މަޝްހޫރު އައިސްކްރީމް ބްރޭންޑް، ހާގެން-ޑާޒް އައިސްކްރީމްގެ 12 ބާވަތެއް ތަގައްޔަރުވެފައިވާ ކަމަށް ޝައްކު ކުރެވޭތީ އެ ބާވަތްތަކުގެ އައިސް ކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:
ހާގެން-ޑާޒް އައިސްކްރީމަށް ޕެސްޓިސައިޑް ނުވަތަ ސޫފި މަރާ ބޭހުގެ އަސަރުކޮށް ތަގައްޔަރުވެފައިވާ ކަމަށް
ތަގައްޔަރުވެފައިވަނީ ފްރާންސްގައި އުފައްދާފައިވާ ހާގެން-ޑާޒް އައިސްކްރީމްގެ ބައެއް ބާވަތްތައް
އެ ބާވަތްތައް ރާއްޖެ އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައިވޭ
އެކަމާ ގުޅިގެން އެ ބާވަތްތައް ރާއްޖޭގެ ބާޒާރުގައު ހުރިތޯ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަޔާނުގައި ބުނި
ތަފްސީލް - އެހެން ކަމުން ހާގެން-ޑާޒް ބްރޭންޑްގެ 12 ބާވަތެއްގެ އައިސްކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މިއަދުން ފެށިގެން މަނާކުރިކަން ފުޑް އެންޑް ޑްރަފް އޮތޯރިޓީއިން އެ ބަޔާނުގައި ވަނީ އަންގައިފަ އެވެ.
ހާގެން-ޑާޒް އައިސްކްރީމްގެ މަނާކުރި ބާވަތްތަކަކީ:
ވެނީލާ ފްލޭވާގެ 8 ބާވަތެއް
ބެލްޖިއަން ޗޮކްލެޓް ފްލޭވާ
ކުކީސް އެންޑް ކްރީމް
ކުކީސް އެންޑް ކްރީމް އެސްޕީކޭ
ވެނީލާ ކްރީމް އެންޑް އަލްމޮންޑް
އެނގުން މުހިންމު - ހާގެން-ޑާޒް އައިސްކްރީމްގެ ބާވަތްތައް ވަރަށް ގިނަ އަދަދަކަށް ރާއްޖޭގައި ބާޒާރުގައި ވެސް ވިއްކަން ހުރެ އެވެ.
ކޮމެންޓް