Majlis 2024

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)

ރައީސް ކެމްޕެއިނަށް ފުވައްމުލަކަށް؛ 'މެޖޯރިޓީ ދޭނަން'

ރައީސް ޓާމިނަލުން ނިކުމެވަޑައިގަތުމާ އެކު، އެއްވެފައި ތިބި މެންބަރުން ތާޅަފިލިން ގޮވަމުން ދިޔައީ މި ރަށުން "ރައީސް އިބޫއަށް މެޖޯރިޓީ ދޭނެ" ކަމަށް
21 ޖެނުއަރީ 2023

ޏ. ފުވައްލުމައް - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު މި ރަށަށް ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު އެއާޕޯޓުން ރައީސަށް ވަނީ އެމްޑީޕީގެ އެތައް ސަތޭކަ ބަޔަކު ނިކުމެ މަރުހަބާ ކިޔާފަ އެވެ.

ތަފްސީލް - އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގެ ޓާމިނަލް ކައިރީގައި ދިގު ސަފެއް ދަމާލާފައި އޮތެވެ. މުޅި އެއާޕޯޓް ސަރަހައްދުގައި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ޖަހައި ޒީނަތްތެރިކޮށްފައި ވާއިރު، ސަރަހައްދު ގުގުމާލާފައި އޮތީ ރައީސްގެ ކެމްޕޭން ލަވަ، 'އެމްޑީޕީ ކުރިއަށް، އެމްޑީޕީ ކުރިއަށް' އަދި ސަޕޯޓަރުންގެ އަތްތިލަ ބަޑިންނާއި ތަރުހީބުގެ އަޑުންނެވެ.

ރައީސް ޓާމިނަލުން ނިކުމެވަޑައިގަތުމާ އެކު، އެއްވެފައި ތިބި މެންބަރުން ތާޅަފިލިން ގޮވަމުން ދިޔައީ މި ރަށުން "ރައީސް އިބޫއަށް މެޖޯރިޓީ ދޭނެ" ކަމަށެވެ.

  • ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)
  • ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)
  • ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ފުވައްމުލަކަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ކެމްޕެއިން ޓީމް)

މަރުހަބާ ކިޔަން އެއާޕޯޓް ސަރަހައްދަށް ޖަމާވެ ތިބި ސަޕޯޓަރުންނާ ރައީސް ސަލާމްކުރައްވައި ފޮޓޯ ނެންގެވުމުގައި ގިނަ ވަގުތު ހޭދަކުރެއްވި އެވެ.

އޭރު އެއާޕޯޓް ކުރިމައްޗަށް ވާ ކަހަލަ ގޮތަކަަށް ޕީޕީއެމް ސަޕޯޓަރުން ގެންދިޔައީ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

ރައީސް ސޯލިހް މިއަދު ފުވައްމުލަކުގައި. (ފޮޓޯ/ކެމްޕެއިން ޓީމް)

އާބާދީގައި ގާތްގަނޑަކަށް 13،000 މީހުން ދިރިއުޅޭ މި ރަށުން:

  • ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ރަށް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް އިރުއުތުރު ފަރާތަށް

  • މިރޭ ރައީސްގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވައި މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާނެ 

  • މިރޭގެ ވަގުތެއްގައި މި ރަށުގެ ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސް ސޯލިހް މިއަދު ފުވައްމުލަކުގައި. (ފޮޓޯ/ކެމްޕެއިން ޓީމް)

މި ރަށަށް ފަހު ރައީސް މާދަމާ ކެމްޕޭނަށްް ވަޑައިގަންނަވާނީ ގއ. ވިލިނގިލި އަދި ގދ. ތިނަދު އަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް