Majlis 2024

އިޒްރޭލު ސިފައިން ފަލަސްތީނުގެ އަވަށެއްގައި ފޯރިމަރަނީ. (ފޮޓޯ/އޭއެފްޕީ)

ފަލަސްތީން

އިޒުރޭލު ސިފައިން ފަލަސްތީނު ޒުވާނެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފި

އިޒުރޭލުން ބުރާސްފަތި ދުވަހު ހިންގި ބަލައި ފާސްކުރުމުގެ އޮޮޕަރޭޝަނުގައި ފަލަސްތީންގެ 12 މީހަކު ހައްޔަރުކުރި

ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުސް ސަރަހައްދުގައި އިޒުރޭލު ސިފައިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އިޒުރޭލް ސިފައިން ފަލަސްތީނު ޒުވާނެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފި އެވެ. އިޒުރޭލު ސިފައިން އެ ޒުވާނާ މަރާލީ ބަލަތާ ރެފިއުޖީ ކޭމްޕް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނަކަށް ފަހު އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، އިޒުރޭލު ސިފައިން މަރާލީ ބަކީރު މުހަންމަދު ހަޝާސް ކިޔާ އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ފަތިހު އޭނާ މަރާލީ ބޮލަށް ބަޑި ޖަހައިގެން ކަމަށެވެ.

ހަޝާސްގެ އާއިލާ އިން ބުނީ އިޒުރޭލު ސިފައިން އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެފައިވާ ކަމަށެވެ. ހަޝާސްގެ މަންމަ ދިން ވީޑިއޯ އިންޓަވިއުއެއްގައި ބުނީ، އިޒުރޭލު ސިފައިން ކޭމްޕް ބަލައި ފާސްކުރަން އުޅޭކަމުގެ ހަބަރާ އެކު އޭނާ ގެއިން ނުކުމެގެން ދިޔަ ކަމަށެވެ.

ހަޝާސްގެ ބޭބެ ބައެއް މީޑިއާތަކަށް ބުނީ އިޒުރޭލު ސިފައިން ހަޝާސްގެ ބޮލަށް ބަޑިޖެހުމުގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުން ހިނގި ކަމަށެވެ. ހަޝާސްގެ މަރަށް ފަހު ކޭމްޕް ސަރަހައްދުގައި ހޫނުވެ، މުޒާހަރާތައް ކުރި އެވެ. ބަލާތާ ރެފިއުޖީ ކޭމްޕަކީ ހުޅަނގު އައްސޭރީގައި ހުންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ.

އިޒުރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރި ސަރަހައްދު އިޒުރޭލު ސިފައިން ބަލައި ފާސްކުރުމަކީ ދުވަހުން ދުވަހަށް ކުރާ އާންމު ކަމެކެވެ. އޭގެ ތެރޭގައި ފަލަސްތީނުން ކޮންޓްރޯލް ކުރާ ރާމުއްލާ ސަރަހައްދު ވެސް ހިމެނެ އެވެ.

އިޒުރޭލުން ބުރާސްފަތި ދުވަހު ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގައި ފަލަސްތީންގެ 12 މީހަކު ހައްޔަރުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް