Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ: މިއީ އޭރު މާލޭގެ އެންމެ އުސް އެއް އިމާރާތް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދުވަސްވެ، ބާވެފައި ހުރި ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފަށައިފި

މިއީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފެނުނު އުމުރާނީ ތަރައްގީގެ އެއް ހަނދާން

ސަރުކާރުގެ އެތައް ހާސް މުވައްޒަފުންގެ ވަޒީފާގެ މުޅި ހަޔާތުގެ ހަނދާންތަކާ ގުޅިފައި ހުރި ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް، އެންމެ ފަހުން، ފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ތިން ބުރިއަށް ހެދި ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް މި ފެށީ، އުމުރުން 35 އަހަރުގެ އިމާރާތް ބާވެ، އެތަން ބޭނުންކުރެވޭ ވަރަށް ވުރެ ހާލަތު ގޯސްވެފައި ހުންނަތާ އެތައް އަހަރެއް ފަހުންނެވެ.

މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެއް ހަނދާން ވެސް މެ އެވެ. އެ މަނިކުފާނުގެ ދެ ވަނަ ދައުރުގައި، 1980ގެ އަހަރުތަކުގެ މެދުތެރޭގައި، ހެދި އިމާރާތް ފަހަކާ ޖެހެދެން ވެސް ބެލެވިފައި އޮތީ، މާލެއަށް އަންނަން ފެށި އުމުރާނީ އެއް ތަރައްގީގެ ގޮތުގަ އެވެ.

އެނގުން މުހިންމު - ޕްލޭނިން މިނިސްޓްރީން ނިންމާފައި ވަނީ ހުރަވީ ބިލްޑިން ހުރި ތަނުގައި ޕާކިން ޒޯންއަކާއި ޕާކެއް ހަދާށެވެ. މިއީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިމެނޭ ސަރަހައްދަކަށް ވާތީ، ޕާކިންގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވެ އެވެ.

ތަފްސީލު - ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް އަންނަ މަހުގެ މެދު ތެރޭ ނިންމާލެވޭނެ ކަމަށެވެ.

"ތަޅާލުމަށް އެއްވެސް ހަރަދެއް ނުހިނގާ. މިނިސްޓްރީގެ މުވައްޒަފުން އެކަން ކުރަނީ،" އެތަން ތަޅާލަން ކިހާ ހަރަދެއް ދޭތޯ ސުވާލުކުރުމުން އަކްރަމް ވިދާޅުވި އެވެ. 

  •  ހުރަވީ ބިލްޑިން: މިއީ ސަރުކާރުގެ ދެ ވަނަ އޮފީސް އިމާރާތް((ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ހުރަވީ ބިލްޑިން ތަޅާލަމުގެ މަސައްކަތް ކުރިއަށް ދަނީ: އަންނަ މަހު ނިންމާލެވޭނެ ކަމަށް ބެލެވޭ((ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ހުރަވީ ބިލްޑިން: ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މިތަން ހުޅުވީ 1980ގެ އަހަރުތަކުގެ މެދުތެރޭގައި ((ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭނާ ވިދާޅުވީ ޕާކިން ޒޯން އާއި ޕާކް ތަރައްގީކުރުމުގެ ޕްލޭނިން ބައި މިހާރު ކުރިއަށް ދާ ކަމަށެވެ.

"މަސައްކަތް ފެށޭނެ ތާރީހެއް އެނގޭނީ ތަޅާ ނިމުމުން،" އަކުރަމް ވިދާޅުވި އެވެ.

ފަސްމަންޒަރު - ހުރަވީ ބިލްޑީންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެ ވަނަ ދައުރުގައި ހުޅުވި ސަރުކާރުގެ ދެ ވަނަ އޮފީސް އިމާރާތެވެ. އޭގެ ކުރިން ހެދީ ގާޒީ ބިލްޑިން އެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމުން އޭރު ވަރަށް ބޮޑު ފަސޭހައެއް ލިބި، ހިދުމަތްތައް ވެސް އަވަސްވި އެވެ.

އެކަމަކު ދަގަނޑު އޮނިގަނޑެއްގައި ސިމެންތިން ހަދާފައި ހުރި މި ދެ އިމާރާތް ވެސް ބާވިތާ އެތައް އަހަރެއް ވެއްޖެ އެވެ. ގާޒީ ބިލްޑިންއަށް ވުރެ ކުރިން ހުރަވީ ބިލްޑިން ތަޅާލަން ޖެހުނީ އެތަނުގެ ހާލަތު ދެރަވެ، ތަންތަންގަނޑު ވެއްޓެން ފެށުމާ އެކު އެވެ. 

ކޮމެންޓް (1)

ޢަހަރެން

16 މޭ 2022
ޕާކިންގ ޒޯނަކާއި ޕާކެއްނޫން އެތަނުގަ އަޅަންވީ. ޢެތަން 20 ބުރިޔަށް ނަގާފަ. 5 ބުރޭގަ ޕާކިންގ ހަދާފަ ދެންހުރި ބައިތަކުގަ އޮފީސްތައް ހެދީމަ، މިހާރު ދައުލަތުން ޕާޓީ މީހުންގެ ގޭގައި ކުއްޔަށް ނަގާފައިވާ އޮފީސް އެޕާޓްމަންޓް ތަކަށް ކުރާ ބޮޑު ހަރަދު ކުރާކަށް ނުޖެހޭނެ. ޢިމާރާތެއް އަޅަން ހަރަދެއް ދާނެ. ޢެކަމު ޢޭރުން 40 ހަކަށް އަހަރރަށް ދައުލަތައް ވަނީ ފައިދާ. މިހާރުވެސް އެންމެ އޮފީހެއްގެ ކުޑަ ޑިޕާޓްމަންޓެއް ހިނގަން 80000ރ ދީފަ ފްލޯޔެެއް ކުއްޔަށް ނަގައިގެެން ކުރާ ހަރަދައްބަލަނަމަ 40 އަހަރަށް 38،400،000ރ ހަރަދުވާނެެ. ޢެހެންވީމާ މިހާރު ކުއްޔަށް ނަގާފަ ހުރި ކިތައް އޮފީހަށް ކުރާ ހަރަދުތޯ ސަލާމަތް އެވަނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް