ސަލްމާން މިސްކިތާ މެދު އާންމުން ދެކޭ ގޮތް

ނިމިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ސަލްމާން މިސްކިތް ހުޅުވަން މިއަދު އެ މިސްކިތުގައި ކުރި ފުރަތަމަ ހުކުރު ނަމާދަށް އެތައް ހާސް ބަޔަކު ޖަމާވެ މިސްކިތާއި ގޯތި ތެރެ ފުރާލި
1 އޭޕްރީލު 2022

ބޭސްފަރުވާއަށް އިންޑިއާއަށް ފުރަން މާލެ އައިސް ހުރި ހަސަން އަލީ، ގދ. ދާންދޫ، މިއަދު ހުކުރު ނަމާދަށް އައީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައި ހުރި ބޮޑު މިސްކިތް، ކިންގް ސަލްމާން މިސްކިތުގައި ފުރަތަމަ ކުރި ހުކުރު ނަމާދުގައި ބައިވެރިވިވުމުގެ އުފާ ހޯދާށެވެ. ނިމިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ހުޅުވައި ނަމާދުކުރަން ފެށި ސަލްމާން މިސްކިތަށް އޭނާ އައީ މާފަންނު ޖަސްޓިސް ބިލްޑިންގް ސަރަހައްދުގައި ހުންނަ ގެއިން ޓެކްސީއެއް ނަގައިގެންނެވެ. އޭނާ ބޭނުންވީ މާލޭގައި އަލަށް ހުޅުވި މިވަރުގެ ބޮޑު މިސްކިތެއް ހަމަ ލޮލުން ދެކިލާށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް