ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީގެ ބައިވެރިއެއް އެ ޕްރޮގްރާމުގައި ހުށަހެޅުމެއް ހުށަހަޅައިދެނީ.

މީޑިއާނެޓް

މީޑިއާނެޓާއި އެމްއެމްއޭސީގެ 'ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީ' ދައްކަން ފަށައިފި

މި ޕްރޮގްރާމުގައި ޕޮޕް ލަވަ އާއި މަދަހަ ހިމެނޭ އެޕިސޯޑުތަކެއް މީޑިއާނެޓްގެ އެމްއެސް ވީޑިއޯކަލްބުން ދައްކާނެ

މީޑިއާނެޓާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) ގުޅިގެން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން 'ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީ' ޕްރޮގްރާމް ދައްކަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީ އިފްތިތާހު ކުރުމަށް ޓަކައި ރޭ އިވެންޓެއް ވަނީ ބާއްވާފަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެ އިވެންޓުގައި ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީގައި ބައިވެރިވާ ކުދިންގެ ހުށަހެޅުންތައް ވަނީ ދައްކާލާފަ އެވެ. 

ތަފްސީލު - ގޯލްޑަން ވޮއިސް އޮފް އެމްއެމްއޭސީ ދައްކަމުން އަންނަނީ މީޑިއާނެޓުގެ އެމްއެސް ވީޑިއޯ ކްލަބް ޕްލެޓްފޯމުންނެވެ. އެ ޕްރޮގްރާމުގައި ހިމެނެނީ ޖުމުލަ ފަސް އެޕިސޯޑެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕޮޕް ލަވަ ހިމެނޭ ތިން އެޕިސޯޑު

  • މަދަހަ ހިމެނޭ ދެ އެޕިސޯޑު

މީޑިއާނެޓު 'ކުއިކްޕޭ' އިން ވައުޗާއެއް ގަނެގެން، މީޑިއާނެޓުގެ 'އެމްއެސް ޑިޖިޓަލް' އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެ ވެސް މި ޕްރޮގްރާމް ބަލައިލެވޭނެ އެވެ. މި ވައުޗާ މީޑިއާނެޓުގެ އޮތޯރައިޒްޑް ޑީލަރުންގެ އަތުން ވެސް ގަނެވޭނެ އެވެ.

މީޑިއާނެޓުން ބުނީ މަދަހަ ހިމެނޭ އެޕިސޯޑުތަކުގައި ތިން ދަރިވަރުން އެކީގައި ހުށަހަޅައިދޭ މަދަހަތަކެއް ހިމެނޭނެ ކަމަށެވެ. ޕޮޕް ލަވައިގެ އެޕިސޯޑުތަކުގައި ސޯލީ، ކުއޯ އަދި ޓްރިއޯ ލައިންއަޕްތަކުގެ ހުށަހެޅުންތައް ހިމެނޭނެ އެވެ.

މި ފަސް ޕްރޮގްރާމުގައި އެމްއެމްއޭސީގެ ސިންގިން ކްލާހާއި މަދަހަ ކްލާހުން ގާތްގަނޑަކަށް 27 ދަރިވަރުން ބައިވެރިވެ އެވެ. ހުށަހެޅުންތައް ދައްކައިދޭނީ ޕިއާނިސްޓެއް ވެސް ބައިވެރިކޮށްގެން ސްޓޭޖް ޝޯއެއް ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް