Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަ ނަމަ ހިތުގެ ބައްޔަށް މަގުފަހި ކުރޭ

ފުޑް

ކޮލެސްޓްރޯލް ދަށްކޮށްދޭ ބައެއް ކާނާ

ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލި ޖެހުމަށް މަގުފަހިކުރާ ކަމެއް
21 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ކޮލެސްޓްރޯލްގެ ތެރޭގައި އެލްޑީއެލް އަދި އެޗްޑީއެލް ކޮލެސްޓްރޯލް ހިމެނޭ

'ގޯސް' ކޮލެސްޓްރޯލް އިތުރުވާ ކަންކަމުގެ ތެރޭގައި ހަރަކާތްތެރިވެ ނޫޅުން އަދި ދުޅަހެޔޮ ކާނާއާ ދުރުވުން ހިމެނޭ

ކޮލެސްޓްރޯލާ ދުރުވުމަށް ކެއުމުގެ ރަނގަޅު އާދަތަކެއް މުހިއްމު

ކޮލެސްޓްރޯލަކީ އިންސާނާގެ ލޭގައި އުށް ކަހަލަ ގޮތަކަށް ހުންނަ މާއްދާ އެކެވެ. ސައިންޓިފިކްކޮށް ބުނާ ނަމަ، އިންސާނުންގެ ލޭގެ ފެނުގެ ބައި ނުވަތަ ޕްލާސްމާގައި ހިމެނޭ ތެޔޮ މާއްދާ އެކެވެ. މިއީ އިންސާނާގެ ހޯމޯންތައް ބެލެންސް ކުރުމަށް މުހިއްމު އެއްޗެކެވެ.

ހަށިގަނޑުގައި ދެ ބާވަތެއްގެ ކޮލެސްޓްރޯލް  ހުންނަ އިރު، މައްސަލައަކަށް ވަނީ އާާއްމުކޮށް ގޯސް ކޮލެސްޓްރޯލްއޭ މި ކިޔާ އެލްޑީއެލް ކޮލެސްޓްރޯލް، ރަނގަޅު ކޮލެސްޓްރޯލް ކަމުގައިވާ އެޗްޑީއެލްއަށް ވުރެ އިތުރުވާތީ އެވެ.

ކޮލެސްޓްރޯލް ހުންނަންވާ ވަރަށް ވުރެ އިތުރު ނަމަ އެންމެ ބޮޑު ނުރައްކަލަކީ ހިތުގެ ބައްޔަށް މަގުފަހި ކުރުމެވެ. މީގެ އިތުރުން ލޭހޮޅިތަކުގައި ލޭ ދައުރު ކުރުމަށް ހުރަސް އަޅަ އެވެ.

ހަރަކާތްތެރިނުވުމަކީ ކޮލެސްޓްރޯލް އިތުރުކުރާ ކަމެއް

ކޮލެސްޓްރޯލް އިތުރުވުމަށް ދިމާވާ މައިގަނޑު ކަންކަމަކީ:

  • ދުޅަހެޔޮ ކާނާއާ ދުރުވުން

  • އެކަށީގެންވާ މިންވަރަށް ހަރަކާތްތެރިނުވުން

  • ދުންފަތުގެ އިސްތިއުމާލުކުރުން

  • ހަށިގަނޑު އާދަޔާހިލާފަށް ބަރުވުން

ކޮލެސްޓްރޯލް ދަށް ކުރުމަށް ބޭސް ހުރެ އެވެ. ނަމަވެސް ކޮންމެހެން ބޭހަށް ބަރޯސާވާން ނުޖެހޭ މީހުންނަށް، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރެވިދާނެ އެވެ. އެކަމަކު ވަކި ގޮތަކަށް އަމަލުކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.

ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކުރުމަށް ބައެއް ބާވާތްތަކުގެ ގުދުރަތީ ކާނާގެ އެހީގައި ފުރަމޭގެ ދައުރު ރަނގަޅު ކުރެވިދާނެ އެވެ. ކޮލެސްޓްރޯލް ދަށް ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް ބާވަތްތައް ތިރީގައި މިވަނީ އެވެ.

1.  ސެލެރީ، ކިއުކަމްބާ، އިނގުރު އަދި މިންޓް އަޅައިގެން ހަދާ މި ބުއިން

ގްރީން ސްމޫތީ: ސެލެރީ، ކިއުކަމްބާ، އިނގުރު އަދި މިންޓް އެއްކޮށްގެން ހަދާ މި ބުއިމުން ލޭ ސާފުކޮށްދޭ

ސެލެރީ، ކިއުކަމްބާ، އިނގުރު އަދި މިންޓް އަޅައިގެން ތައްޔާރުކުރާ މި ބުއިމަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލާން އެހީއަކަށް ވާނެ އެވެ. މި ބުއިން ތައްޔާރުކުރުމަށް މި ހުރިހާ ބާވަތެެއް ފެން އަޅައިގެން ބްލެންޑް ކުރުމަށް ފަހު ބޯލާށެވެ. ނިއުޓްރިއެންޓްސް އާއި އެންޓިއޮކްސިޑަންޓްސް އިން ފުރިގެންވާ މި ބުއިން ލޭ ސާފުކޮށްލަން އެހީތެރިވެދީ ފުރަމޭގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި އެލްޑީއެލް ކޮލެސްޓްރޯލް އުފެއްދުން ދަށްކޮށްދެ އެވެ.

2. ގިނައިން ފައިބަރު އެކުލެވޭ ކާނާ

ފައިބަރު ގިނައިން ކާ ނަމަ ކޮލެސްޓްރޯލާ ދުރުވޭ

ފައިބަރަކީ އޭގައި ކޮލެސްޓްރޯލް ހިފަހައްޓާލާ އެއްޗެކެވެ. އަދަ އަލުން ހަށިގަނޑުގައި ދައުރުކުރާ ލެއަށް އެ ކޮލެސްޓްރޯލް ދިއުމަށް ހުރަސް އަޅަ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް މަދުވެ އެވެ. ފައިބަރު ރަނގަޅު ކާނާގެ ތެރޭގައި ހިމެެނެނީ ފެހިކަން ގަދަ ތަރުކާރީ، ހޯލްގްރެއިންސް، ބެރީސް، އެއް ރޭ ވަންދެން ފެނުއަޅާފައި ހުންނަ ޗިއާ ސީޑްސް އަދި ފްލެކްސް ސީޑް އެވެ.

3. އޯޓްސް

އޯޓްސް އަކީ މީހާގެ ހަކުރު ދަށްކުރުމަށް އެހީތެރިވެދޭ ބާވަތެއް

އޯޓްސްއަކީ ފައިބަރު ގިނަ އެއްޗެކެވެ. އަދި މީހާ ގިނަ ވަގުތު ބަނޑުހައިވިޔަ ނުދީ ހިފަަހައްޓައިދޭ ކާނާއެކެވެ. އަބަދު ކާހިތްވުމާ ދުރުކޮށް ހަށިގަނޑުގައި ހަކުރު ކޮންޓްރޯލް ކޮށްދެ އެވެ. އަދި އޯޓްސް ކާ ނަމަ ބަރުދަން އިތުރުވިޔަ ނުދީ ހިފަހައްޓައިދޭތީ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރެވެ އެވެ.

4. ޕްރޮޓީން ގިނަ މާއްދާތައް ބޭނުން ކުރުން

ކޮލެސްޓްރޯލް ދަށްކުރުމަށް ޕްރޮޓީން މުހިއްމު ދައުރެއްް އަދާކުރޭ

ގިނައިން ޕްރޮޓީން ކައިފައި ހަރަކާތްތެރިކަން އިތުރުކުރާ ނަމަ ހަށިގަނޑުގައި ރަނގަޅު ކޮލެސްޓްރޯލް އާލާވުމަށް އެހީތެރިވެދެ އެވެ. އަދި ހަށިގަނޑަށް ގެއްލުންދޭ އެލްޑީއެލް ކޮލެސްޓްރޯލް ދަށްކޮށްލަ އެވެ. މިހެން ދިމާވާން މެދުވެރިވަނީ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ގިނައިން ސަރުބީ ހުރުމުގެ ބަދަލުގައި ގިނައިން ޕްރޮޓީން އެކުލެވިގެންދާތީ އެވެ.

ޕްރޮޓީން ގިނަ މާއްދާތަކުގެ ތެރޭގައި ބިސް، މަސް، ޗީޒް، ތޮޅި، މުގު، ސަނާމުގު، ކިޑްނީ ބީންސް، ސްޕްރައުޓް އަދި ޕްރޯންސް ހިމެނެ އެވެ.  

5. ފައިދާހުރި ފެޓް

ހަށިގަނޑަށް ފައިދާވާ ކަހަލަ ފެޓް އެވަކާޑޯގައި ހިމެނޭ

ކޮލެސްޓްރޯލް މަތިވުމުގެ މާނަ އަކީ ފެޓް ހިމެނޭ ބާވާތްތައް ބޭނުން ނުކުރެވުމެއް ނޫނެވެ. ފައިދާހުރި ފެޓްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތަކުގައި އޮމެގާ 3 ގިނައިން އެކުލެވެ އެވެ. މިއީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ. އެލްޑީއެލް ކޮލެސްޓްރޯލް ދަށް ކުރުމަށް ކެއުމުގައި އެވަކާޑޯ، ސޭމަން، އޮލިވް އޮއިލް، ނަޓްސް އަދި ސީޑްސް ހިމެނުން ރަނގަޅެވެ.

6. ދޮންކެޔޮ

ކޮލެސްޓްރޯލް ދަށްކުރުމަށް ދޮންކޭލަކީ ރަނގަޅު މޭވާއެއް

ދޮންކޭލަކީ ޕޮޓޭސިއަމް ގިނައިން އެކުލެވޭ އެއްޗެކެވެ. ދޮންކެޔޮ ވަކެއް ކާލައިފި ނަމަ ސިއްހަތަށް ފައިދާއެއް ނެތް ކާނާ ކާހިތްވުމުން ދުރުކޮށްދެ އެވެ. އަދި ގޮހޮރުގެ ތެރެއިން ކޮލެސްޓްރޯލް ލޭގެ ތެރެއަށް ފޮނުވުމަށް ހުރަސް އަޅަ އެވެ.

7. ހަކުރު މަދުކުރުން

ފޮނިކާތަކެތިން ހަށިގަނޑުގައި ކޮލެސްޓްރޯލް އަށަގަނޭ

ދުޅަހެޔޮ ސިއްހަތަކަށް ހަކުރު އެއްކޮށް ދޫކޮށްލަން ޖެހެ އެވެ. ނުވަތަ ހަކުރު ގިނައިން ހިމެނޭ ބާވަތްތަކާއި ތައްޔާރީ ކާނާއާ ވެސް ދުރުވާން ޖެހެ އެވެ. ޗިޕްސް، ދަޅުގައި ހުންނަ ބުއިންތައް އަދި ފޮނި ލުއިކާނާ ފަދަ ބާވަތްތަކެވެ. މި ތަކެއްޗާ ދުރުވާން ޖެހެނީ ޕްރިޒަވޭޓިވްސް ނުވަތަ ކުނި ނުވާ ގޮތަށް ގިނަ ދުވަހު ބަހައްޓަން އަޅާ ބާވަތްތައް ހިމެނޭތީ އެވެ.

ހަށިގަނޑުގައި ހުންނަ ބޭކާރު ތަކެތި ގުދުރަތީ ގޮތުން ނައްތާލާ ސިސްޓަމްތަކަށް އިތުރު ޕްރެޝަރަކަށް ޕްރިޒަވޭޓިވްސް ވެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ވިހަ މާއްދާތައް ނައްތާލުމަށް އުނދަގޫވެ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް އެންމެ ރަނގަޅީ ގޭގައި ކައްކާ ހޯލްގްރެއިން އާއި މަހާއި ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް