Majlis 2024

ނާޒިމް ސައްތާރު: އޭނާ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއް ލީކުކޮށްލާފައި ވަނިކޮށް މިރޭ އޭނާ ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފައި

ފުލުހުން

ނާޒިމް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ނާޒިމް ހާޒިރުކުރީ އޭނާއަށް ތުހުމަތު ކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ވަނިކޮށް

ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާާފައި ވަނިކޮށް، މިރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނާޒިމް އާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއް ތެރޭ ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ މިއަދު ޝޯޝަލް މީޑިއާއަށް ވަނީ ލީކްކޮށްލާފަ އެވެ. އެ ވިޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ނާޒިމް  ވަނީ ބުނެފަ އެވެ.

ތަފްސީލު - މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، މިރޭ 7 އެހާކަށްހާއިރު ނާޒިމް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ. އެކަމާ ބެހޭގޮތުން ފުލުހުން ހަމައެކަނި ބުނީ ނާޒިމް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. 

ފުލުހުން މިއަދު ހަވީރު ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން މީގެ ކުރިން ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ މިއަދު ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ނާޒިމްގެ މައްސަލަ ބަލަމުންދޭތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި އިދިކޮޅު ޕީޕީއެމް އިން ބަޔާނެއް ނެރެ، އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާއި އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ. އަދި ވީޑިއޯއިން ފެންނަ މީހުން ހޯދައި ހައްޔަރުކޮށް ދައުވާ އުފުލުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

މި ވީޑިއޯއާ ގުޅިގެން ޝޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ މީހުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރު ކުރުމަށާއި އޭނާގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރުމަށް ގޮވާލަމުންނެވެ.

އެނގުން މުހިންމު - ބައެއް މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ގެސްޓްހައުސްތަކަށް މީހުން ގެންގޮސްގެން އެ މީހުންނާ އެކު ޖިންސީ ގުޅުން ހިންގައި ވީޑިއޯ ކުރުމަށް ފަހު އެތައް ބަޔަކު ބްލެކްމެއިލްކޮށްފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް