Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ގައުމީ ކޯޗު މޮރިއޭރޯ (މ) ޓްރެއިނިންގައި. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)

ކުޅުންތެރިންނާ މެދު ޝަކުވާއެއް ނެތް: މޮރިއޭރޯ

ފުރަތަމަ މެޗުން ބަލިވުމުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވާނެ

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސީ ގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ތައިލެންޑް އަތުން 3-0 އިން ބަލިވިޔަސް ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އުޒްބެކިސްތާނުގައި ކުޅުނު މި މެޗުން ބަލިވުމާ އެކު، ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން ރާއްޖެ އަށް ވަނީ އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭޝިއަން ކަޕުން ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. އެކަމަކު ހަ ގްރޫޕުން ދެ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށް ވެސް ފުރުސަތު އޮންނާނެ އެވެ.

ގްރޫޕުގެ އަނެއް މެޗުގައި އުޒްބެކިސްތާނުން ވަނީ ސްރީ ލަންކާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި ވަގުތު ތައިލެންޑާއި އުޒްބެކިސްތާން ތިން ޕޮއިންޓް ހޯދާފައިވާއިރު ރާއްޖެ އާއި ލަންކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މޮރިއޭރޯ ބުނީ ރާއްޖޭން އިއްޔެ ރަނގަޅަށް ކުޅުނު މެޗު ކަމަށާއި މެޗު ފެށީ ވެސް ޕޮޒިޓިވް ނޯޓެއްގައި ކަމަށެވެ. އެކަމަކު ހާފުގެ ފަހުކޮޅު ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި ތައިލެންޑުން ލީޑު ނެގީ ކަމަށާއި އެ ހިސާބުން މެޗު ގެއްލިއްޖެ ކަމަށެވެ.

"ދެ ވަނަ ހާފުގައި ވެސް ފެނުނީ ތަފާތުކޮށް. ފަހަރުގައި ވެދާނެ ދެ ގޯލް ވަދެފައިވުމާ އެކު ނަތީޖާގެ ޕްރެޝަރު ގޮސް ހަމަޖެހިލައިގެން ކުޅެން ޖާގަ ލިބުނީ ކަމަށް. މި ހާފުގައި އަހަރެމެންނަށް ގޯލް ނުޖެހުނީ ނަސީބު ދެރަކަމުން. އަހަރެމެން، އަހަރެމެން ބޭނުންވާ ފުޓްބޯޅަ ކުޅުނިން،" އިޓަލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ޖުމްލަކޮށް މެޗަށް ބަލާއިރު ރާއްޖޭން ރަނގަޅަށް ކުޅުނު ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުން އޭނާގެ ޓެކްޓިކްސްއާ އެއްގޮތަށް ތައިލެންޑަށް އެޓޭކްކުރާނެ ފުރުސަތު ނުދީ ޖާގަތައް ބައްދާލެވުނުނު ކަމަށެވެ.

"އެކަމަކު މިއަށް ވުރެ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ފަހަތުން ކުޅުން ބިލްޑްކުރަން ޖެހޭ ކަމަށް ވެސް ގަބޫލުކުރަން. އެހެންވިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް ކުޅުންތެރިންނާ މެދު،" މޮރިއޭރޯ ބުންޏެވެ.

ތައިލެންޑުގެ ބުނަމަތަން އަތުން ބޯޅަ ހޯދަން ރާއްޖޭގެ ސިފާއު (ކ) މަސައްކަތްކުރަނީ. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)
ތައިލެންޑުގެ ޕިޓިވަޓް (ކ) އަތުން ބޯޅަ ހޯދަން ރާއްޖޭގެ ރާއިފް މަސައްކަތްކުރަނީ (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)

ގައުމީ ޓީމާ މިދިޔަ އަހަރު ހަވާލުވި މޮރިއޭރޯ ވަނީ އޭނާގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި މިދިޔަ މާޗު މަހު ބަންގްލަދޭޝް އަތުން 2-0 އިން ރާއްޖެ މޮޅުވިއިރު އޭނާ ބޭނުންވާ ސްޓައިލަށް ރާއްޖެ ކުޅުނު ކަމަށް މެޗުގެ ކުރިން ބުނެފަ އެވެ. އެކަމަކު އޭނާގެ ސްޓައިލަށް އެއްކޮށް ހޭނެން ވަގުތު ނަގާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖެ އަށް ދެން އޮތީ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ އުޒްބެކިސްތާނާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. ލަންކާއާ ވާދަކުރާނީ އަންގާރަ ދުވަހުގެ ރެ އެވެ.

އުޒްބެކިސްތާނުގެ ގަރްޝީގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ރާއްޖޭން ތައިލެންޑަށް ގޯލެއް ޖެހިޔަނުދީ ހިފެހެއްޓި އެވެ. ތައިލެންޑުން ލީޑު ނެގީ 41 ވަނަ މިނެޓުގައި ސަރަޗް ޔޫޔެން ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތު ޓީރަސިލް ޑަންގްޑާ ލީޑު ފުޅާކުރި އެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ. އަދި ފުރުސަތުތައް ވެސް ހޯދި އެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކުރެވެ އެވެ. އެކަމަކު އޭގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ތައިލެންޑުން 80 ވަނަ މިނެޓުގައި ޕަންސާ ހެމްވިބޫންގެ ގޯލުން ތިން ވަނަ ލަނޑު ޖެހުމެވެ.

ރާއްޖޭން މި މެޗުތަކާ ކުރިމަތިލީ ތައްޔާރުވުމުގެ އެއްވެސް މެޗެއް ނުކުޅެ އެވެ. އަދި ކުރިއާ ހިލާފަށް ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަނުކުރެ އެވެ. އެފްއޭއެމުން ބުނީ އޭގެ ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމުން، އިތުރު ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވާނެތީވެ، ޓެކްޓިކްސް އަށް މަސައްކަތްކުރަން އެ ވަގުތު ބޭނުކުރަން ކޯޗު ލަފާ ދިނުމެވެ.

ރާއްޖެ އަށް ތައްޔާރުވާން ވަގުތު ގެއްލުނީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރަން ޖެހުމެވެ. އެ ޓީމުގެ ކުޅުންތެރިން އެނބުރި އައިސް ގައުމީ ޓީމުގެ ފުލް ސްކޮޑަށް އެއްކޮށް ތައްޔާރުވާން ލިބުނީ ދެ ހަފުތާއެއްހާ ދުވަހެވެ.

މިއީ ތައިލެންޑާއި ރާއްޖެ ކުޅުނު ހަތަރު ވަނަ މެޗެވެ. މި ދެ ޓީމު 1996 ގެ އޭޝިއަން ކަޕް ކޮލިފައިންގައި ބެންކޮކުގައި ކުޅުނު ދެ މެޗު ވެސް ތައިލެންޑް ވަނީ 8-0 އިން  ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗަކުން ތައިލެންޑް 3-0 އިން މޮޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް