ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

އެއް އާއިލާއެއްގެ ކުޑަކުދިންތަކަކާ ބެހުނީ ކުންފުންޏެއްގެ އިސްވެރިއެއް

ފިރިހެން މީހާގެ ގޯނާ ތިން ކުއްޖަކަށް ލިބުނު ކަމަށްވޭ

އެއް އާއިލާއެއްގެ ގިނަ ކުޑަކުދިންތަކަކާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ، މާލެ ސަރަހައްދުގައި ހިންގާ ކުންފުންޏެއްގެ އިސްވެރިއެއްކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟- ކުޑަކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި 55 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ މީހާ ވަނީ އޭނާގެ ދަރިންނާއި އާއިލާގެ އެހެން ކުދިންނާ ވެސް ބެހިފަ އެވެ.

އެނގިފައިވާ ގޮތުގައި ފިރިހެން މީހާގެ އަނިޔާ، އާއިލާގެ ހަ ކުއްޖަކަށް ލިބިފައި ހުރެދާނެ ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ. އެކަމަކު މިހާތަނަށް ޔަގީން ކުރެވިފައިވަނީ ތިން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި ކަމަށެވެ.

އޭގެ ތެރެއިން ބައެއް ކުދިންނާ އޭނާ ބެހޭތާ ހަތް އަހަރު ވެއްޖެ ކަމަށް ވެސް އެނގިފައި ވެ އެވެ.

"އޭނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ކުދިންގެ ތެރޭގައި ޓީނޭޖް ކުދިންނާއި އެއަށް ވުރެ ހަގު އުމުރުގެ އަންހެން ކުދިން ވެސް ހިމެނޭ،" 'ދައުރު'އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. 

އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ވަނީ ކުދިންގެ ބަރަހަނާ ފޮޓޯ ވެސް ނަގައި، ރައްކާކޮށްފަ އެވެ.

ކޮމެންޓް (2)

ފިނރުޓޭ

7 މޭ 2022
އެ މީހާ އާ ބެހޭ މައުލޫމާތު ހާމަ ކޮށްލިނަމަ އަޅެ!
2 2

ފިނރުޓޭ

7 މޭ 2022
ދިވެހިންނަކީ އާއްމުކޮށް ވަރަށް އޯގާތެރި ރަނގަޅު ބައެއް!
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް