Majlis 2024

ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ހަމަލާގެ ޓައިމްލައިން

އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުންހުރި މުހިންމު ހާދިސާތަކާއި ހަރަކާތްތަކުގެ ޓައިމްލައިން
11 ސެޕްޓެމްބަރު 2021

މީގެ 20 އަހަރުކުރިން ސެޕްޓެމްބަރު 11 ވީ އަންގާރަ ދުވަހަކީ އެމެރިކާ އަދި މުޅި ދުނިޔެއަށްވެސް ޝޮކެއް ލިބިގެންދިޔަ  ދުވަހެކެވެ. މަތިންދާބޯޓު ބޭނުންކޮށްގެން އަލްގައިދާ އަށް ނިސްބަތްވާ ބަޔަކު އެމެރިކާގެ މުހިންމު ތަންތަނަށް ދިން ހަމަލާގައި ނިއު ޔޯކުގެ އެންމެ އުސް އިމާރާތްކަމުގައިވާ ވޯލްޑް ޓްރޭޑް ސެންޓަރު ބިމާހަމަވެގެން ދިޔަ އެވެ. ނިއު ޔޯކުން އެކަނި 2753 މީހުން މަރުވި އެވެ.

ތިރީގައި މިވަނީ ޓެރަރިސްޓް ހަމަލާއާ ގުޅުންހުރި މުހިންމު ހާދިސާތަކާއި ހަރަކާތްތަކުގެ ޓައިމްލައިނެކެވެ.

  • ސެޕްޓެމްބަރު 11، އަންގާރަ (ހެނދުނު 7:59، ނިއު ޔޯކު ގަޑިން)؛ ރާއްޖެ ގަޑިން ހަވީރު 4:59 - އެމެރިކަން އެއާލައިންސް ފްލައިޓް 11، (ބަޮއިން 767)، 81 ފަސިންޖަރުން އަދި 11 ކްރޫ އިންނާ އެކު ލޮސް އެންޖަލީސް އަށް ދިއުމަށްޓަކައި ބޮސްޓަންގެ ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރި.

  • 8:14 - ޔުނައިޓެޑް އެއާލައިންސް ފްލައިޓް 175 (ބަޮއިން767)، 56 ފަސިންޖަރުން އަދި 10 ކްރޫންނާއެކު ލޮސް އެންޖަލީސް އަށް ދިއުމަށްޓަކައި ބޮސްޓަންގެ ލޯގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރި.

  • 8:14 - ފްލައިޓް 11 މަސަޗުސެޓްސްގެ މަތިން ހައިޖެކުރި. ފްލައިޓްގައި ތިބީ ފަސް ހައިޖެކަރުން.

  • 8:20 - ޔުނައިޓެޑް އެއާލައިންސް ފްލައިޓް 77، (ބޮއިން 757)، 56 ފަސިންޖަރުން އަދި ހަ ކްރޫންނާއެކު ވޮޝިންޓަންގެ ޑަލަސް އިންޓަނޭޝަނަލް އެއާޕޯޓުން ލޮސް އެންޖަލީސް އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ފުރި.

  • 8:42 - ޔުނައިޓެޑް އެއާލައިންސް ފްލައިޓް 93، (ބޮއިން757)، 37 ފަސިންޖަރުން އަދި ހަތް ކްރޫންނާއެކު ނެވާކް އިންޓަނޭޝަނަލް އެއާޕޯޓުން ސެން ފްރެންސިސްކޯ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ފުރި.

  • 8:42-8:46 - ނިއު ޖާޒީ މަތިން ފްލައިޓް 175 ހައިޖެކް ކުރި. ބޯޓުގައި ތިބީ ފަސް ހައިޖެކަރުން.

  • 8:46 - ފްލައިޓް 11 ނިއު ޔޯކް ވޯލްޑް ޓްރޭޑް ސެންޓަރުގެ 77 އާއި 85 ވަނަ ފަންގިފިލާ ދެމެދުގައި ޖެހި ޓަވަރުގައި އަލިފާން ރޯވާން ފެށި. ބޯޓުގައި ތިބި 92 މީހުން މަރުވި.

  • 8:50-54 - އޮހާއޯ މަތިން ފްލައިޓް 77 ހައިޖެކް ކުރި. ބޯޓުގައި ތިބީ ފަސް ހައިޖެކަރުން.

  • 9:03 - ފްލައިޓް 175 ސައުތު ޓަވަރުގެ 77 އާއި 85 ވަނަ ފަންގިފިލާއާ ދެމެދު ޖެހި ގޮވި. ބޯޓުގައި ތިބި 65 މީހުން މަރުވި.

  • 9:05 - ޓެރަރިސްޓް ހަމަލާއެއް ދީފިކަން އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދެންނެވި. އެއިރު ބުޝް ހުންނެވީ ސްކޫލެއްގެ ކްލާސްރޫމެއްގައި ކިޔަވާކުދިންނާ ބައްދަލުކުރެއްވުމަށް. އޭގެ 20 މިނެޓް ފަހުން ގައުމާ މުހާތަބުކޮށް ވާހަކަ ދެއްކެވި.

  • 9:28 - ފްލައިޓް 93 އޮހާއޯ މަތިން ހައިޖެކްކުރި. ބޯޓްގައި4 ހައިޖެކަރުންތިބި.

  • 9:37 - ފްލައިޓް 77 ޕެންޓަގަން އިމާރާތުގެ ހުޅަނގު ފަރާތުގައި ޖެހި، ގޮވި. ބޯޓުގައި ތިިބި 64 މީހުން މަރުވި.

  • 9:45 - އެމެރިކާގެ އެއާ ސްޕޭސް ބަންދުކުރި. ހުރިހާ މަތިންދާބޯޓް ތަކެއް އެންމެކައިރި އެއާޕޯޓަކަށް ޖައްސަން އެންގި.

  • 9:59 - ވޯލްޑް ޓްރޭޑް ސެންޓަރުގެ ސައުތު  ޓަވަރު ފުނޑުފުނޑުވެގެން ބިމާހަމައަށް ފޭބި. އެއީ އަލިފާން ރޯވިތާ 50 ވަރަކަށް މިނެޓްގެ ތެރޭގައި.

  • 10:03 - ފްލައިޓް 93 ޕެންސެލްވޭނިއާގެ އަވަށަކަށް ވެއްޓޭ. ބޯޓުގައި ތިބި 44 މީހުން މަރުވި.

  • 10:28 - ވޯލްޑް ޓްރޭޑް ސެންޓަރުގެ ނޯތު ޓަވަރު ފުނޑުފުނޑުވެގެން ބިމާހަމައަށް ފޭބި. އެއީ އަލިފާން ރޯވިތާ 1 ގަޑި 42 މިނެޓް ފަހުން.

  • 10:50 - ޕެންޓަގަން އިމާރާތުގައި މަތިންދާބޯޓް ޖެހުނު ހިސާބުން ހަތަރު ބުރި ބިމާހަމައަށް ފޭބި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް