ބީއެމްއެލް އިން ވަނީ ބޭންކުން ދޭ ސްކޯލާޝިޕަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިން ދޭ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިއީ ބޭންކިން އާއި މާލީ ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ދޭ ސްކޯލާޝިޕެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފުކުރި ސްކޮލާޝިޕްއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ތަފްސީލް - އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތައާރަފްކުރި މި ސްކޮލާޝިޕަކީ ބޭންކިން އާއި މާލީ ދާއިރާ އިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ދޭ ސްކޯލާޝިޕް އެކެވެ. މި ސްކޯލާޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސްކޮލާޝިޕްގެ ދަށުން، ފުރަތަމަ ޑިގްރީ ހާސިލްކުރުމަށް ފުރުސަތު ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބޭންކިން އެންޑް ފައިނޭންސް 

  • ފައިނޭންޝަލް ޓެކްނޮލޮޖީ 

  • ރިސްކް މެނޭޖްމަންޓް 

  • ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް 

  • ފައިނޭންޝަލް އިންޖިނިއަރިން

ސްކޮޕަޝިޕަށް ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެއްސަކަށް ވުން 

  • އޭ-ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވުން

މި ސްކޯލާޝިޕަށް ހޮވޭ ދަރިވަރުންނަށް ބީއެމްއެލް އިން ދޭ ހަަރަދުތަކަކީ:

  • ކޯހުގެ ޓިއުޝަން ފީ 

  • މަހުން މަހަށް ހިނގާ ހަރަދު 

  • ވިސާ ފީ 

  • ފޮތް ގަތުމުގެ ހަރަދު 

  • އެސްޓަބްލިޝްމެންޓް އެލަވަންސް 

  • ޓިކެޓު ހަރަދު

ސްކޮލަޝިޕަށް ހުށަހެޅުމާ ގުޅޭ މުހިންމު މައުލޫމާތު:

  • އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 21

  • އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ފޮނުވަން ޖެހެނީ scholarships@bml.com.mv އަށް

  • މި ސްކޮލަޝިޕްގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު މި ލިންކުން ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް