Majlis 2024

ފުވައްމުލަކު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކެއް ބިންދާލާފައި

ފުވައްމުލަކު މަހާނަ ގާތަކަށް ގެއްލުންދިން މައްސަލަ ފުލުހަށް

ގާނޫނުގެ ދަށުން ތަރިކައަށް ގެއްލުން ދީގެން 10،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެ

ޏ. ފުވައްމުލަކުގައި އޮންނަ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ގަބުރުސްތާނުގައި ހުރި މަހާނަ ގާތަކަށް ގެއްލުން ދިން މައްސަލަ، ނެޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟- ފުވައްމުލަކު ހުކުރު މިސްކިތު އާސާރީ ގަބުރުސްތާނުގައި ހުރި އެތައް އަހަރެއްވެފައިވާ ބައެއް މަހާނަ ގާތައް އިއްޔެ ރޭ ވަނީ ބިންދާލާފަ އެވެ. ކާބަފައިންގެ އަގުހުރި ތަރިކައެއްގެ ގޮތުގައި ބަލާ މިތަކެއްޗަށް ގެއްލުންދިން މައްސަލަ ފުވައްމުލަކު ކައުންސިލުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ފުވައްމުލަކު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކެއް ބިންދާލާފައި

ބުނީ ކީކޭ؟- މަހާނަ ގާތަކަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު ހެރިޓޭޖް މިނިސްޓްރީން ބުނީ، ސަގާފީ ތަރިކައިގެ ގާނޫނުން މި ފަދަ ތަންތަނަށް ރައްކާތެރިކަން ލިބޭ ކަމަށާއި ތަރިކައަށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އެތަނުން ބުނިގޮތުގައި:

  • ގެއްލުން ދީފައި ހުރި ގާތަކުގެ ތެރޭގައި، ރަށުގެ ރަސްރަސްކަލުންނަށް ނިސްބަތްވާ ގާ ހިމެނޭ

  • ހިރިގަލުން ހަދާފައި ހުރި އެ ގާތަކުގައި ހަތަރު ފޫޓު ހުރޭ

  • މިއީ ދިވެހިންގެ ހިރިގަލުގެ ވަޑާމު ވަރަށް ރީތިކޮށް ފެންނަ ގާތަކެއް

އެނގުން މުހިއްމު- ގާނޫނުގައި އޮންނަ ގޮތުން، ތަރިކައަށް ގެއްލުން ދީގެން 10،000 ރުފިޔާ އާއިއެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް