(ފޮޓޯ/ ދަ އިންޑިއަން އެކްސްޕްރެސް)

ޔޫޓިއުބް

ޔޫޓިއުބުން ސްޓްރީމިން ވީޑިއޯ ހިދުމަތެއް ފަށަނީ: ރިޕޯޓު

ގޫގުލްގެ އިތުރުން ވޯލްމާޓު ކުންފުނިން ވެސް ސްޓްރީމިން ސިނާއަތަށް ވަނުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައި

އަލްފަބެޓުން ޔޫޓިއުބުގެ ސްޓްރީމިން ވީޑިއޯ ހިދުމަތެއް ފެށުމަށް އޮންލައިން ސްޓޯރެއް ލޯންޗުކުރުމަށް ރާވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ބައެއް މީހުންނާ ހަވާލާދީ ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އޮންލައިން ސްޓޯރުގައި ބައިވެރިވުމަށް އަލްފަބެޓްގެ ގޫގުލް އިން ވަނީ އެންޓަޓެއިންމަންޓް ކުންފުނިތަކާ މަޝްވަރާތައް އަލުން ފަށާފަ އެވެ.

އަދި މި ސްޓޯރުގެ މަސައްކަތް ގޫގުލް އިން ކުރަމުން އަންނަތާ 18 މަސް ދުވަސް ވެފައިވާ ކަމަށާއި ގޫގުލް އިން އެންމެ އަވަހަށް ވެސް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި ސްޓޯރު ލޯންޗު ކުރާނެ ކަމަށް ބެލެވޭ ކަމަށް ޖާނަލުގެ ރިޕޯޓުގައި ވެ އެވެ.

ވާދަވެރިކަން ބޮޑު ސްޓްރީމިން ސިނާއަތުގައި ނެޓްފްލިކްސް، ޑިޒްނީ، އެޕަލް، އެމެޒޯން ފަދަ ވަރުގަދަ ގިނަ ކުންފުނިތަކަކުން މިހާރު ވެސް ވާދަކުރަމުން ދޭ (ފޮޓޯ/ ބްލޫމްބާގް)

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓަނެޓުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފުޅާވަމުން އަންނަ އިރު، ގިނަ ބަޔަކު ދަނީ ކޭބަލް ޓީވީއާ ދުރުވެ، އިންޓަނެޓު ސްޓްރީމިން އަށް ބަދަލުވަމުންނެވެ.

ގޫގުލް އިން ސްޓްރީމިންގެ ސިނާއަތަށް ވަދެއްޖެ ކަމުގައި ވަނީ ނަމަ ރޯކޫ އިންކް އާއި އެޕަލް ފަދަ މި ސިނާއަތުގައި ވަރުގަދައަށް ފައިހަމަކޮށްފައިވާ ކުންފުނިތަކާ ވާދަކުރަން ޖެހޭނެ އެވެ.

އެމެރިކާގެ އެންމެ ގިނަ ފިހާރަތައް ހިންގާ ވޯލްމާޓު ކުންފުނިން ވެސް ސްޓްރީމިން ސިނާއަތަށް ވަނުމަށް މީޑިއާ ކުންފުނިތަކާ މަޝްވަރާތައް ބާއްވާފައިވާ ކަމަށް މި ހަފްތާގެ ކުރީކޮޅު ނިއު ޔޯކް ޓައިމްސް ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް