Majlis 2024

"ވިއަވަތި ރާއްޖެ" މަހާސިންތާގައި އޭޖީ އިބްރާހިމް ރިފްއަތު، 16 ޑިސެމްބަރު 2019 (ފޮޓޯ/ ރައީސް އޮފީސް)

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރަން އޭޖީ އޮފީހުން ޔޫއެންޑީޕީއާ އެކު މަސައްކަތް ކުރަނީ

ޝަރުއީ ދާއިރާގެ ކަމާ ބެހޭ ފަރާތްތައް އެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔޫއެންޑީޕީގެ އެހީއާ އެކު ފެށުމަށް ދަނީ ތައްޔާރުވަމުން
17 މާރިޗު 2022

މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ގާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން ކުރަން ނިންމައިފި އެވެ.

އެނގުން މުހިންމު - މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ހަމަވާ ތާރީހުގައި އެ ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ. އެ ގާނޫނު 16 ޑިސެންބަރު 2021ގައި ތަސްދީގުކޮށްފައިވާތި އެއަށް އަމަލު ކުރަން ފަށާނީ މި އަހަރުގެ ޖޫން 16ގަ އެވެ.

ބުނީ ކީކޭ؟ - އޭޖީ އޮފީހުން މިއަދު ބުނީ އެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔޫއެންޑީޕީގެ އެހީއާ އެކު ފެށުމަށް އެ އޮފީހުން ތައްޔާރުވަމުންދާ ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ޕްރޮގްރާމުތަކުގެ ބޭނުމަކީ މަދަނީ އިޖުރާއަތުގެ ގާނޫނުން އަލަށް ތައާރުފުކުރާ ކަންކަމަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުން ކަމަށެވެ.

އެކަން ކުރާނީ، އަދުލު އިންސާފުގެ ދާއިރާގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތައް އަދި ގާނޫނީ ވަކީލުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގެމަތިން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ ދާއިރާތައް ތަމްސީލުވާ ގޮތުގެމަތިން އެކުލަވާލެވޭ ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް ބުންޏެވެ. އަދި  ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތައް ފެށުމަށް ގަސްތުކޮށްފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ހިމެނޭ ކަންކަން:

  •  ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް

  • މަދަނީ މައްސަލަތަކުގައި ޝަރީއަތުގެ ކުރީގެ އިޖުރާއަތުތައް

  • އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތް

  • އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލު

  • އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް