ސަލްމާން ހާން

ސަލްމާން ހާން

ސަލްމާނުގެ އަތުގައި ފައިސާ ނެތް ދުވަހު އެހީވީ ސުނިލް ޝެޓީ

ސަލްމާން ބުނީ މާލީގޮތުން ދަތި ދުވަސްތަކެއް އައި އިރު ސުނިލް ޝެޓީ އޭނާ އަށް އަގު ބޮޑު ގަމީހަކާއި ވޮލެޓެއް ދިން ކަމަށް

އަތުގައި ފައިސާ ނެތި ވަރަށް ދަތި ދުވަސްތަކެއް ދިޔަ ކަމަށާއި އޭރު އެހީވި އެކަކީ ސުނިލް ޝެޓީ ކަމަށް ސަލްމާން ހާން ބުނެފި އެވެ.

މި މަހުގެ ކުރީކޮޅު އަބޫ ދާބީގައި ބޭއްވި އައިފާ އެވޯޑު ހަފްލާގައި ސަލްމާން ބުނީ، ދިރިއުޅުމުގައި މާލީގޮތުން ދަތި ދުވަސްތަކެއް އައި އިރު ސުނިލް ޝެޓީ އޭނާ އަށް އަގުބޮޑު ގަމީހެއް ދިން ކަމަށެވެ.

ފެންކަޅިވެ ހުރެ ސަލްމާން އެ ވާހަކަ ކިޔައިދިނީ، ހަޔާތުގައި ދިމާވި ހަނދާން ނައްތާލަން އުނދަގޫ ކަމެއް ހިއްސާ ކޮށްދޭން އެދުމުންނެވެ. ރިތޭޝް ދޭޝްމުކް އެ ސުވާލު ކުރުމުން ސަލްމާން ބުނީ ސުނިލް ޝެޓީގެ ހެދުން ވިއްކާ ފިހާރައަކަށް އޭނާ ދިޔަ ކަމަށާއި އެ ފިހާރައަކީ ނިސްބަތުން އަގު ބޮޑު ފިހާރައެއް ކަމަށެވެ.

"އަހަންނަށް އެތަނުން ގަނެވެން އޮތީ ގަމީހެއް އެކަނި. އެއަށްވުރެ އިތުރަކަށް އޭރު އަތުގައި ފައިސާއެއް ނެތް. ސުނިލް އަށް އެކަން ފާހަގަ ވެގެން އަންނަށް ހަދިޔާ އަކަށް ދިނީ ސްޓޯން ވޮޝް ގަމީހެއް،" ސަލްމާން ބުންޏެވެ.

އެ ވާހަކަ ދައްކަމުން ގޮސް ސަލްމާން، އޯޑިއަންސް ގައި އިން ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ކައިރިއަށް ގޮސް ހުއްޓުމުން އަހާން ސަލްމާން ގައިގައި ބައްދާލި އެވެ.

އެ ވާހަކަ އިތުރަށް ކިޔައިދެމުން ސަލްމާން ބުނީ އެ ފިހާރާގައި އިން ވޮލެޓެއް ވެސް އޭނާ އަށް ކަމުދިޔަ ކަމަށާއި އެކަން ސުނިލް ޝެޓީ އަށް އެނގުމުން، އޭނާގެ ގެއަށް ސަލްމާން ގެންގޮސް އެކަހަލަ ވޮލެޓެއް ވެސް ދިން ކަމަށެވެ.

ކޮމެންޓް

Placeholder

ސަލްމާން ހާން

ސަލްމާން ހާން