މުމްބާއީގައި މިއަދު ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާގެ ވިޔަފާރި ކުރިއަރުވަން 2 ގައުމުގެ ވިޔަފާރިވެރިން މަޝްވަރާކޮށްފި

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ވެސް ވަނީ ބައިވެރިވެވަޑައިގެންފައި
3 އޯގަސްޓު 2022

ރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ އާއި އިންޑިއާގެ ވިޔަފާރިވެރިންނާ އެކު މިއަދު މަޝްވަރާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި މިއަދު ހަވީރު ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިން ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މުމްބާއީގައި މިއަދު ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި، މި ފޯރަމަކީ:

  • ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިންތިޒާމުކުރި ފޯރަމެއް 

  • ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއް ތަނަކަށް އެއްވެ، މަޝްވަރާކުރުން 

  • ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ގުޅުންތައް ކުރިއަރުވައި އިތުރުކުރުން

މުމްބާއީގައި މިއަދު ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
މުމްބާއީގައި މިއަދު ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ގުޅުންހުރި ކަމެއް - މުމްބާއީގައި ބޭއްވި ފޯރަމްގެ އިތުރުން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިއްޔެ ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ފޯރަމްގައި އެ މަނިކުފާނު ވަނީ ތަގުރީރު ވެސް ކުރައްވާފަ އެވެ.

އެނގުން މުހިންމު - ރައީސް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، އެ މަނިކުފާނު ވަނީ އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް