މެންޗެސްޓަ ސިޓީގެ ހުނަރުވެރި ފޯވަޑް އާލިން ހާލޭންޑް، ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މިރޭ ހެޓްރިކެއް ހެދި

މެންޗެސްޓާ ސިޓީ

ހާލޭންޑްގެ ހެޓްރިކާ އެކު ސިޓީން އާސެނަލްއާ ދެ ޕޮއިންޓް ކައިރިއަށް

ހާލޭންޑް މިހާރު ވަނީ ޕްރިމިއަ ލީގުގައި 25 ލަނޑު ޖަހާފައި. މިއީ ލީގު ދެ ބައި ވީއިރު ކުޅުންތެރިއެއްގެ ފަރާތުން ފެނުނު އެންމެ ގިނަ އަދަދު
22 ޖެނުއަރީ 2023

ވުލްވްސް ކޮޅަށް ޒުވާން ފޯވަޑް އާލިން ހާލޭންޑް ޖެހި ތިން ލަނޑާ އެކު މެންޗެސްޓަ ސިޓީން އިނގިރޭސި ޕްރިމިއަ ލީގުގެ އެއް ވަނާގައި އޮތް އާސެނަލްއާ އެންމެ ދެ ޕޮއިންޓް ކައިރިއަށް މިރޭ ޖެހިލައިފި އެވެ. އެކަމަކު އެއީ އާސެނަލްއަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ.

މި ސީޒަންގައި މިހާތަނަށް ހާލޭންޑް، 22، ޖެހި ލަނޑުގެ އަދަދު 31 އަށް އެރުވުމާ އެކު ސިޓީ މިހާރު ވަނީ 45 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ދެ ވަނާގައި ވަރުގަދަކޮށްފަ އެވެ.

ހާލޭންޑް ތިން ލަނޑު ޖެހީ 40 ވަނަ މިނިޓާއި 50 އަދި 54 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބުކުރީ ޕެނެލްޓީއަކުންނެވެ.

މިއީ ޕްރިމިއަ ލީގުގައި އޭނާ ޖެހި 25 ވަނަ ލަނޑެވެ. އަދި ސިޓީގައި ހެދި ހަތަރު ވަނަ ހެޓްރިކް ވެސް މެ އެވެ.

ޕްރިމިއަ ލީގު 1992ގައި ފެށި ފަހުން މި ހޭދަވި 30 މުބާރާތުގެ ތެރެއިން ދެބައި ކުޅަ އެއްބައި މުބާރާތުގެ ރަން ބޫޓު ލިބުނީ އެ އަދަދަށް ލަނޑު ޖަހައިގެންނެވެ. އެކަމަކު އަދި ކިރިޔާ މިފަހަރުގެ ލީގު ދެބައި ވީ އެވެ. އެހެންކަމުން ހާލޭންޑަކީ ރަން ބޫޓުގެ ހައްގުވެރިޔާއަށް ވެދާނެކަން މިހާ އަވަހަށް ވެސް މި އޮތީ ބަލަން ޖެހިފަ އެވެ. 

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 18، ޕޮއިންޓް 47

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 20، ޕޮއިންޓް 45

  • 3-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 19، ޕޮއިންޓް 39

  • 4-

    ނިއުކާސަލް، ކުޅުނު 20، ޕޮއިންޓް 38

  • 5-

    ޓޮޓެންހަމް، ކުޅުނު 20، ޕޮއިންޓް 33

އިތުރު އާޓިކަލް

އިތުރު އާޓިކަލް