ރާއްޖޭގައި ހިންގާ ރިސޯޓެއް: ރިސޯޓުތަކުގެ ފެނާއި ނަރުދަމާގެ ޕްލޭން ފާސްކުރަން ވަނީ މުހުލަތެއް ދީފައި.

ރިސޯޓުތަކުގެ ފެނާއި ނަރުދަމާގެ ފަރުމާ ފާސްކުރަން 6 މަސް ދީފި

މުއްދަތުގެ ތެރޭގައި އެ ޑިޒައިންތައް ފާސްނުކޮށްފި ނަމަ، 50،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ

ރިސޯޓުތަކުގެ ފެނާއި ނަރުދަމާގެ ޑިޒައިން ފާސްކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދީފި އެވެ.

ވީ ކިހިނެއް؟ - ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފެނާއި ނަރުދަމާގެ ގާނޫނާއި ހަކަތައިގެ ގާނޫނު އަދި ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން، ރިސޯޓުތަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާ، ކަރަންޓު އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުގެ ޑިޒައިންތަކަކީ އެ އޮތޯރިޓީން ފާސްކުރަން ޖެހޭ ފަރުމާތަކެއް ކަމަށެވެ.

ތަފްސީލް - އެ އިއުލާނުގައި ބުނީ:

  • އަންނަ މަހުގެ 1ގެ ފަހުން އަލަށް ހުޅުވާ ރިސޯޓުތަކުގެ ފެނާއި ނަރުދަމާ، ކަރަންޓު އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުތަކުގެ ޑިޒައިން އެ އޮތޯރިޓީއަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ 

  • މިހާރު ހިންގަމުން އަންނަ ރިސޯޓުތަކުގެ ތެރެއިން ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ނިޒާމުގެ ޑިޒަައިން ރިޕޯޓު ތައްޔާރު ނުކުރާ ރިސޯޓުތަކުން އަންނަ ޖުލައި 22ގެ ކުރިން އެ ޑިޒައިން އެ އޮތޯރިޓީއަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ

މި މުއްދަތުގެ ތެރޭގައި އެ ޑިޒައިންތައް ފާސްނުކޮށްފި ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީން ބުންޏެވެ. އެގޮތުން:

  • ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ސިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭނު ހަދަން ޖެހޭ ފަރާތްތަކުން އެފަދަ ޕްލޭނެއް ނުުހަދާނަމަ 50،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ

  • ރިސޯޓުތަކުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ޖަމާވާނީ ގްރީން ފަންޑަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް