Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީ

ހެއްކާ ބެހޭ ބިލުގައި އޮތް ވަރަށް ނޫސްވެރިކަމުގެ ހައްގު ހަނިކުރަން ޖެހޭ ކަމަކަށް ނުދެކެން: އެމްއެންޕީ

ހެއްކާ ބެހޭ ބިލު އޮތް ގޮތުން ގައުމީ ސަލާމަތަށް ކަމަށް ބުނެ ކޮންމެ މައްސަލައެއްގައި ވެސް ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ: އުޝާމް

ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގު އިތުރަށް ހަނިކުރަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހެއްކާ ބެހޭ ބިލު ފާސްކޮށްފަ އެވެ. އެގޮތުން އެ ބިލްގައި ވަނީ:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ

  • އެ ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީގެ ކުރިން ވެސް ވަނީ އެ މާއްދާ އުނިކުރުމަށް ގޮވާލާފައި 

  • ނޫސްވެރިން ވަނީ އެ މައްސަލައިގައި މަޖިލިސް އިދާރާ ކުރިމަތީގައި އިހްތިޖާޖު ވެސް ކޮށްފައި

ބުނީ ކީކޭ؟ - އެމްއެންޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބައެއް ހާލަތްތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް އޮތް އޮތުމަކީ އެމްއެންޕީއިން ވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގު ހެއްކާ ބެހޭ ބިލުގައި އޮތް މިންްވަރަށް ހަނިކުރަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވަރަށް ހާއްސަ ހާލަތްތަކުގައި ނޫނީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިފަހައްޓައިގެން ނުވާނެ ކަމަށް އެމްއެމްޕީއިން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން އެންގިދާނެ ކަމަށް ހެއްކާ ބިލުގައި ބަޔާންކޮށްފައި ވާއިރު، އޭގެ ތެރެއިން ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކަކީ ކޮބައި ކަމެއް ގާނޫނުގައި ސަރީހަކޮށް ބުނެފައެއް ނެތެވެ. އެހެންކަމުން އުޝާމް ވިދާޅުވީ ކޮންމެ މައްސަލައެއްގައި ވެސް ގައުމީ ސަލާމަތަށް ކަމަށް ބުނެ މަސްދަރު ހާމަކުރަން އެންގިދާނެ ކަމަށެވެ.

"މި ބިލުގައި އޮތީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް. ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ޑިފައިން ކޮށްފައި ނުވޭ. މި ފަދަ ހާލަތެއްގައި ސަރުކާރުން ބޭނުންވެއްޖެ ކަމަށް ވަނީ ނަމަ ހަމަ ކޮންމެ ކަހަލަ މައްސަލައެއްގައި ވެސް ގައުމީ ސަލާމަތަށް ކަމަށް ބުނެ، މަސްދަރު ހާމަކުރަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދޭ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

އެނގުން މުހިންމު - ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މޯލްޑިވަސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެމްއެމްސީން ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި ހިޔާލުތަކާ އެއްގޮތަށް ބިލަށް ބަދަލު ގެނައުމަކާ ނުލަ އެވެ. އެމްޖޭއޭ އާއި އެމްއެމްސީއިން ވެސް ވަނީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑްއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލަން އިއްޔެ ގޮވާލި އެވެ. އަދި އެމްއެމްސީން ވަނީ ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް