'ބޭޅިޔާ'ގެ ޕޯސްޓަރެއްގައި ވަރުން

ބޮލީވުޑް

'ބޭޅިޔާ' އަށް ފާޑުކިޔާ މީހުންނަށް ހަންސަލް މެހެތާގެ ރައްދެއް

ފިލްމުގެ ދެވަނަ ބަޔެއް އުފައްދަން ޖެހޭ ކަމަށާއި ފިލްމުން ފެންނަ ތަރިންނަށް ތައުރީފު ހައްގު ކަމަށް ވެސް ހަންސަލް ބުނެފައިވޭ
28 ނޮވެމްބަރު 2022

އިންޑިއާގެ ފުރަތަމަ 'ކްރީޗާ-ކޮމެޑީ' ފިލްމު 'ބޭޅިޔާ' އަށް ފާޑުކިޔާ މީހުންނަށް ހަންސަލް މެހެތާ ރައްދެއް ދީފި އެވެ.

އަމަރު ކޯޝިކް ޑައިރެކްޓުކޮށް ދިނޭޝް ވިޖާން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުގެ ލީޑުން ފެންނަނީ ވަރުން ދަވަން އާއި ކްރިތީ ސަނޯން އެވެ.

އެ ފިލްމު އެޅުވިތާ ދެ ދުވަސްވެފައިވާއިރު މާ އެދެވޭ ތަރުހީބެއް ނުލިބެ އެވެ. ފިލްމު ބެލި މީހުންގެ ތެރެއިން ބަޔަކު އެ ފިލްމަށް ފާޑުކިޔާފައިވާތީ ތަޖުރިބާކާރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ހަންސަލް މެހެތާ ޓްވިޓާގައި ބުނީ އެ ފިލްމަކީ ތަޖުރިބާއެއް އަދި ކާމިޔާބީއެއް ކަމަށެވެ.

އެ ފިލްމު ބެލުމަށް ފަހު އޭނާ ބުނީ ސިނަމާ އަށް ދިޔައީ އަމަރުގެ ފޭނަކަށް ވާތީ ކަމަށާއި ފިލްމުން ފެންނަ ވީއެފްއެކްސް އަކީ ފެންވަރު ރަނގަޅު މަސައްކަތެއް ކަމަށެވެ. ސްޓޯރީލައިން އާއި ފިލްމުގެ ޓެކްނިކަލް ކަންތައްތަކަކީ ވެސް "ޓޮޕް ކްލާސް" ކަމަށް އޭނާ ބުނެފައިވެ އެވެ. އެ ފިލްމުގެ ދެވަނަ ބަޔެއް އުފައްދަން ޖެހޭ ކަމަށާއި ފިލްމުން ފެންނަ ތަރިންނަށް ތައުރީފު ހައްގު ކަމަށް ވެސް ހަންސަލް ބުނެފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އެ ފިލްމަށް ފުރަތަމަ ދުވަހު 7.8 ކްރޯޑު އަދި ދެވަނަ ދުވަހު 10 ކްރޯޑު އާމްދަނީއެއް ލިބިފައިވެ އެވެ.

'ބޭޅިޔާ'ގައި ވަރުން ފެންނަނީ ވެއާވުލްފެއްގެ ބާރުތައް ލިބި އެކަމުގެ ތެރޭ އުޅޭތަނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް