި ހައްލެއް ގެނެވޭނީ ދެ ދައުލަތުގެ ހައްލު ލިބިގެން ކަމަށް

ކޮމެންޓް

Placeholder

ފަލަސްތީން

ފަލަސްތީން