Majlis 2024

އެލޯން މަސްކް --

އީލޮން މަސްކް

މަސްކުގެ ދަރިފުޅު ބަފަޔާ ގުޅުން ކަނޑާލަން ހުށަހަޅައިފި

މަސްކްއަކީ ކިތަންމެ މުއްސަނދި އަދި މަޝްހޫރު ބޭފުޅެއް ކަމަކު މަސްކްގެ ބޭފުޅުން އުޅުއްވަނީ ވަރަށް އާދައިގެ ގޮތެއްގައި

މަޝްހޫރު ވިޔަފާރިވެރިޔާ އެލޯން މަސްކްގެ އަންހެން ދަރިފުޅުގެ ނަން ބަދަލުކޮށް ބަފަޔާ ގުޅުން ކަނޑާލަން ކޯޓަށް ހުށަހަޅައިފި އެވެ. އޭނާގެ ނަން ބަދަލުކުރަން ހުށަހެޅީ ވިވިއަން ޖެންނާ ވިލްސަންގެ ނަމަށެވެ. އޭނާއަަށް މިހާރު ކިޔަނީ ޒެވިއާ އެލެގްޒެންޑާ މަސްކް އެވެ.

ޒެވިއާ ނަން ބަދަލުކޮށް އުފަން ދުވަހުގެ ސެޓިފިކެޓް ބަދަލު ކުރުމަށް ހުށަހެޅީ ލޮސް އެންޖެލަސްގެ ސުޕީރިއާ ކޯޓަށެވެ. އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕްރީލް މަހުގެ ތެރޭގައި ކަމަށް ވިއަސް މީޑިއާގެ ސަމާލުކަމަށް އައީ މިހާރު އެވެ.

މަސްކާއި އޭނާގެ ދަރިފުޅާ ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ. ޓެސްލާ އާއި ސްޕޭސް އެކްސް އިން އަދި އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

މަސްކް، ވިވިއަންގެ މަންމަ، ލިޔުންތެރިއާ ޖަސްޓިން ވިލްސަން އާ ކައިވެނި ކުރީ 2000 ވަނަ އަހަރު އެވެ. އެ ކައިވެނި ރޫޅުނީ 2008ގަ އެވެ.

އެ މީހުންނަށް ފުރަތަމަ ފިރިހެން ކުއްޖަކު ލިބުނީ 2002ގަ އެވެ. އެ ކުއްޖާ ވަނީ ޅަފަތުގައި، އުމުރުން 10 ހަފުތާގައި މަރުވެފަ އެވެ.

އެ ކުއްޖާގެ އިތުރަށް އެ ދެމަފިރިންނަށް އިތުރު ފަސް ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.

އިތުރު މީހަކަށް ވެސް މަސްކަށް ވަނީ ދެ ފިރިހެން ކުއްޖަކު ލިބިފަ އެވެެ.

އެ ކުދިންގެ ބައްޕަ އަކީ ކިތަންމެ މުއްސަނދި އަދި މަޝްހޫރު ބޭފުޅެއް ކަމަކު އެ ކުދިން އުޅެނީ ވަރަށް އާދައިގެ ގޮތެއްގަ އެވެ.

ބައްޕައިންގެ ދުވަހު މަސްކް ވަނީ ޓުވީޓްކޮށް އޭނާގެ ހުރިހާ ދަރިން ދެކެ ވެސް ލޯބިވާ ކަމަށް ވިދާޅުވެފަ އެވެ.

މަސްކްގެ އަންހެން ދަރިފުޅު ބައްޕައާ ގުޅުން ކަނޑާލަނީ ކީއްވެގެންކަމާ ބެހޭ ގޮތުން މަސްކް އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަސްކަކީ އެއް ޖިއްސުން ގުޅުން ހިންގުމާއި ޖިންސު ބަދަލު ކުރުމުގެ ކަންކަމާ ދެކޮޅު ބޭފުޅެކެވެ. މަސްކްގެ އަންހެން ދަރިއަށް ކުރެވެނީ އެފަދަ ތުހުމަތެކެވެ.

ނަން ބަދަލުކޮށް ބައްޕައާ ގުޅުން ކަނޑާލުމަށް މަސްކްގެ ދަރިފުޅު ހުށަހެޅުމުގެ މަސްތަކެއް ކުރިން މަސްކް ވަނީ އޭނާ ތާއީދު ކުރައްވާ ޕާޓީއަކީ ރެޕަބްލިކަން ޕާޓީ ކަމަށް ވިދާޅުވެފަ އެވެ. ކުރިން މަސްކްއަކީ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރައްވައި އެ ޕާޓީއަށް ވޯޓު ދެއްވި ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް