އެޑްވަޓޯރިއަލް

މެޑްޓެކް ހޯމްކެއާ އިން ބަލިމީހުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދޭ އުފެއްދުންތަކެއް

މި ފިހާރަ އިން މަންމައިންނާއި ތުއްތު ކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އުފެއްދުންތައް ލިބޭނެ

ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތު ހުންނަ ގޮތުން ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ވެސް ބައެއް ފަހަރު ހާއްސަ އަޅާލުން ބޭނުންވެ އެވެ. މި ހާލަތްތަކުގައި އާންމު ދިރިއުޅުމަށް ފަސޭހަކޮށްދިނުމަށް އުފައްދާ އުފެއްދުންތަކަކީ އެ ފަރާތްތަކަށް ކޮންމެހެން އެ ތަކެތީގެ ބޭނުން ޖެހޭ ތަކެއްޗެވެ. މިކަހަލަ އުފެއްދުންތަކާއި އެ ނޫން ވެސް ސިއްހީ އާލާތްތައް ވިއްކުމުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުންފުންޏަކީ މެޑްޓެކް އެވެ.

މެޑްޓެކުން ވިއްކާ އުފެއްދުންތައް އެއް ތަނަކުން ބަލައިލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް 'މެޑްޓެކް ހޯމްކެއާ'ގެ ނަމުގައި ޝޯރޫމެއް ވަނީ ހުޅުވާފަ އެވެ.

މެޑިޓެކް ހޯމްކެއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މެޑްޓެކް:

  • މެޑިކަލް ސަޕްލައިސްގެ ވިޔަފާރި ފެށީ 2009ގައި

  • ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެ އެތެރެކޮށް ވިއްކާ

  • ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ހޯމްކެއާ މާކެޓަށް ހާއްސަ އުފެއްދުންތައް ލިބޭ

  • މަންމައިންނާއި ތުއްތު ކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އުފެއްދުންތައް ލިބޭނެ

މެޑްޓެކުން ވިއްކާ ގިނަ އުފެއްދުންތަކަށް އެއް އަހަރުގެ ވޮރެންޓީއެއް ލިބޭނެ އެވެ. އަދި ވޮރެންޓީ ނުލިބޭ އުފެއްދުންތަކަށް ވެސް މައްސަލަ ދިމާވާ ހާލަތްތަކުގައި މެޑްޓެކުގެ ޓީމުން ހައްލު ހޯދައިދޭން މަސައްކަތް ކޮށްދެ އެވެ.

މެޑްޓެކްގެ ވިއްކާ ތަކެއްޗަށް ބަލާއިރު، ޖަރުމަނު، ޑެންމާކް އަދި އެ ނޫން ވެސް ޔޫރަޕް ގައުމުތަކުގެ ބްރޭންޑްތަކާއި އެމެރިކާގެ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.

ރެސްޕިރޭޓަރީ ތެރަޕީ

މި ކެޓަގަރީގައި ހިމެނެނީ ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާކުރަން ބޭނުންކުރާ އާލާތްތަކެވެ.

އިންވަކެއާ ޕްލެޓިނަމް ޕޯޓަބަލް ކޮންސަންޓްރޭޓާ

- އެއް ތަނުން އަނެއް ތަނަށް ގެންދަން ފަސޭހަ، ޕޯޓަބަލް ޕްރޮޑަކްޓެއް - ސައިޒުން ކުޑަ - މި މާކެޓުގެ އެންމެ ރަނގަޅު އެއް ޕްރޮޑަކްޓް

އިންވަކެއާ ޕާފެކްޓް އޯ2 5

- އެމެރިކާގެ ބްރޭންޑެއް - މި ޕްރޮޑަކްޓްގައި ކެނިއުލާ އާއި ހިއުމިޑިފަޔާ ހިމެނޭ - ޔޫސާ ފްރެންޑްލީ ޑިޒައިނެއް އަދި ބޭނުން ކުރަން ފަސޭހަ ކޮންޓްރޯލް ޕޭނަލްއެއް

ކޮރޯބާ އެއިރޯޕްލަސް އޮކްސިޖަން ކޮންސަންޓްރޭޓާ

- ޖަރުމަނުގެ ބްރޭންޑެއް - ކެނިއުލާ އާއި ރީފިލް ކުރެވޭ ހިއުމިޑިފަޔާއެއް ހިމެނޭ - މެނުއަލްކޮށް އޮކްސިޖަންގެ ފްލޯ އެޖަސްޓް ކުރެވޭ - ގޭގައި ބޭނުން ކުރަން ރަނގަޅު، އަޑު މަޑު ޕްރޮޑަކްޓެއް

ނެބިއުލައިޒާ

އެއާފޯސް މިނީ

- ބެޓަރިން އޮޕަރޭޓު ކުރާ ޕޯޓަބަލް ޕްރޮޑަކްޓެއް - އަތަށް ލުއި، އަޑު މަޑު ޕްރޮޑަކްޓެއް - މާކެޓުގައި ލިބެން ހުރި ސައިޒުން އެންމެ ކުޑަ އެއް ނެބިއުލައިޒާ

އެއާފޯސް ވަން

- ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ބޭނުން ކުރެވޭ - ބޭނުން ކުރަން ފަސޭހަ އަދި އެއް ތަނުން އަނެއް ތަނަށް އުފުއްލަން ފަސޭހަކޮށްދޭ އަތްގަނޑެއް ހުރޭ

ޕްރިސްމާ

މިއީ ނޭވާލުމުގެ މައްސަލަތަކާއި އޭގެ ސަބަބުން ނިދަން އުނދަގޫވާ މީހުންނަށް ބޭނުން ކުރާ ހާއްސަ ޕްރޮޑަކްޓެކެވެ. މެޑްޓެކުން ވިއްކާ ޕްރިސްމާގެ ތެރޭގައި ލޮވަންސްޓައިން ބްރޭންޑުގެ ސީޕެޕް (ސިންގަލް ޕްރެޝާ) އާއި ބީޕެޕް (ޓޫ ޕްރެޝާ) ޕްރީސްމާގެ އިތުރުން ހިއުމިޑިފަޔާ ހިމެނެ އެވެ.

މެޑިޓެކް ހޯމްކެއާ އިން ވިއްކާ ބީޕެޕް ޕްރިސްމާއެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މޮބައިލް ރޭންޖް

މި ރޭންޖްގައި ހިމެނެނީ ޖަރުމަނުގެ 'ބިޝޮފް އެންޑް ބިޝޮފް' ނުވަތަ ބީއެންޑްބީ ބްރޭންޑުގެ ބެޓަރީ ސްކޫޓަރު އަދި އިލެކްޓްރިކް ވީލްޗެއާ އެވެ.

ބީއެންބީ ބެޓަރީ ސްކޫޓަރު

- ސްޕީޑް: ގަޑިއަކު 10 ކިލޯމީޓަރާ ހަމައަށް - ރޭންޖް: 30 ކިލޯމީޓަރު

ބީއެންޑްބީ އިލެކްޓްރިކް ވީލް ޗެއާ

- ސްޕީޑު: ގަޑިއަކު ހަ ކިލޯމީޓަރު - ރޭންޖް: 32 ކިލޯމީޓަރު - ބެކްރެސްޓް އެޖަސްޓް ކުރެވޭ

އެނދު

ހިލް-ރޮމް ސެންޗުރީސް ޕްރޯ

- މެއިންޓަނެންސް ލުއި އަދި އޮޕަރޭޓު ކުރަން ފަސޭހަ - ޔޫސާ ފްރެންޑްލީ - މި އެނދަށް ހާއްސަ، ހިލް-ރޮމް މެޓްރެސް ވެސް ލިބޭނެ

މެޑްޓެކް އިން ވިއްކާ މެޑިކަލް އެނދުގެ ތެރޭގައި މެނުއަލް އަދި އޮޓަމެޓިކް އެނދު ހިމެނެ އެވެ. އެއީ ހިލް-ރޮމްގެ އިތުރުން ހީކައި ބްރޭންޑްގެ އެނދުތަކެވެ.

މެޑްޓެކުން ވިއްކާ އުފެއްދުންތައް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ގަތުމުގެ ފުރުސަތު ވެސް އާންމުންނަށް އޮވެ އެވެ.

މެޑްޓެކް އިން މިހާރު މަސައްކަތް ކުރަމުން އަންނަ މަންމައިންނާއި ތުއްތު ކުދިންގެ އިތުރުން ސްޕޯޓްސް ރީހެބިލިޓޭޝަންގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގެ މާކެޓަށް ތައާރަފު ކުރުމަށެވެ. އިތުބާރު ހިފޭ ރަނގަޅު ބްރޭންޑްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނިން އަބަދު ވެސް އަންނަނީ ކުރަމުންނެވެ.

މެޑްޓެކް ހޯމްކެއާ އިން ވިއްކާ 'ބެމްމޯ ނޭޗާ' ބްރޭންޑުގެ ބޭބީކެއާ ބައެއް ޕްރޮޑަކްޓްތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މެޑްޓެކް ހޯމްކެއާ އިން ވިއްކާ އަބޭނާ ބްރޭންޑުގެ މަދާކެއާ ޕްރޮޑަކްޓުތަކާއި 'ބެމްމޯ ނޭޗާ' ބްރޭންޑުގެ ބޭބީކެއާ ބައެއް ޕްރޮޑަކްޓްތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މެޑްޓެކްގެ ޝޯރޫމް ހުންނާނީ ނިކަގަސް ހިނގުމުގަ އެވެ. ޝޯރޫމް ހުޅުވާފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް:

  • ހެނދުނު 9 އިން ހަވީރު 6 އަށް

  • ރޭގަނޑު 8 އިން 10 އަށް

މެޑްޓެކް އިން ވިއްކާ ޕްރޮޑަކްޓްތައް އެ ކުންފުނީގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ އެވެ. އަދި ޝޯރޫމްގެ ނަންބަރު 3338663 އާއި ވައިބާ އާއި ވަޓްސްއެޕް ނަންބަރު 9902225 މެދުވެރިކޮށް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ބަލައި، އޯޑަރު ކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް