މި އަހަރުގެ ސީޒަންގެ މެދަކާ ހަމައަށް އައިއިރު، ލީގުގެ ފޯރި އޮތީ ވަރަށް ގަދަވެފައި.

އެޑްވަޓޯރިއަލް

ފޯރިގަދަ އައިޕީއެލްގެ މެޗުތައް މީޑިއާނެޓުގެ ޗެނަލްތަކުން ބަލާލެވޭނެ

ސްޕޯޓްސް ޗެނަލްތަކުގެ އިތުރުން މީޑިއާނެޓްގެ 'އެމްއެސް ޑިޖިޓަލް' އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އައިޕީއެލްގެ މެޗުތައް ބަލައިލެވޭނެ
28 އޭޕްރީލު 2022

ދުނިޔޭގެ އެންމެ ބޮޑު ކުރިކެޓު މުބާރާތް، އިންޑިއާ ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި އަހަރުގެ ސީޒަންގެ މެދަކާ ހަމައަށް އައިއިރު، ލީގުގެ ފޯރި އޮތީ ވަރަށް ގަދަވެފަ އެވެ. ތާވަލުގެ އެއް ވަނަ އާއި ހަ ވަނައާ ދެމެދު ހުރީ ހަ ޕޮއިންޓުގެ ތަފާތެކެވެ.

އައިޕީއެލްގެ ތާވަލުގެ ގަދަ ހައެއް މިހާރު އޮތް ގޮތް:

  • 1-

    ގުޖުރާތު ޓައިޓެންސް (އަށް މެޗުން 14 ޕޮއިންޓު)

  • 2-

    ރާޖަސްތާން ރޯޔަލްސް (އަށް މެޗުން 12 ޕޮއިންޓު)

  • 3-

    ސަންރައިސާސް ހައިދަރުއާބާދު (އަށް މެޗުން 10 ޕޮއިންޓު)

  • 4-

    ލަކްނައު ސުޕަ ޖަޔަންޓްސް (އަށް މެޗުން 10 ޕޮއިންޓު)

  • 5-

    ރޯޔަލް ޗެލެންޖާސް ބެންގަލޯ (ނުވަ މެޗުން 10 ޕޮއިންޓު)

  • 6-

    ޕަންޖާބް ކިންގްސް (އަށް މެޗުން އަށް ޕޮއިންޓު)

މި އަހަރުގެ ލީގު ފެށީ މިދިޔަ އަހަރު ފައިނަލުގައި ބައްދަލުކުރި ދެ ޓީމުގެ ވާދަވެރި މެޗަކުންނެވެ. އެ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން، ޗެންނާއީ ސުޕަ ކިންގްސް ވަނީ ރަނަރަޕް ކޮލްކަތާ ނައިޓް ރައިޑާސް އަތުން ބަލިވެފަ އެވެ. މި އަހަރުގެ ލީގުގައި 200އަށް ވުރެ ގިނަ، ކުރިކެޓުގެ ތަރިން ކުޅޭނެ އެވެ.

އައިޕީއެލްގައި ކުރިއަށް އޮތީ ވަރަށް ފޯރިގަދަ ދުވަސްތަކެކެވެ. އެ ލީގުގެ ހުރިހާ މެޗުތަކެއް މީޑިއާނެޓުން ދައްކާ ސްޓާ ސްޕޯޓްސްގެ ޗެނަލްތަކުން ލައިވްކޮށް ބަލައިލެވޭނެ އެވެ. އެ ޗެނަލްތަކަކީ:

  • ސްޓާ ސްޕޯޓްސް 1 (ޗެނަލް 304)

  • ސްޓާ ސްޕޯޓްސް 2 (ޗެނަލް 300)

  • ސްޓާ ސްޕޯޓްސް 1 އެޗުޑީ (ޗެނަލް 833)

  • ސްޓާ ސްޕޯޓްސް 2 އެޗުޑީ (ޗެނަލް 882)

ޓީވީ ޗެނަލްތަކުގެ އިތުރުން މީޑިއާނެޓު 'ކުއިކްޕޭ'އިން ވައުޗާއެއް ގަނެގެން، މީޑިއާނެޓުގެ 'އެމްއެސް ޑިޖިޓަލް' އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެ ވެސް އައިޕީއެލް ބަލައިލެވޭނެ އެވެ. މި ވައުޗާ މީޑިއާނެޓުގެ އޮތޯރައިޒްޑް ޑީލަރުންގެ އަތުން ވެސް ގަނެވޭނެ އެވެ.

މީޑިއާނެޓުގެ ހިދުމަތްތަކާއި އައިޕީއެލްއާ ގުޅޭ އިތުރު މައުލޫމާތު މީޑިއާނެޓުގެ ވެބްސައިޓުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް