Majlis 2024

އެމްއެންޔޫގެ ފަހިދުވަސް ހަރަކާތުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ ކޯސްތަކާ ބެހޭ މައުލޫމާތު ދޭ 'ފަހި ދުވަސް' ހަރަކާތް މިރޭ ވެސް

މިރޭ އެ ހަރަކާތް އޮންނާނީ ރޭގަނޑު 8 އިން 10އަށް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީތަކާއި އެ ތަން ތަނުން ހިންގާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ 'ފަހި ދުވަސް' މިއަދާއި މިރޭ ކުރިއަށް އެބަދެ އެވެ.

ވީ ކިހިނެއް؟ - އެ އެ ޔުނިވާސިޓީގެ މައި މަރުކަޒުގައި މިއަދު ހަވީރު އެ ހަރަކާތް ފެށި އިރު ހަވީރު 4 އިން6 އަށް ހަވީރު ދަންފަޅި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

  • މިރޭ އެ ހަރަކާތް އޮންނާނީ ރޭގަނޑު 8 އިން 10އަށް 

ތަފްސީލް - 'ފަހި ދުވަސް' ހަރަކާތުގެެ ތެރެއިން  ޔުނިވާސިޓީގެ ކޯސްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ އެވެ.

އެ ހަރަކާތުގެ ތެރެއިން ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާ އިން އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތާއި މަތީ ތައުލީމު ހާސިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އޭލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށް، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތަށް ރަނގަޅު ތަރުހީބެއް ލިބޭ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ފަހި ދުވަހުގައި މައުލޫމާތު ފޯރުކޮށްދޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ

  • ތައުލީމީ ދާއިރާ

  • އިންޖިނިއަރިން ދާއިރާ

  • ސިއްހީ ދާއިރާ

  • ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ

  • ދީނީ އިލްމުގެ ދާއިރާ

  • ސައިންސްގެ ދާއިރާ

  • ޝަރީއަތާއި ގާނޫނީ ދާއިރާ

  • ވިޔަފާރީގެ ދާއިރާ

  • ނިޔެމިކަމުގެ ދާއިރާ

  • ފައުންޑޭޝަން ކޯސްތައް

އެނގުން މުހިއްމު - ގައުމީ ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖަހާއިރު ހަމަވާނެ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް