Majlis 2024

މާލޭގެ ވިޔަފާރި ބަނދަރު. (ފޮޓޯ/ކަސްޓަމްސް)

މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި؛ އެކްސްޕޯޓް ވެސް ބޮޑުތަނުން މައްޗަށް

މެއި މަހު އިމްޕޯޓުގެ އިތުރުން އެކްސްޕޯޓު ވެސް އިތުރުވެފައި ވާއިރު، ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވެސް %37 ވަނީ އިތުރުވެފައި

މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެއީ މެއި 2021ގައި މުދާ އެތެރެކުރި މިންވަރަށް ވުރެ %52 އިތުރު އަދަދެކެވެ.

ތަފްސީލު - މިދިޔަ މަހު ރާއްޖޭން މުދާ އެކްސްޕޯޓު ކުރި މިންވަރާއި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

އިމްޕޯޓް:

  • މިދިޔަ އަހަރުގެ މެއި - 2.9 ބިލިއަން ރުފިޔާގެ މުދާ

  • މިދިޔަ މަހު - 4.4 ބިލިއަން ރުފިޔާގެ މުދާ

އެކްސްޕޯޓް:

  • މިދިޔަ އަހަރުގެ މެއި - 515 މިލިއަން ރުފިޔާގެ މުދާ

  • މިދިޔަ މަހު - 719 މިލިއަން ރުފިޔާގެ މުދާ

އާމްދަނީ:

  • މިދިޔަ އަހަރުގެ މެއި - 239 މިލިއަން ރުފިޔާ

  • މިދިޔަ މަހު - 300 މިލިއަން ރުފިޔާ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ފަސް ގައުމަކީ:

  • 1-

    އޮމާން - 783 މިލިއަން ރުފިޔާ (އިމްޕޯޓުގެ %18)

  • 2-

    އިންޑިއާ - 650 މިލިއަން ރުފިޔާ (އިމްޕޯޓުގެ %15)

  • 3-

    ޗައިނާ - 447 މިލިއަން ރުފިޔާ (އިމްޕޯޓުގެ %10)

  • 4-

    ޔޫއޭއީ - 426 މިލިއަން ރުފިޔާ (އިމްޕޯޓުގެ %10)

  • 5-

    ސިންގަޕޫރު - 387 މިލިއަން ރުފިޔާ (އިމްޕޯޓުގެ %9)

މިދިޔަ މަހު އެންމެ ގިނައިން އެތެރެކުރީ ތެލާއި ކާބޯތަކެތީގެ އިތުރުން މެޝިނަރީގެ އެކި ބާވަތްތަކެވެ.

އަގުގެ ގޮތުން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރީ:

  • 1-

    ތައިލެންޑު - 121 މިލިއަން ރުފިޔާ (އެކްސްޕޯޓުގެ %58)

  • 2-

    އިނގިރޭސިވިލާތް - 20 މިލިއަން ރުފިޔާ (އެކްސްޕޯޓުގެ %10)

  • 3-

    ޖަރުމަނު - 18 މިލިއަން ރުފިޔާ (އެކްސްޕޯޓުގެ %9)

  • 4-

    އިންޑިއާ - 9 މިލިއަން ރުފިޔާ (އެކްސްޕޯޓުގެ %5)

  • 5-

    ފްރާންސް - 8 މިލިއަން ރުފިޔާ (އެކްސްޕޯޓުގެ %4)

އިތުރު އާޓިކަލް

އިތުރު އާޓިކަލް