ދަނގެތީ ޕޮލިސް ސްޓޭޝަން

ފުލުހުން

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ހޯދައިފި

އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވަނިކޮށް

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައިފި އެވެ.

ތަފްސީލް - ފުލުހުން ބުނީ، އެ ފައިސާތައް ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފެބްރުއަރީ ހަ ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިން ތަކެއް ސަފާރީއަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމުގެ މައްސަލައެއް ފެބްރުއަރީ 12 ވަނަ ދުވަހު ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ

ބުނީ ކީކޭ؟ - ފުލުހުން ބުނީ، މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހު ކަމަށެވެ. 

މައްސަލައިގެ މުހިންމުކަންކަން:

  • އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވަނިކޮށް 

  •  1050  ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނި

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް